ޓޮންގާގެ ރައްޔިތުން ތިބީ ގައުމު އަލުން ބިނާކުރަން ތައްޔާރަށް

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވައި އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު. -- ފޮޓޯ: އާރްޓީއީ

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވައި އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު. -- ފޮޓޯ: އާރްޓީއީ

ނުކުއަލޮފާ، ޓޮންގާ (ޖެނުއަރީ 22) - ޓޮންގާގައި އަލިފާން ފަރުބަދައެއް ގޮވައި އެރި ސުނާމީއަށް ފަހު ލިބުނު ގެއްލުމުން އަރައިގަނެ ގައުމު އަލުން ބިނާކުރަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުގެ ރައްޔިތުން ބުނެފި އެވެ.

އދ. އިން ބުނި ގޮތުގައި މިދިޔަ ހަފްތާގައި ހުންގާ ޓޮންގާ ހުންގާ ހާއަޕައި އަލިފާން ފަރުބަދަ ގޮވުމަށް ފަހު، އުފެދުނު ސުނާމީގެ އަސަރު ޓޮންގާގެ އާބާދީގެ 80 ޕަސެންޓް މީހުންނަށް ކުރި އެވެ.

އަލިފާން ފަރުބަދައިން ބުރައިގެން ދިޔަ ވިހަ ދުމުގެ އަސަރު ބޯފެނަށް ކޮށްފައި ވާއިރު، ދަނޑުތައް ހަލާކުވެ، ދެ އަވަށް އެއްކޮށް ދޮވެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓޮންގާ އާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު މުއާސަލާތީ ހިދުމަތް ގުޅާލަދޭ ކަނޑު އަޑީގެ ކޭބަލްތައް ހަލާކުވެފައި ވާތީ، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

ނަމަވެސް ޓޮންގާގެ ނޫސްވެރިންނާ ހަވާލަދީ ބައިނަލްއަގްވާމީ ނޫސްތަކުން ބުނީ އެ ގައުމުގެ ރައްޔިތުން ތިބީ ގައުމު އަލުން ބިނާކުރުމުގެ މަސައްކަތަށް ތައްޔާރަށް ކަމަށެވެ.

އަލިފާން ފަރުބަދަ އަދިވެސް ގިނަ ދުވަސްތަކަކަށް ހަރަކާތްތެރިވާނެ ކަމަށް ސައިންޓިސްޓުން ލަފާކުރެ އެވެ. ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ތިން ވަނަ އަށް އެންމެ ބޮޑު ގައުމަކީ ޓޮންގާ އެވެ.

އެ ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން ދިޔަ ނަމަވެސް. ގައުމު ދޫކޮށް ދާން ޓޮންގާގެ ރައްޔިތުން ބޭނުން ނުވާ ކަމަށް އެ ގައުމުގެ ނޫސްވެރިން ވަނީ ބުނެފަ އެވެ.

މިހާތަނަށް ޓޮންގާ އަށް އެހީ ފޯރުކޮށްދީފައި ވަނީ ޖަޕާން، ނިއުޒީލޭންޑް އަދި އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވެސް އެހީގެ މަސައްކަތަށް ދަނީ ހުރަސް އެޅެމުންނެވެ.

ޓޮންގާ އަކީ މި ވަގުތު "ކޮވިޑް ފްރީ" ނުވަތަ އެއްވެސް ވަރަކަށް އެ ބަލި ނެތް ގައުމެކެވެ. އެގޮތަށް ދެމި އޮތުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

ޖަޕާނުން ބޯފެނުގެ ސަޕްލައި ފޯރުކޮށްދެމުން ދާއިރު، ކާރިސާގައި އުފެދިފައިވާ ކުނިތައް ސާފުކުރާނެ ބޮޑެތި އުޅަނދުތައް ފޮނުވަން ވަނީ ތައްޔާރުކޮށްފަ އެވެ.

ނިއުޒީލޭންޑުން ވަނީ އެހީގެ ގޮތުގައި ބޮޑެތި ހެލިކޮޕްޓަރުތަކާއި ފެނާއި، ކިރު އަދި އިންޖިނަރިން އަށް ބޭނުންވާ ތަކެތި ފޮނުވަން ތައްޔާރުކޮށްފަ އެވެ.

ޓޮންގާގެ ސަރުކާރުން ވަނީ އެ ގައުމުގައި އެއް މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ މުއާސަލާތީ ގުޅުން އަލުން ގާއިމްކުރަން ވެސް އެއް މަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox