ބަންގްލަދޭޝްގެ ޕެރެމިލިޓަރީ ފައުޖު މަނާކުރަން އދ. އަށް ފިއްތުންތަކެއް

ރެޕިޑް އެކްޝަން ބެޓޭލިއަން ފައުޖާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވޭ. -- ފޮޓޯ: އޭއެފްޕީ

ރެޕިޑް އެކްޝަން ބެޓޭލިއަން ފައުޖާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވޭ. -- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (ޖެނުއަރީ 21) - ބަންގްލަދޭޝްގެ ހާއްސަ ޕެރެމިލިޓަރީ ފައުޖަކުން އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވުން މަނާކުރުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.

ޕެރެމިލިޓަރީ ފައުޖު، ރެޕިޑް އެކްޝަން ބެޓޭލިއަން (އާރްއޭބީ) އިން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގައި، ގިނަ ބަޔަކު ގަސްތުގައި ގެއްލުވާލާފައިވާ ކަމަށް ބައެއް އާއިލާތަކުން ތުހުމަތު ކުރެ އެވެ.

އެ އާއިލާތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ 12 ޖަމިއްޔާއަކުން އދ. އަށް ފޮނުވި ސިޓީއެއްގައި ގޮވާލީ އެފަދަ ފައުޖަކުން ސުލްހަ ބެލެހެއްޓުމުގައި ނުހިމެނުމަށެވެ.

އދ. އަށް ފޮނުވި ސިޓީގެ ބޭނުމަކީ ބަންގްލަދޭޝްގެ ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް ކަމާ ބެހޭ އިދާރާތަކަށް ޕްރެޝަރު ކުރުމެވެ.

ބަންގްލަދޭޝްގެ ބައެއް އާއިލާތަކާއި ޖަމިއްޔާތަކުން ތުހުމަތު ކުރާ ގޮތުގައި އާރްއޭބީ އިން ވަނީ އެތައް ސަތޭކަ ބަޔަކު ގަސްތުގައި ގެއްލުވާލާފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ހިމެނެ އެވެ.

އާރްއޭބީ އަކީ ބަންގްލަދޭޝް ސިފައިންނާއި ފުލުހުންގެ ތެރެއިން ހޮވާލެވޭ ހާއްސަ ބަޔަކު ތިބޭ އަސްކަރީ ފައުޖެކެވެ. މިދިޔަ މަހު އެމެރިކާއިން އެ ފައުޖާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ.

އެމެރިކާއިން ފިޔަވަޅު އެޅީ އެ ފައުޖުގެ އިތުރުން ވަކިވަކި އިސް އޮފިސަރުންނަށެވެ. އޭގެ ތެރޭގައި ކުރީގެ އޮފިސަރުންނާއި މިހާރުގެ އޮފިސަރުން ވެސް ހިމެނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ވަނީ އާރްއޭބީ ދިފާއު ކުރައްވާފަ އެވެ.

"އާރްއޭބީގެ ސަބަބުން މުޖުތަމައަށް ކުރާ ރަނގަޅު އަސަރުގެ ވާހަކައެއް ނުދައްކާ. އާރްއޭބީ އިން މަސްތުވާތަކެއްޗާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ވާހަކައެއް ނުދައްކާ،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ނަމަވެސް އާރްއޭބީ އިން ގެއްލުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އާއިލާތަކުން އެ ވާހަކައާ ދެކޮޅެވެ. އެފަދަ އާއިލާތައް ހިމެނޭ ގޮތަށް މަޔެރް ޑާކްގެ ނަމުގައި ވަނީ ގްރޫޕެއް އުފައްދާފަ އެވެ. އެ ގްރޫޕުން ބުނާ ގޮތުގައި އާރްއޭބީ އިން ވަނީ 600 އަށް ވުރެ ގިނަ މީހުން ވަގަށް ނަގައި، ގެއްލުވާލާފަ އެވެ.

އާރްއޭބީ އުފެއްދީ 2004 ވަނަ އަހަރު ޓެރަރިޒަމާއި ސީރިއަސް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. ނަރަޔަންގަންޖް ސިޓީގައި ހަތް މީހުން ރަހީނުކޮށް މަރާލިކަމުގެ ކުށް ސާބިތުވެ، 2017 ވަނަ އަހަރު ކޯޓަކުން 26 މީހުން މަރަން ހުކުމް ކުރިއިރު، އޭގެ ތެރޭގައި އާރްއޭބީގެ 16 އޮފިސަރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox