ގަމަށް އަޅާ ލަންކާ ފްލައިޓަށް މަންޓާއިން ހުވަދޫ ކަނެކްޝަން ދީފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި: ސްރީލަންކަންސްއިން މެދުކެނޑުމަކަށް ފހ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި: ސްރީލަންކަންސްއިން މެދުކެނޑުމަކަށް ފހ

ކޮޅުނބުން އައްޑޫ ސިޓީ ގަމަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން ދަތުރުކުރާ ފަސިންޖަރުންނަށް މަންޓާ އެއާ މެދުވެރިކޮށް ހުވަދޫ އަށް ދަތުރުކުރެވެ ގޮތަށް ހަދަން ނިންމައިފި އެވެ.

މިއީ ސްރީލަންކަން އެއާލައިންސް އިން ބޭނުންވެގެން މީގެން ކުރިން ވެސް ހަމަޖެހޭތޯ މަސައްކަތް ކުރި ކަނެކްޝަނެކެވެ. ކުރިން މިކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނާ އެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ދަތުރުތައް ފެށޭ ގޮތް ވަނީ ނުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކަން އެއާލައިންސްއާ މަންޓާ އެއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ ހޮނިހިރު ދުވަހަކު ގަމަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓަށް މަންޓާ އެއާއިން ކޫއްޑޫ ކަނެކްޝަން ދޭނެ އެވެ.

މަންޓާގެ ފްލައިޓު ދަތުރުކުރާނީ މާލެ-ކޫއްޑޫ-ގަން-ކޫއްޑޫ-މާލެ އަށެވެ. މިއާ އެކު އައްޑޫއިން ހުވަދޫއަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންގެ އިތުރުން އައްޑޫ މަގުން ލަންކާއަށް ދަތުރުކުރަން ބޭނުންވާ ހުވަދޫ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.

މި ދަތުރުތައް ފެށުމާ ގުޅޭގޮތުން މައުލޫމާތު ދެމުން ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓު އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "އަދަދު" ނޫހަށް ވިދާޅުވީ އުއްމީދަކީ މި ދަތުރުތަކާ އެކު ލަންކާ ފްލައިޓުން ދަތުރުކުރާ ފަސިންޖަރުން އިތުރުވުން ކަމަށެވެ.

"ހޮނިހިރު ދުވަހު ސީދާ ކޮޅުނބުން ގަމަށް އަޅާ އިރު، މި ފްލައިޓުން ބޭނުންވާ ވަރަށް ފަސިންޖަރުން ނުލިބޭ. އުއްމީދަކީ ހުވަދޫ ގުޅާލެވުމުން މި ފްލައިޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވުން" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވި ގޮތުގައި މިއީ ޓޫރިޒަމަށާއި އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެކެވެ. އަދި، މިއާ އެކީ އައްޑޫ އަތޮޅުގެ ޓޫރިޒަމަށް ހާއްސަ ޕެކޭޖުތަކެއް ފަރުމާ ކުރެވިގެން ދާނެ ކަމަށާއި ކާގޯ ފޮނުވުމުުގެ ހިދުމަތް ވެސް ފުޅާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސްރީލަންކަން އެއާލައިންސް އިން ވަނީ ގެއްލުންވާތީ މި ދަތުރުތައް ހުއްޓާލާފާ އެވެ. އެކަމަކު ހުވަދޫ ކަނެކްޝަން ލިބުމުން ފަސިންޖަރުންގެ އަދަދުތައް އިތުރުވެ ފައިދާ ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަންއާ އެކު މި ދަތުރުތައް ފަށާ މަންޓާ އެއާ އިން މާދަމައިން ފެށިގެން އައްޑޫ ސިޓީއަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox