ހުލާސާކޮށް އިއްޔެ: ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ފަހަތަށް

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ދަރަޖަ ދައްކައިދޭ ފޮޓޯއެއް: ރާއްޖޭގެ މައްސަލައަކަށްވީ ކޮރަޕްޝަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލު ނުކުރެވުން -- ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ދަރަޖަ ދައްކައިދޭ ފޮޓޯއެއް: ރާއްޖޭގެ މައްސަލައަކަށްވީ ކޮރަޕްޝަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލު ނުކުރެވުން -- ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލުން ނެރުނު މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެއަށް 43 ލިބި، ގައުމުތަކުގެ ރޭންކުން 85 ލިބިއްޖެ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި ޕޮައިންޓު ދެނީ 0 ފެށިގެން 100 އާ ހަމައަށެވެ. އެންމެ މަދުން ޕޮއިންޓު ލިބެނީ ކޮރަޕްޝަން މަދު ގައުމުތަކަށެވެ. ގިނައިން ޕޮއިންޓު ލިބެނީ ކޮރަޕްޝަން މަދު ގައުމުތަކަށެވެ. މަދުން ލިބެނީ ކޮރަޕްޝަން ގިނަ ގައުމުތަކަށެވެ.

މިފަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 85 ވަނައިގަ އެވެ. ރާއްޖެއަށްވުރެ ލިސްޓުގެ ކުރީގައި 95 ގައުމު އެބަ އޮތެވެ. ރާއްޖެއަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ.

Advertisement

ލިސްޓުގެ އެންމެ ކުރީގައި 88 ޕޮއިންޓާއެކު އުޅެނީ ފިންލެންޑާއި ޑެންމާކު އަދި ނިއުޒީލެންޑެވެ. ލިސްޓުގެ އެންމެ ފަހަތުގައި އޮތީ ސައުތު ސޫދާނެވެ. އެ ގައުމަށް ލިބުނީ 180 ޕޮައިންޓެވެ. ފުލުން ދެ ވަނައަށް 178 ޕޮއިންޓާއެކު އޮތީ ސީރިޔާ އެވެ. ދެން ސޯމާލިއާ އެވެ.

މިފަހަރު ރާއްޖެ މިއޮތީ 2020 ވަނަ އަހަރާ އަޅާބަލާއިރު ކޮރަޕްޝަން އިންޑެކްސްގައި ފަހަތަށް ޖެހިލައިފަ އެވެ. އެ އަހަރު 43 ޕޮއިންޓު ހޯދައިގެން ރާއްޖެއަށް ލިބުނީ ގައުމުތަކުގެ ލިސްޓުން 75 ވަނަ އެވެ. ނިމިދިޔަ 2021 ގެ ލިސްޓުގައި ރާއްޖެ ފަހަތަށް ޖެހިލީ ގާނޫނަށް އަމަލު ކުރުމުގައި ފަހަތު ފަޔަށް ބުރަވާތީ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުންތަކެއް އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލު ކުރުމުގައި އާއި ތަންފީޒު ކުރުމުގައި ދިވެހިރާއްޖެ އަދިވެސް ފަހަތަށްޖެހޭ،" އެ ޖަމިއްޔާގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންޑެކްސްގައި ރާއްޖެއަށް ލިިބުނު ކުރިއެެރުން

ކޮރަޕްޝަން އިންޑެކްސް ލިސްޓުގައި 2021 ވަނަ އަހަރު ދިވެހިރާއްޖެ ފަހަތަށްޖެހުން ނަމަވެސް އެ ލިސްޓުގައި މިފަހުން ދިވެހިރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެގޮތުން 2020 ވަނަ އަހަރު ރާއްޖެއަށް 43 ލިބިގެން ގައުމުތަކުގެ ލިސްޓުން 75 ލިބުން އިރު އޭގެ ކުރީ އަހަރު 2019 ގައި 29 ޕޮއިންޓާއެކު އޮތީ ގައުމުތަކުގެ ލިސްޓުގެ 130 ވަނައިގަ އެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ލިސްޓުން، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދިވެހިރާއްޖެ ހޯދި ކުރިއެރުމަކީ 48 ޕަސެންޓުގެ ކުރިއެރުމެކެވެ.

އޭގެ ކުރިން 2018 ވަނަ އަހަރު ދިވެހިރާއްޖެ އޮތީ 31 ޕޮއިންޓާއެކު 124 ވަނައިގަ އެވެ. އަދި 2017 ވަނަ އަހަރު 33 ޕޮއިންޓާއެކު ލިބުނީ ލިސްޓުން 112 ވަނަ އެވެ. އެ ލިސްޓުން 2016 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 95 ވަނަ އެވެ. އެއީ 36 ޕޮއިންޓު ހޯދައިގެނެވެ.

މުހިންމު ބައެއް ހަބަރުތައް

  • ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރެއްވީ އިއްޔެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ކޯލިޝަނުގެ އެހީއަށް އެދިފަ އެވެ.
  • ވެރިކަން ހިންގާ މާލެ އާއި އިންޑަސްޓްރިއަލް ވިލެޖު ތިލަފުއްޓާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޓެކްނިކަލް ސާވޭތަކެއް އިއްޔެ ވަނީ ފަށައިފަ އެވެ. އެ ބްރިޖު އެޅުމަށް 7.7 ބިލިއަން ރުފިޔާ ހަރަދުވެ އެވެ.
  • ދަރުބާރުގޭ ކައިރީގައި މާލޭ ސިޓީ ކައުންސިލުން ފުޑް ކޯޓުތަކެއް އެޅުމަށް ނިންމައި އެކަމުގެ ބައެއް ތަފްސީލުތައް ވަނީ އިއްޔެ ހާމަކޮށްފަ އެވެ. އެ ކައުންސިލުން ބުނީ އެތަން ހެދުމަށް ފައިސާ ހޯދާނީ ލޯނު ނަގައިގެން ކަމަށާއި މިހާރު ފައިނޭންސް ކުރުމަށް ބޭންކުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ދުވަހުގެ ކޯޓޭޝަން

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ދަރިކަލުން އިނގިރޭސިވިލާތުގައި ގެއެއް ބައްލަވައިގަނެފައިވާތީ، އެކަމާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތު އެކަމަނާއަށް ނޫހަކުން ކުރުމުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އެކަމުގެ ރައްދުގައި ލިޔުއްވީ:

"ކޮރަޕްޝަންގެ ތުހްމަތެއް އަޅުގނޑަށް ކުރައްވާނަމަ އެކަމެއް އޭސީސީއަށް ހުށަހަޅުއްވާ ތަހުގީގު ކުރައްވާ. އަޅުގނޑު ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން. ފެށުނީއްސުރެ ރާއްޖެއިން ބޭރުގަ އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް. އައްފާން [ދަރިކަލުންނަކީ] 40 އަހަރު ފުރިފައިވާ އިނގިރޭސިވިލާތުގެ ކޮލިފައިޑް ލޯޔަރެއް."

ދުވަހުގެ ފޮޓޯ

ޕޭމަންޓުގެ ހިދުމަތް ދިނުމަށް އެމްއެމްއޭއިން ލައިސެންސް ދޫކުރުމުގެ ހަފްލާގެ ތެރެއިން: އެފަދަ ލައިސެންސެއް އެ އޮފީހުން ދޫކުރީ އަލަށް -- ފޮޓޯ: އެމްއެމްއޭ
ޕޭމަންޓުގެ ހިދުމަތް ދިނުމަށް އެމްއެމްއޭއިން ލައިސެންސް ދޫކުރުމުގެ ހަފްލާގެ ތެރެއިން: އެފަދަ ލައިސެންސެއް އެ އޮފީހުން ދޫކުރީ އަލަށް -- ފޮޓޯ: އެމްއެމްއޭ

ޕޭމަންޓުގެ ހިދުމަތް ދިނުމަށް އެމްއެމްއޭއިން ލައިސެންސް ދޫކުރުމުގެ ހަފްލާގެ ތެރެއިން: އެފަދަ ލައިސެންސެއް އެ އޮފީހުން ދޫކުރީ އަލަށް -- ފޮޓޯ: އެމްއެމްއޭ

ދިރާސާތަކުން ކިޔާލުމަށް

"ބްލީޗިން ޑެމޭޖް އެންޑް ރިކަވަރީ ޕޮޓެންޝަލް އޮފް މޯލްޑިވިއަން ކޮރަލް ރީފްސް"

އެއީ 2000 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. އެ ދިރާސާ ކުރައްވާފައި ވަނީ ކެންޔާގެ މޮމްބާސާއަށް ނިސްބަތްވާ ދި ވައިލްޑްލައިފް ކޮންސާވޭޝަން ސޮސައިޓީގެ ފަރާތުން ހިންގި ކޮރަޕް ރީފް ކޮންސާވޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. ދިރާސާތައް ކުރިއަށް ގެންދިޔައީ ޓީއާރް މެކް'ކްލެނެހެން އެވެ.

އެ ދިރާސާގައި ދިވެހިރާއްޖޭގެ ބައެއް ފަރުތައް ފާހަގަ ކުރުމަށްފަހު އެ ފަރުތައް ބަލައި ދަސްކޮށްފައިވެ އެވެ. އެގޮތަށް ފާހަގަ ކުރި ފަރުތަކަކީ 1990 ގެ އަހަރުތަކުގައި އަދި 1980 ގެ އަހަރުތަކުގައި ވެސް ދިރާސާ ކުރި ފަރުތަކެވެ. އެހެންކަމުން ފަރުތަކަށް އައިސްފައިވާ ބަދަލުތައް އެ ދިރާސާއިން އެނގުނެވެ. އެ ބަދަލުތައް ހޯދުމުގެ އިތުރުން ހޫނުވުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުން ވަޒަންކޮށް، އެ ގެއްލުމުން އަރައިގަނެވިދާނެތޯ ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox