ހިދުމަތް ދޭން އިންކާރުކުރާ ޓެކްސީތައް ރިޕޯޓުކުރަން ޓްރާންސްޕޯޓުން އަންގައިފި

މާލޭގައި ދުއްވާ ޓެކްސީއެއް: ގިނަ ޓެކްސީތަކުން މާލެ ތެރޭ ދަތުރުތައް ނުނަގާ ކަމުގެ ޝަކުވާ މިހާރު ބޮޑު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލޭގައި ދުއްވާ ޓެކްސީއެއް: ގިނަ ޓެކްސީތަކުން މާލެ ތެރޭ ދަތުރުތައް ނުނަގާ ކަމުގެ ޝަކުވާ މިހާރު ބޮޑު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލެ ތެރޭގައި ދަތުރެއް ކުރަން ޓެކްސީއެއް ނުލިބޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ޝަކުވާކުރާތީ، ހިދުމަތް ދޭން އިންކާރުކުރާ ޓެކްސީ ސެންޓަރުތަކާއި ޓެކްސީތައް ރިޕޯޓުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެ އާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ އެ އޮފީހަށް ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން އެދުނީ މިހެން ހިދުމަތް ދޭން އިންކާރު ކުރާ މީހުންގެ މައުލޫމާތު އެ މިނިސްޓްރީގެ ފޯނު ނަމްބަރު 7943434 މެދުވެރިކޮށް ވައިބާ މެސެޖުން މި މިނިސްޓްރީއާ ހިއްސާކުރުމަށެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓުން ޓެކްސީ ސެންޓަރުތަކަށް އެންގީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ޓެކްސީ ގަވާއިދުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ލާޒިމުކުރާ ކަންކަން ފުރިހަމަނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލްތިމާސް ކުރި އެވެ.

ޓެކްސީ ގަވާއިދު ބުނާ ގޮތުން ޓެކްސީތަކުން ކުރާ ދަތުރުތަކާއި ހިދުމަތުގައި ހޭދަކުރާ ވަގުތުގެ ރެކޯޑު ބަލަހައްޓާ މިނިސްޓްރީއަށް ރިޕޯޓުކުރުމަކީ ޓެކްސީ ސެންޓަރުގެ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox