ރެއާލް ސަލާމަތްވީ ކިރިޔާ، ޑި ޔޯން ބާސެލޯނާ މޮޅުކޮށްދީފި

Jan 24, 2022, 1:28 AM
ރެއާލް ސަލާމަތްވީ ކިރިޔާ، ޑި ޔޯން ބާސެލޯނާ މޮޅުކޮށްދީފި

މެޑްރިޑް (ޖެނުއަރީ 24) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން ފަހަތުން އަރައި 2-2 އިން އެލްޗޭއާ އެއްވަރުކޮށް ބަލިނުވެ ކިރިޔާ ސަލާމަތްވިއިރު، ފަހު ވަގުތު ފްރެންކީ ޑި ޔޯން ޖެހި ގޯލުން ބާސެލޯނާ އިން އަލަވޭސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 22 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ރެއާލް ބެޓިސް ތިން ވަނައިގައި 22 މެޗުން 40 ޕޮއިންޓާ އެކު އޮތްއިރު، ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 21 މެޗުން 36 ޕޮއިންޓެވެ. އަދި ބާސެލޯނާ ރޭގެ މޮޅާ އެކު ފަސް ވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ 15. ވަނައިގައި އޮތް އެލްޗޭ އިން ވަނީ ރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގެ 82 ވަނަ މިނިޓާ ހަމައަށް 2-0 އިން ލީޑެއްގައި އޮވެފަ އެވެ. މި މެޗުގައި ރެއާލަށް ލީޑުނަގައިދޭން ކެޕްޓަން ކަރިމް ބެންޒެމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.

އެލްޗޭ އަށް މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ 42 ވަނަ މިނިޓްގައި ލޫކަސް ބޯޔޭ އެވެ. އަދި މެޗުގެ 76 ވަނަ މިނިޓްގައި އެލްޗޭގެ ޕެރޭ މީއާ އިތުރު ގޯލެއް ޖަހައި ރެއާލް ހާސްކޮށްލި އެވެ.

މެޗުގެ ތެރެއަށް ވަންނަން ރެއާލުން ކުރަމުން އައި މަސައްކަތަށް އުއްމީދެއް ލިބުނީ 82 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލޫކަ މޮޑްރިޗް ޖެހި ގޯލުންނެވެ. ރެއާލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ބްރެޒިލްގެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނަކުން ޖެހި ގޯލަކުންނެވެ. ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން މި ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ.

މި މެޗުގައި އަނިޔާވެގެން ބެންޒެމާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ.

އެންމެ ފަހުން ބާސެލޯނާ ކުޅުނު ދެ މެޗުން ވެސް އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ވަނީ ބަލިވެފަ އެވެ. އެއީ ސްޕެނިޝް ސުޕަ ކަޕް ސެމީގައި ރެއާލް މެޑްރިޑް އަތުންނާއި ކޮޕަ ޑެލް ރޭގެ ގަދަ 16 ބުރުގައި އެތުލެޓިކް ބިލްބާއޯ އަތުންނެވެ. އެ ނަތީޖާ ތަކަށް ފަހު ޕޮޒިޓިވްކޮށް ކުރިއަށްދިއުމުގެ އަމާޒުގައި ރޭގެ މެޗަށް ނުކުމެ ލީގުގެ 19 ވަނައިގައި އޮތް އަލަވޭސް ކޮޅަށް ގޯޅެއް ޖަހަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ބާސެލޯނާ މޮޅުވި ގޯލު ޖަހައިދިނީ ޑި ޔޯން އެވެ. ރަނގަޅު ވަގުތުގައި ފެރާން ޓޮރޭޒް ދިން ބޯޅަ ޑި ޔޯން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox