ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް މާނޭ އާއި ސަލާހުގެ ކުރިމަތިލުމެއް

Jan 23, 2022, 7:51 AM
ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް މާނޭ އާއި ސަލާހުގެ ކުރިމަތިލުމެއް

ޑުއާލާ، ކެމަރޫން (ޖެނުއަރީ 23) - ގަތަރު ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު، އޭނާއާ އެ ކްލަބް، ލިވަޕޫލަށް ކުޅޭ ސަޑިއޯ މާނޭ ކުޅެމުން އަންނަ ސެނެގާލާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މި އަހަރު ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި. ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން އެފްރިކާގެ ޕްލޭއޮފް ބުރުގައި ސެނެގޯލާއި މިސްރު ކުޅެން ޖެހުނުއިރު، އިނގިރޭސި އަދި އެފްރިކާގެ މީޑިއާތަކުން ސިފަކުރަނީ މިއީ ސަލާހާއި މާނޭގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ސަލާހު މިސްރު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެހުރިއިރު، ސެނެގާލްގެ ކެޕްޓަން ކަލީދޫ ކުލިބާލީ ނެތް ހާލަތެއްގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅަނީ މާނޭ އެވެ.

ޕްލޭއޮފް މެޗުތައް އޮތީ އަންނަ މާޗް މަހުގެ ފީފާ ކަލަންޑަރު ދުވަސްތަކުގަ އެވެ. ގަތަރު ވޯލްޑް ކަޕުން ސަލާހާއި މާނޭ ތެެރެއިން އެއް ކުޅުންތެރިއަކަށް ފުރުސަތު ލިބޭއިރު، މިއީ އެ ދެ ކުޅުންތެރިން ވެސް ކެރިއަރުގައި އެންމެ ޕީކުގައި ތިބި ދުވަސްވަރެވެ. އެހެންކަމުން ވޯލްޑް ކަޕުން ފުރުސަތު ނުލިބޭ ކުޅުންތެރިއަކަށް އެ ގެއްލެނީ ބޮޑު ފުރުސަތެކެވެ.

ސެނެގާލާއި މިސްރު އެންމެ ފަހުން ބައްދަލުކުރީ 2014 ވަނަ އަހަރު އެވެ.

ޕްލޭއޮފްގެ ދެން ހުރި މެޗުތަކަށް ބަލާއިރު، ކެމަރޫން ކުޅޭނީ އަލްޖީރިއާއާ އެވެ. ގާނާ އިން ނައިޖީރިއާއާ ބައްދަލުކުރާއިރު، ކޮންގޯ ކުޅޭނީ މޮރޮކޯއާ އެެވެ. އަދި މާލީ ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެެވެ.

ސަލާހާއި މާނޭ އަންނަނީ މިހާރު ކެމަރޫންގައި ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރަމުންނެވެ. ސެނެގާލާއި މިސްރުން ގަދަ 16 ބުރުގެ މެޗުތަކުގައި އަންނަ އަންގާރަ އަދި ބުދަ ދުވަހު ވާދަކުރާނެ އެވެ. މިސްރު ކުޅޭނީ މެޗަކުން ބަލިނުވެ ދެ ވަނަ ބުރަށް އައި އައިވަރީ ކޯސްޓާ އެވެ. ސެނެގާލް ކުޅެން އޮތީ ކޭޕް ވާޑޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox