ރެއާލުން ނިއުކާސަލްގެ ބިޑް ގަބޫލުކުރިޔަސް ހަޒާޑް އެ ޑީލާ ދެކޮޅު

Jan 20, 2022, 6:35 PM
ރެއާލުން ނިއުކާސަލްގެ ބިޑް ގަބޫލުކުރިޔަސް ހަޒާޑް އެ ޑީލާ ދެކޮޅު

ނިއުކާސަލް (ޖެނުއަރީ 20) - ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް، ހޯދަން ނިއުކާސަލް ޔުނައިޓެޑުން ކުރި ބިޑް ރެއާލް މެޑްރިޑުން ގަބޫލުކުރި ނަމަވެސް އެ ޓްރާންސްފާ ކުރިއަށް ގެންދިއުމާ މެދު ހަޒާޑް ދެކޮޅު ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަނެފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ. އެ ޓީމުން ވަނީ އެތުލެޓިކޯ މެޑްރިޑްގެ ކިއެރަން ޓްރިޕިއޭ އާއި ބާންލީގެ ކްރިސް ވުޑްގެ ސޮއި ހޯދައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިއުކާސަލް އިން ރެއާލްގެ ހަޒާޑް ހޯދަން 40 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމުން ރެއާލުން އެ ހުށަހެޅުން ގަބޫލުކުރުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އެ ފަދަ ހާލަތެއް ކުރިމަތިވެ، ރެއާލުން ނިއުކާސަލްގެ ބިޑް ގަބޫލުކުރި ނަމަވެސް އެ ޓީމަށް ދާން ހަޒާޑް ބޭނުމެއް ނުވެ އެވެ. އަލުން ޕްރިމިއާ ލީގަށް ދާނަމަ ހަޒާޑް ބޭނުމީ ކުރީގެ ކްލަބު ޗެލްސީ އަށް ދާށެވެ. އެހެންވެ، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ހަޒާޑްގެ ފޯނުން ގުޅާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

Advertisement

ފްރާންސްގެ ލިލް އިން ފާހަގަވި ހަޒާޑަކީ ޗެލްސީގައި 2012 އިން 2019 އަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ހަޒާޑް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށެވެ. ހަޒާޑް ރެއާލްގައި ދައްކާ ކުޅުމަށް ބަލައި އިތުރު 40 މިލިއަން ޔޫރޯ ދޭ ގޮތަށް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

ރެއާލަށް ބަދަލުވެ މިދިޔަ ދެ ސީޒަނުގައި ވެސް އޭނާ އަށް އަސްލު ފެންވަރުގެ ކުޅުމެއް ނުދެއްކެ އެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެ، މިހާތަނަށް ހަޒާޑަށް ރެއާލް ޖޯޒީގައި ކުޅެވުނީ އެންމެ 43 މެޗެވެ. އަދި އެ ޓީމަށް ޖަހައިދިނީ އެންމެ ހަތަރު ގޯލެވެ.

ޓްރާންސްފާ ބާޒާރުގައި ހަރަދުކުރަން ބަލާއިރު، ބޮޑު ބަޖެޓެއް އޮތް ނަމަވެސް ނިއުކާސަލް އިން ގެންގުޅޭ ވިސްނުމަކީ އެންމެ ފުރަތަމަ ފަހަރު ބޮޑު ހަރަދެެއް ނުކޮށް ކޮންޓްރޯލްކޮށް، ޕްލޭނެއްގެ ތެރެއިން ކުރިއަށް ދިއުމެވެ. މި ވަގުތު ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯންގައި އޮތުމުން ނިއުކާސަލް މި ވަގުތަށް ޖެހޭނީ އެ ހާލަތުން އަރައިގަނެވޭނެ ގޮތަކަށް ރާވައިގެން ކުރިއަށް ދިއުން ކަމަށް އެ ޓީމުގެ ކޯޗު އިންގްލެންޑްގެ އެޑީ ހޯވް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox