ގޯލު ޖެހުމަށް ފަހު ޑިބާލާ އުފާފާޅެއް ނުކުރި، މިއީ ދިން މެސެޖެއް!

Jan 16, 2022, 6:11 AM
ގޯލު ޖެހުމަށް ފަހު ޑިބާލާ އުފާފާޅެއް ނުކުރި، މިއީ ދިން މެސެޖެއް!

ޓިއުރިން (ޖެނުއަރީ 16) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ ކޮޅަށް ގޯލު ޖެހުމަށް ފަހު ޔުވެންޓަސްގެ ކެޕްޓަން ޕައޮލޯ ޑިބާލާ އުފާފާޅުނުކޮށް އެ ޓީމުގެ މެނޭޖްމަންޓަށް މެސެޖެއް ދީފި އެވެ.

އުދިނޭޒީ އަތުން ޔުވެންޓަސް 2-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ޑިބާލާ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި އުދިނޭޒީ އޭރިއާތެރެއިން ޑިބާލާ އަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލުމަށް ފަހު، އޭނާ އުފާފާޅުނުކުރެ އެވެ. އޭގެ ބަދަލުގައި އޭނާ ބަލާލީ ޔުވެންޓަސްގެ ދަނޑުގައި އެ ކްލަބްގެ މެނޭޖްމަންޓާއި ބޯޑް މެމްބަރުން ތިބޭ ވީއައިޕީ ބޮކްސާ ދިމާލަށެެވެ.

އިޓަލީގެ މީޑިއާތަކުން ސިފަކުރާގޮތުގައި މިއީ ޑިބާލާ ދިން މެސެޖެކެވެ. މި ސީޒަނުގެ ނިޔަަލަށް ޑިބާލާ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރިއިރު، އޭނާ ބޭނުންވާ މުސާރަ ދީފައި ޓީމުގައި މަޑުކުރުވަން ޔުވެންޓަސް އިން އަންނަނީ ދެކޮޅު ހަދަމުންނެވެ. އާ ކޮންޓްރެކްޓެއް ނުދީފިނަމަ ހިލޭ ޓްރާންސްފާއެއްގައި ޑިބާލާ ބޭނުން ޓީމަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ޔުވެންޓަސް އިން 2025 ވަނަ އަހަރާ ހަމައަށް ޑިބާލާ އަށް އާ ކޮންޓްރެކްޓެއް ދިނީ މިހާރު ދެމުން އަންނަ މުސާރަ އަށް ވުރެ ކުޑަ އަދަދަކަށް އެއްބަސްވުމަށެވެ އެކަމަކު، ޑިބާލާ ބޭނުންވަނީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. ޑިބަލާ މި ވަގުތު ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު 16 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

ޑިބާލާގެ އަނިޔާގެ މައްސަލަތަކާ ހެދި ސީޒަނެއްގައި އޭނާ އަށް ގިނަ މެޗުތަކެއް ގެއްލޭތީ މުސާރަ ބޮޑުކުރަން ޔުވެންޓަސް އިން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެހެންވެ، މިއީ ޑިބާލާ، 28، ޔުވެންޓަސް ޖޯޒީގައި ފެންނަ ފަހު ސީޒަނަށް ވުމުގެ ފުރުސަތު އެބައޮތެެވެ.

ރޭ އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖެހީ ވެސްޓަން މެކްކެނީ އެވެ. ބަދަލެއްގެ ގޮތުގައި ކުޅެން އެރި މަޓިއާ ޑި ޝީލިއޯ ނެގި ހުރަހަކުން މެކްކެނީ މި ގޯލު ޖެހީ ބޮލުންނެވެ.

އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ޔުވެންޓަސް ބަލިވެފައިނުވާއިރު، ރޭގެ މޮޅާ އެކު އެ ޓީމު އޮތީ 22 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އެއީ 20 މެޗުން 41 ޕޮއިންޓް ހަމަކޮށް ހަތަރު ވަނައިގައި އޮތް އެޓަލަންޓާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ވިހި މެޗުން 49 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނެވެ. ދެ ވަނައިގައި އޮތީ 21 މެޗުން 48 ޕޮއިންޓް ހޯދާފައި އޮތް އޭސީ މިލާނެވެ. ތިން ވަނައިގައި އޮތް ނަޕޯލީން 43 ޕޮއިންޓް ހޯދީ 21 މެޗު ކުޅެގެންނެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox