ގައިދީން މިނިވަން ކުރުމާއި ނިޔުކްލިއާ ޑީލަށް ވެސް އެއްބަސްވެވިދާނެ: އިރާން

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދް ހާތިބްޒާދެހް. -- ފޮޓޯ: މިޑްލް އީސްޓް މޮނީޓާ

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދް ހާތިބްޒާދެހް. -- ފޮޓޯ: މިޑްލް އީސްޓް މޮނީޓާ

ތެހްރާން، އިރާން (ޖެނުއަރީ 24) - އެމެރިކާގެ ގައިދީން މިނިވަންކޮށް، 2015 ވަނަ އަހަރު އެކުލަވާލި ނިޔުކްލިއާ ޑީލް އިއާދަކުރުމާ ގުޅޭ މަޝްވަރާގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އިރާނުން ބުނެފި އެވެ.

"މިއީ ވަރަށް ތަފާތު ދެ ކަންތައް. އެކަމަކު އަނެއް ފަރާތުން [އެމެރިކާއިން] ބޭނުންވާ ނަމަ، މި ދެ ކަންތަކުގައި ބަރޯސާވެވޭ، ދިގުދެމިގެންދާ އެއްބަސްވުމަކަށް ކުރު މުއްދަތެއްގެ ތެރޭގައި އާދެވިދާނެ،" އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދް ހާތިބްޒާދެހް ދެއްވާ ހަފްތާ ޕްރެސް ކޮންފެރެންސްގައި ވިދާޅުވި އެވެ.

ހާތިބްޒާދެހް އެހެން ވިދާޅުވެފައިވާ އިރު، އެމެރިކާއިން އިރާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު ރޮބަޓް މެލީ އާދީއްތަ ދުވަހު ވިދާޅުވީ އެމެރިކާގެ ހަތަރު ގައިދީން މިނިވަން ނުކުރާ ނަމަ، އެމެރިކާއިން އެއްބަސްވުމަކަށް ދިޔުން ނާދިރު ކަމަށެވެ.

"މަޝްވަރާގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިރާނުން އެއްވެސް ޝަރުތެއް ބަލައިގެންފައެއް ނުވާނެ. މަޝްވަރާ ވަރަށް އުނދަގޫ. އެހެންވީމާ އުނދަގޫ ވާހަކަތައް ދައްކައިގެން އިތުރަށް އުނދަގޫ ކުރުމުގެ ބޭނުމެއް ނެތް،" ހާތިބްޒާދެހް ވިދާޅުވި އެވެ.

އިރާނުގައި ބަންދުކޮށްފައި ތިބި މީހުންނަކީ އިރާނާއި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 50 އަހަރުގެ ވިޔަފާރިވެރިޔާ ސިއަމަކް ނަމަޒީ އާއި އޭނާގެ 85 އަހަރުގެ ބައްޕަ ބަކެރް އާއި ތިމާވެށީގެ އެކްޓިވިސްޓް އުމުރުން 66 އަހަރުގެ މުރާދް ތަހްބާޒް އާއި 57 އަހަރުގެ ވިޔަފާރިވެރިޔާ އިމާދް ޝަރްގީ އެވެ.

"މިއީ އިންސާނީ މައްސަލައެއް އެހެންވީމަ މިކަން އަޅުގަނޑުމެންގެ އެޖެންޑާގައި ހިމެނިން. މަޝްވަރާގެ ކުރިން ވެސް އަދި މަޝްވަރާގެ ތެރޭގައި ވެސް،" ގައިދީން މިނިވަން ކުރުމާ ގުޅޭ ގޮތުން ހާތިބްޒާދެހް ވިދާޅުވި އެވެ.

ވިއެނާގައި ކުރިއަށްދާ މަޝްވަރާއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ "ކުރިއެރުންތަކުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަށް" ކަމަށާއި އެކަމަކު "ވަރަށް މުހިއްމު މައްސަލަތައް ހައްލުނުވެ" ވަނީ އެމެރިކާގެ ސިޔާސީ ނިންމުންތައް ނައިސްގެން ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި ނިޔުކްލިއާ އެއްބަސްވުން އިއާދަކުރުމުގެ މަޝްވަރާތައް އަލުން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ކުރިން މަޝްވަރާތައް ކުރިއަށް ގެންގޮސް، މިދިޔަ ޖޫން މަހު މެދުކެނޑުމަކަށް އައީ އިރާނުގެ ރައީސް ކަމަށް އިބްރާހިމް ރައިސީ އިންތިހާބުވެ، ސަރުކާރު ބަދަލުވުމުންނެވެ.

ނިޔުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމުތަކަކީ އިރާން، އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތެވެ. އޭގެ ދަށުން އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑުޖައްސާލުމުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި އެވެ.

ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ އެއްބަސްވުމުން ވަކިވެ، އަލުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އޭގެ އަހަރެއް ފަހުން އިރާނުން ވެސް އެއްބަސްވުމަކަށް އަމަލު ކުރުން ހުއްޓާލައި، ނިޔުކްލިއާ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox