ޔުނައިޓެޑުން ބްރެންޓްފޯޑް ބަލިކުރިއިރު، ޓޮޓެންހަމް ފަހު ވަގުތު މޮޅުވެ ފަސް ވަަނަ އަށް

Jan 20, 2022, 3:08 AM
ލަނޑުޖެހުމަށް ފަހު ޓޮޓެންހަމްގެ ބާގްވައިން (ވ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑުޖެހުމަށް ފަހު ޓޮޓެންހަމްގެ ބާގްވައިން (ވ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، އިތުރު ވަގުތުގައި ސްޓީވެން ބާގްވައިން ޖެހި ދެ ގޯލުން ޓޮޓެންހަމް ހޮޓްސްޕާސް އިން 3-2 އިން ލެސްޓާ ސިޓީ ބަލިކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. ވެސްޓް ހޭމް ހަތަރެއްގައި އޮތީ 22 މެޗުން 37 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ފަހަކަށް އެރީ 19 މެޗުން 36 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓް ހަމަކޮށްގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބްރެންޓްފޯޑަށް ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ލީޑުނަގަން ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން މަތައިސް ޖެންސަން އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ދެ ޝޮޓް ވެސް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ކުޅުން ރަނގަޅުކޮށް ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފް ފެށުނުތާ 10 މިނިޓް ތެރޭ އެންތަނީ އެލަންގާ ބޮލުން ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑުނަގައިދިނެވެ. އޭގެ ހަތް މިނިޓް ފަހުން ކައުންޓަ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭސް ޖައްސާލި ބޯޅައަކުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑްގެ ލީޑުފުޅާކޮށްދީފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ މެކްޓޮމިނޭ އާއި ބްރޫނޯ ފެނާންޑޭސް އަދި ރަޝްފޯޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަަބަބުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނު ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ކުޅުނުއިރު، މެޗުގެ ފަހު 20 މިނިޓަށް އޭނާގެ ބަދަލުގައި މާކަސް ރަޝްފޯޑް އެރުވި އެވެ. ރޮނާލްޑޯ ބަދަލުކުރުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުުކުރި އެވެ. ރޮނާލްޑޯގެ ބަދަލުގައި ކުޅެން އަރައި ރަޝްފޯޑް ވަނީ މެޗުގެ 77 ވަނަ ގޯލު ޖަހައިފަ އެވެ. ފެނާންޑޭސް ދިން ބޯޅަ ރަޝްފޯޑް ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އޭރިއާތެރެއަށް ބްރެންޓްފޯޑުން އެއްލި ދިގު އެއްލުމެއްގައި އެ ޓީމުގެ ގޯލު ޖެހީ އިވާން ޓޯނޭ އެވެ.

މި މެޗުގައި ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ހިތްހަމަނުޖެހުން ފާޅުކޮށް، ކަންތައް ކުރި ގޮތާ ބެހޭގޮތުން މެޗަށް ފަހު ރަލްފް ރަންގްނިކް ގާތުގައި ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެއީ "ނޯމަލް" ކަމެއް ކަމަށާއި ބަދަލު ކުރަން ޖެހުނު ސަބަބު ރޮނާލްޑޯ އަށް ކިޔައިދީފައިވާނެ ކަމަށެވެ.

ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑް ވެފައިވަނީ ލީގުގެ ތާރީހުގައި އެންމެ ފުރަތަމަ ރަށުންބޭރުގައި 300 މޮޅު ހަމަކުރި ޓީމަށެވެ.

ލެސްޓާ ދަނޑުގައި ރޭ ޓޮޓެންހަމްގެ ހެރީ ކޭން އެ ޓީމަށް ލީޑުނަގައިދޭން ފޮނުވާލި ދެ ހަމަލާ ވެސް ކާމިޔާބެއްނުވި އެވެ. ތިރިތިރިން ޖެހި ޝޮޓް ގޯލު ރޮނގުމަތިން ލެސްޓާގެ ލޫކް ތޯމަސް ސަލާމަތް ކުރިއިރު، ކޭން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ލެސްޓާ އިން މި މެޗުގައި ލީޑުނެގީ 24 ވަނަ މިނިޓްގައި ޓޮޓެންހަމް އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން ޕެޓްސަން ޑަކާ ޖެހި ގޯލުންނެެވެ.

ލެސްޓާގެ އޮފްސައިޑް މަޅިން ސަލާމަތްވެ، މެޗުގެ 38 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކޭން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ލެސްޓާ އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 76 ވަނަ މިނިޓްގައި ޖޭމްސް މެޑިސަން ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޓޮޓެންހަމްގެ މެޓް ޑޮހަޓީ މެއިން ކޮންޓްރޯލް ކޮށްލި ބޯޅައެއް ލެސްޓާގެ ޝަލްގާ ސޮޔުންޗޫ އަށް ބޭރު ނުކޮޮށްލެވި އޭރިއާތެރެއިން ޓޮޓެންހަމްގެ ބާގްވައިން އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެެވެ. އޭގެ ދެ މިނިޓް ފަހުން ކޭން ހުސްކޮށްލާފައި ބާގްވައިން އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ލެސްޓާގެ ކީޕަރު ކެޝްޕާ ޝްމައިކަލް ކައިރިން ނައްޓާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox