10 އަހަރަށްފަހު ފޯކައިދޫއިން ގޯތި ދޫކުރަން އިއުލާންކޮށްފި

ފޯކައިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުން ގޯތި ދޫނުކޮށް އޮތީ ޗަސްބިން ހިއްކުމުގެ ގާބިލްކަން ކައުންސިލަށް ނެތީމަ -- ފޮޓޯ: އައިލްސް

ފޯކައިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުން ގޯތި ދޫނުކޮށް އޮތީ ޗަސްބިން ހިއްކުމުގެ ގާބިލްކަން ކައުންސިލަށް ނެތީމަ -- ފޮޓޯ: އައިލްސް

ރަށުން ގޯތި ދޫނުކުރާތާ ގާތްގަނޑަކަށް 10 އަހަރަށްފަހު، ޗަސްބިން ގިނަ، ށ. ފޯކައިދޫއިން 2000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް ރަށު ކައުންސިލުން ނިންމައި ރޭ އެކަން އިއުލާންކޮށްފި އެވެ.

އާބާދީގައި 1718 މީހުން ހިމެނޭ ފޯކައިދޫއިން ވެއެތުވެދިޔަ 10 އަހަރު ގޯތި ދޫނުކުރީ، ހިއްކައިގެން ނޫން ގޮތަކަށް ޗަސްބިމުގައި ދިރިނުއުޅެވޭނެތީ އާއި ހިއްކުމުގެ ގާބިލްކަން ކައުންސިލަށް ނެތުމުންނެވެ. ނަމަވެސް ގާތްގަނޑަކަށް 69 ހެކްޓަރުގެ ބިން އޮންނަ އެރަށުގެ ޗަސްބިން ހިއްކައި ގޯތި ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮތީ މިދިޔަ ސެޕްޓެމްބަރު މަހު ވައުދުވެވަޑައިގެންގަ އެވެ.

"ވަރަށް ގިނަ ރައްޔިތުން އަޅުގަނޑުމެން ކައިރިއަށް އަބަދުވެސް އާދޭ ގޯތި ދޫނުކުރާނެ އިރެއް އޮޅުން ފިލުވަން. މިހާތަނަށް އަޅުގަނޑުމެންނަށް ބިން ނުހިއްކިގެން އެކަން ނުވެ އޮތީ. އެކަމަކު މިހާރު ބިން ހިއްކޭނެކަމުގެ ޔަގީންކަން އެބަ އޮތް،" ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާސިފް ވިދާޅުވި އެވެ.

Advertisement

އާސިފް ވިދާޅުވީ ގޯތި ދޫކުރާނީ ރަށުގެ އުތުރާއި ދެކުނާއި އިރުމަތިން ކަމަށެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަޝްވަރާތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ކުރަމުންދާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ބިން ހިއްކަން ފަށާނެ. މިހާރު ބިން ހިއްކުމަށްވާންޖެހޭ ތައްޔާރީތައްވަމުން މިދަނީ،" އާސިފް ވިދާޅުވި އެވެ.

ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ގެޒެޓު ކުރި އިއުލާނުގައި ބުނެފައި އޮތީ ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ މިހިނގާ ޖެނުއަރީ 25، އިން ފެށިގެން ފެބްރުއަރީ 15، ގެ ނިޔަލަށް ކަމަށެވެ. މިހާރު ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތަކުގެ އިތުރުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮައިންޓު ދޭ އުސޫލެއް ވެސް ފަހުން އާންމު ކުރާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox