ށ. އަތޮޅަށް ތަރައްގީ އެނގުނީ މި ސަރުކާރުގެ ސަބަބުން: މާރިޔާ

ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ --

ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ --

ށ. އަތޮޅަށް ތަރައްގީ އެނގުނީ މި ސަރުކާރުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި މިނިސްޓަރު މާރިޔާ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނާއި ޕާޓީގެ އިދާރީ މުވައްޒިފުން ވަނީ ވަޑައިގެންފަ އެވެ.

ރާޝިދުގެ ކެމްޕެއިން ޖަލްސާ ފޯކައިދޫގައި މިހާރު ކުރިއަށްދާއިރު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވިސްނާ ޕާޓީއެއް ކަމަށެވެ.

އެމްޑީޕީއަކީ ލާމަރުކަޒީ އުސޫލަށް ރާއްޖެ ހިންގަން ވިސްނި އަދި މިހާރުވެސް ވިސްނާ ހަމައެކަނި ޕާޓީ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރު އައުމުގެ ކުރިން ށ. އަތޮޅުގެ ރައްޔިތުންނަށް ތަރައްގީއަކީ ކޯއްޗެއް ކަންވެސް އެނގި ނުލައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ސަރުކާރު އަޅުގަނޑުމެންނާ ހަވާލުވިއިރު ށ. އަތޮޅުގެ ކަންކަން އަޅުގަނޑުމެން ފަށައިގަންނަން ޖެހުނީ އަލިފުންނޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ. އޭރު ރައްޔިތަކަށްވެސް ނޭންގޭ ތަރައްގީއަކީ ކޯއްޗެއް ކަމެއް. އެންމެ ކުޑަވެގެން މެމްބަރެއް އައީމަ އާދޭސް ކުރަމުން ދަނީ ދައުލަތުން ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި ވެސް. ޖަނަރޭޓަރެއް ލިބިދާނެތޯ، ފެނުގެ ވާހަކަ ދައްކަން ހިތައްވެސް ނާރާ. ސާފު ފެނަކީ ކޯއްޗެއް ކަންވެސް ނޭންގޭ. އެއީ ވެސް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި އާދޭސް ދަންނަވައިގެން ސަލާން ޖަހައިގެން ހޯދަން ޖެހެނީ،" މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ އެމްޑީޕީން އެ ދާއިރާގައި ހިންގަމުންދާ ގިނަ މަޝްރޫއުތަކުގެ ވާހަކަ އިވުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ސަރުކާރުގައި އުޅުއްވި ނަމަވެސް އެހާ ގިނަ މަޝްރޫއުތައް ހިންގާކަން އެނގި ނުލައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން. މި ސަރުކާރުން ރާއްޖޭގެ އެކި ތަންތާ އެ ހިންގަމުން ގެންދާ ގިނަ މަޝްރޫއު ތަކުގެ އަދަދު ކުރަންވެސް،" މާރިޔާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މިހާރު ވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އާއި އެ ދާއިރާގެ ރަށްތަކުގެ ބަނދަރު ހެދުންފަދަ ގިނަ މަޝްރޫއެއް ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox