ވަޓްފޯޑް ސަލާމަތްކޮށްދިނުމުގެ ޒިންމާ ކޯޗު ހޮޖްސަން އަށް

Jan 26, 2022, 3:57 AM
އުމުުރުން 74 އަހަރުގެ ހޮޖްސަން: އޭނާ ދެން ފެންނާނީ ވަޓްފޯޑްގެ ބެންޗުން.-- ފޮޓޯ: އޭއެފްޕީ

އުމުުރުން 74 އަހަރުގެ ހޮޖްސަން: އޭނާ ދެން ފެންނާނީ ވަޓްފޯޑްގެ ބެންޗުން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑްގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން ހަމަޖައްސައިފި އެވެ.

އުމުރުން 74 އަހަރުގެ ހޮޖްސަން އަކީ މި ސީޒަނުގައި ވަޓްފޯޑަށް ކޯޗުކޮށްދޭނެ ތިން ވަނަ ކޯޗެވެ. ދެ ވަނަ ޑިިވިޝަނުން ޕްރޮމޯޓްވެ، ވަޓްފޯޑަށް މި ސީޒަންގެ ފުރަތަމަ މެޗުތަކުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ ޒިސްކޯ މުނޯޒް އެވެ. އޭނާ މަގާމުން ވަކިކޮށް ވަޓްފޯޑުން ދެން ގެނައީ ކުރިން ލެސްޓާ ސިޓީ އާއި ޗެލްސީ އަށް ކޯޗުކޮށްދިން ކްލައުޑިއޯ ރަނިއޭރީ އެވެ.

ރަނިއޭރީގެ ކޯޗުކަމުގައި ވަޓްފޯޑުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗު ހިމެނެ އެވެ. ރަނިއޭރީ ވަކިކުރަން ނިންމީ ދާދި ފަހުން ލީގުގައި ވަޓްފޯޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ނޮރިޗް ސިޓީ އަތުން 3-0 އިން ބަލިވުމުންނެވެ. އެ ނަތީޖާގެ ސަބަބުން ރަނިއޭރީގެ އިތުބާރު ގެއްލި އޭނާ ވަޓްފޯޑްގެ ކޯޗުގެ މަގާމުން ވަކިކުރިތާ 24 ގަޑިއިރު ތެރޭ މި ވަނީ ހޮޖްސަންއާ ޓީމު ހަވާލުކޮށްފަ އެވެ.

ހޮޖްސަން އަކީ އިޓަލީގެ ޕޯޒޯ ފެމިލީން 2012 ވަނަ އަހަރު ވަޓްފޯޑް ގަތް ފަހުން އެ ޓީމަށް ގެނައި 15 ވަނަ ކޯޗެވެ. ޕޯޒޯ ފެމިލީން ހިންގާ އިޓަލީގެ ކްލަބް އުދިނޭޒީގައި ވެސް ހޮޖްސަން ކޯޗުކޮށްދިންއިރު، އޭނާ ވަޓްފޯޑަށް ގެންނަން ނިންމީ އެ ފަހަރު އުދިނޭޒީގައި ކުރި މަސައްކަތް ރަނގަޅު ވުމުންނެވެ.

މިދިޔަ ސީޒަނަށް ފަހު ކްރިސްޓަލް ޕެލަސްގެ ކޯޗުކަން އަމިއްލަ އަކަށް ދޫކޮށްލި ހޮޖްސަން ވަޓްފޯޑަށް ކޯޗުކޮށްދޭން އެއްބަސްވި ކޮންޓްރެކްޓްގެ މުއްދަތެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އޭނާ އަށް ޓާގެޓަކަށް ދީފައި އޮތީ ވަޓްފޯޑް ޕްރިމިއާ ލީގުގައި ބޭއްވުމެވެ. ވަޓްފޯޑް މި ވަގުތު އޮތީ ލީގުގެ 19 ވަނައިގަ އެވެ.

ވަޓްފޯޑަކީ ހޮޖްސަން ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭނެ ހަ ވަނަ ކްލަބެވެ. މީގެ ކުރިން އޭނާ ފެނުނީ ކްރިސްޓަލް ޕެލަސްގެ އިތުރުން ބްލެކްބާން ރޯވާސް، ފުލަމް، ލިވަޕޫލް، ވެސްޓް ބްރޮމްވިޗް އަލްބިއަން އިންނެވެ.

ބައިގަރުނުވީ ކޯޗިން ކެރިއަރުގައި ހޮޖްސަން ވަނީ އަށް ގައުމެއްގައި 17 ޓީމަކަށް ކޯޗުކޮށްދީފަ އެވެ. ގައުމީ ޓީމުތަކަށް ބަލާއިރު ހޮޖްސަން ވަނީ އިންގްލެންޑާއި ސްވިޒަލެންޑާއި ޔޫއޭއީ އަދި ފިންލެންޑްގެ ކޯޗަކަށް މަސައްކަތްކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox