އާސެނަލް މެޗު ފަސްކުރުން ކޮންޓޭ އަށް ކަމަކު ނުދިޔަ!

Jan 19, 2022, 5:02 AM
އާސެނަލް މެޗު ފަސްކުރުން ކޮންޓޭ އަށް ކަމަކު ނުދިޔަ!

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު އާސެނަލްއާ ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރަން އޮތް ނޯތު ލަންޑަން ޑާބީ ފަސްކުރަން ޕްރިމިއާ ލީގުން ނިންމުމުން އެކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ފާޑުކިޔައިފި އެވެ.

މި ސީޒަންގެ ދެ ވަނަ ނޯތު ލަންޑަން ޑާބީ ފަސްކުރީ އާސެނަލްގެ ސީނިއާ ޓީމްގެ ކުޅުންތެރިންގެ ތެރެއިން ގިނަ ބަޔަކު އެކި ސަބަބުތަކާ ހުރެ ޓީމާ ވަކިވާން ޖެހިފައިވާތީ އެވެ. ކޮވިޑް ޖެހިގެން ބައެއް ކުޅުންތެރިން ކުޅުމާ ދުރުގަ ތިބިއިރު، އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިޔަ ޓީމާ އެކު ބައެއް ކުޅުންތެރިން ވެސް އެބަތިއްބެވެ. އަދި އަނިޔާގެ ސަބަބުންވެސް ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭތީ އާސެނަލުން ވަނީ މި މެޗު ފަސްކޮށްދޭން އެދިފަ އެވެ.

އާސެނަލްގެ ހުށަހެޅުން ދިރާސާ ކުރުމަށްފަހު ޕްރިމިއާ ލީގުންވަނީ މެޗު ފަސްކުރަން ނިންމާފަ އެވެ. މިކަމާ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު، ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ވެސް ވަނީ އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިމިއާ ލީގުން މި މެޗު ފަސްކުރި އުސޫލަށް ފާޑުކިޔާފަ އެވެ.

ކޯޗު ކޮންޓޭ ބުނީ ކޮވިޑްގެ ހާލަތެއް މެދުވެރިވެގެން މެޗުތައް ފަސްކުރުމަކުން މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އާސެނަލްގެ ކުޅުންތެރިން އަނިޔާވެފަ ތިބުމުން މި މެޗު ފަސްކުރަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ.

ޕްރިމިއާ ލީގުގެ މިފަހަރުގެ ގަވާއިދު ބުނާ ގޮތުން ކޮވިޑްގެ ހާލަތެއް މެދުވެރިވެގެން ޓީމްގެ ފިޓްކޮށް ތިބި ކުޅުންތެރިންގެ އަދަދު ގޯލް ކީޕަރު ނުހިމަނައި 13 ހަމަނުވާކަމަށް ވާނަމަ މެޗު ފަސްކުރަން އެކުލަބަކަށް ހުށަހެޅޭނެ އެވެ. މި ސީޒަންގައި މިހާތަނަށް ގިނަ މެޗުތަކެއް މިގޮތަށް ވަނީ ފަސްކޮށްދީފަ އެވެ.

ކޮންޓޭ ބުނީ ދުނިޔޭގެ ބޮޑު ލީގަކުން އަނިޔާގެ މައްސަލަތަކާ ހުރެ ލީގު މެޗެއް ފަސްކުރި ތަނެއް އޭނާގެ ހަޔާތުގައި ވެސް ނުފެންނަ ކަމަށެވެ.

"އަހަރެން ހަމަ އަޖައިބު އަންތަރީސްވެއްޖެ. އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކުޅުންތެރިންނަށް އަނިޔާވެފައި ތިބުމުން މެޗެއް މި ފަސްކުރީ. އަނިޔާ މަދު ކުރަން ބޭނުންމިއްޔާ ޝެޑިއުލް ހަދާއިރު އެގޮތަށް ވިސްނައިން ބަދަލުގެނޭ،" ކޮންޓޭ ބުންޏެވެ.

މި މެޗަކީ މި ސީޒަންގަ ކޮވިޑްގެ ހާލަތާއި ކުޅުންތެރިންގެ އަނިޔާގެ މައްސަލަ ދިމާވެގެން އާސެނަލުން އެދިގެން ލަސްކުރި ފުރަތަމަ މެޗެވެ. މިކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ޕްރިމިއާ ލީގަށް އަމާޒުވެފައިވާއިރު، މި ނިންމުމުގެ ދިފާއުގަ މިހާތަނަށް ވާހަކަ ދައްކާފަ ވަނީ މަދު ކޯޗުންތަކެކެވެ.

އެގޮތުން ލެސްޓަ ސިޓީގެ ކޯޗު ބްރެންޑެން ރޮޖާސް ވަނީ އާސެނަލްގެ ސީނިއާ ޓީމުގެ ކުޅުންތެރިން ހަމަނުވާތީ ޕްރިމިއާ ލީގުން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ. ކުރިން ލިވަޕޫލާއި ސްވަންސީ ސިޓީ އަށް ކޯޗުކޮށްދިން ރޮޖާސް ބުނީ ގޯލް ކީޕަރު ނުހިމަނައި 13 ހަމަނުވާކަމަށްވާނަމަ މެޗު ފަސްކޮށްދިނުމަށް އެދުމުގެ އިޚުތިޔާރު ހުރިހާ ޓީމަކަށް ވެސް ހަމަހަމަ އަށް އޮންނަން ޖެހޭނެ ކަމަށެވެ. އަދި 23 އަހަރުން ދަށުގެ ކުޅުންތެރިން ހިމަނައިގެން ޓީމު ހަމަކުރުމަކީ ހައްލެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox