ސާޖިއޯ ރާމޯސް ޕީއެސްޖީ އަށް ފުރަތަމަ ގޯލް ޖަހައިދީފި

Jan 24, 2022, 6:22 AM
ރެއިމްސް ކޮޅަށް ލަނޑު ޖެހުމަށްފަހު ރާމޯސް އުފާފާޅުކުރަނީ --

ރެއިމްސް ކޮޅަށް ލަނޑު ޖެހުމަށްފަހު ރާމޯސް އުފާފާޅުކުރަނީ --

ޕެރިސް، ފްރާންސް (ޖެނުއަރީ 24) - ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ފަހުން ޑިފެންޑަރު ސާޖިއޯ ރާމޯސް ޖެހި ފުރަތަމަ ގޯލާ އެކު 4-0 އިން ރެއިމްސް ބަލިކޮށް ލީގު ތާވަލްގެ އެއް ވަނައިގައި ޕީއެސްޖީން ލީޑު ދަމަހައްޓައިފި އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ މެޓްޒް ދަނޑުގައި 2-1 އިން މޮޅުވި ނީސް އެވެ. ނީސް އަށް ވަނީ 22 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.

ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ރާމޯސް އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. އޭނާ ޕީއެސްޖީ އަށް ފުރަތަމަ މެޗު ކުޅުނީ ނޮވެމްބަރު 28 ވަނަ ދުވަހު ފްރެންޗް ލީގުގައި ސެއިން އެޓިއެންއާ ދެކޮޅަށެވެ. ރޭ ރާމޯސް ގޯލު ޖެހީ މެޗުގެ ދެ ވަނަ ގޯލެވެ. ފުރަތަމަ ގޯލު ޖެހީ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އެވެ. މިއީ 2017 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ލީގުގައި ވެރާޓީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ފިނި މޫސުމުގެ ބްރޭކްގައި ޗުއްޓީގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މެސީ ވަނީ ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު 30 ވަރަކަށް މިނިޓަށް ކުޅެން އަރައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޕީއެސްޖީން ޖެހި ތިން ވަނަ ގޯލަކީ ރެއިމްސްގެ ވޫޓް ފައޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި ކީލިއަން އެމްބާޕޭ ދިން ބޯޅަ އަކުން ޕީއެސްޖީގެ ފަހު ގޯލު ޖެހީ ޕޯޗުގީސް މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox