ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވުމުން ފޯކައިދޫ ރައްޔިތުންނަށް ލިބުނީ ކުއްލި ޝޮކެއް

ރައީސް ސޯލިހު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ލޯންޗުކޮޅުގައި. ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އެމަނިކުފާނު ފޯކައިދޫއަށް ދަތުރުކުރެއްވުމަށް އޮތީ ހަމަޖެހިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ލޯންޗުކޮޅުގައި. ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އެމަނިކުފާނު ފޯކައިދޫއަށް ދަތުރުކުރެއްވުމަށް އޮތީ ހަމަޖެހިފައި -- ފޮޓޯ: ރައީސް އޮފީސް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ށ. ފޯކައިދޫއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނިކޮށް އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރު ލިބުން ވެގެން ދިޔައީ ރައީސްގެ އިންތިޒާރުގައި ތިބި ފޯކައިދޫ ރައްޔިތުންނަށް ލިބުނު ކުއްލި ސިހުމަކަށެވެ.

ރައީސްއަށް މަރުހަބާ ދެންނެވުމަށާއި އެމަނިކުފާނުގެ އިސްތިގުބާލުގައި ފޯކައިދޫގެ ރައްޔިތުން ވަނީ ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްފަ އެވެ. ރަށުގެ ބަނދަރުމަތިންނާއި ރަށު ތެރެއިން މި މަންޒަރު ވަރަށް ބޮޑަށް ފެނިގެންދެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން މިއަދު މެންދުރުގެ ވަގުތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ހާމަކުރެއްވުމާއެކު ފޯކައިދޫގެ ރައްޔިތުންގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

"ފޯކައިދޫ ރައްޔިތުންގެ ހިތުގައި ރައީސް ސޯލިހާ މެދު ވަރަށް ހާއްސަ ގަދަރަކާއި ލޯތްބެއް އަބަދުވެސް އޮންނާނެ. މިރޭގެ ޖަލްސާ، އަޅުގަނޑުމެން އުންމީދު ކުރަމުން ދިޔައީ ރައީސް ސޯލިހާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް. ހާއްސަކޮށް އެމްޑީޕީގެ ކަނބަލުން ރައީސް ޕޮޒިޓިވްވި ކަމުގެ ހަބަރު ލިބުމާ އެކު ވަރަށް ބޮޑަށް އެބަ އެކަމާ ހިތާމަފާޅުކުރޭ." އެ ރަށުގެ އެމްޑީޕީގެ ކެމްޕޭނުގެ މެނޭޖަރު އަދި ފޯކައިދޫގެ ހެލްތު ޕޮލިޓިކަލް އެޑްވައިޒާ، އަންވަރު އިބްރާހިމް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ފޯކައިދޫއަށް ވަޑައިނުގެންނެވުނު ނަމަވެސް އެ ރަށުގެ ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނަވާތީ ވަރަށް އުފަލުންނެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވަމުން މި ދިޔައީ ރައީސް އިބޫ ރިސީވް ކުރުމުގެ ކަންތައްތަކުގައި. އެހެން ނަމަވެސް ވަރަށް ދެރަކޮށް މި ދިމާވީ. އެކެމަކު ވެސް ރައީސް ނަޝީދާ އެކު ޖަލްސާއާ ރޭވިފައި ހުރި އެހެނިހެން ބައެއް ހަރަކާތްތައް ވެސް ކުރިއަށް ގެންދާނަން." ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދް އާސިފް ވިދާޅުވި އެވެ.

ރައީސަށް ދަތުރުފުޅުގައި ބައިވެރިވެ ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް ރައީސް ނަޝީދު އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް މިއަދު ފޯކައިދޫއަށް ވަޑައިގެން މިރޭގެ ޖަލްސާ ގައި ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މިއީ ރައީސް ނަޝީދު، ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނަވަން އެ ދާއިރާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން ރައީސް ސޯލިހު ވަނީ ރާޝިދުގެ ކެމްޕޭން ފައްޓަވައި ދެއްވުމަށް ށ. ކޮމަންޑޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox