ރަނގަޅު ގައުމީ ޓީމެއް އެކުލަވާލަން މި ދަނީ މެޗުތައް ބަލަމުން: މޮރިއޭރޯ

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އޭނާ ބޭނުންވާ ގޮތަށް ރަނގަޅު ގައުމީ ފުޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކާއި ޓީމުތަކުގެ ޓްރެއިނިންތައް ބަލަމުން އަންނަ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މޮރިއޭރޯ މި ގޮތަށް ބުނެފައިވަނީ ފުޓްބޯލްނިއުސް24 އަށް ދިން އިންޓަވިއުއެއްގަ އެވެ.

ގައުމީ ޓީމާ އެކު މޮރިއޭރޯ ކޮންޓްރެކްޓް ހެދީ މިދިޔަ އޮކްޓޫބަރު މަހު 21 ވަނަ ދުވަހު އެއް އަހަރުގެ މުއްދަތަށެވެ. ޓީމާ އެކު ޕްރެކްޓިސް ފެށީ އޮކްޓޫބަރު 25 ގަ އެވެ.މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީމުން ކުރެންދޫ ރިސޯޓްގައި އެގްޒިބިޝަން މެޗެއް ކުޅުނެވެ. އޭގެ ފަހުން ދެން ދިޔައީ ސްރީ ލަންކާގައި މިދިޔަ ނޮވެމްބަރު މަހު 8 އިން 19 އަށް ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ކުޅޭށެވެ.

ލަންކާ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީ އަށް ހާއްސަ ފޯ ނޭޝަންސް މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ލަންކާއާ 4-4 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގެ ފަހު ވަގުތު ބަންގްލަދޭޝް އިން ޕެނަލްޓީއެއް ޖަހައި 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރި އެވެ. އަދި ފަހު މެޗުގައި ރާއްޖެ ވަނީ ސީޝެލްސްއާ 0-0 އިން އެއްވަރުވެ، މޮޅެއް ނުލިބި މުބާރާތުން ކަޓައިފަ އެވެ.

ކުރިން އިޓަލީގެ ޓީމުތަކަށް ކޯޗުކޮށްދިން މޮރިއޭރޯ ބުނީ ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ފަހު ފޯ ނޭޝަންސް ކަޕަށް ގޮސް ކުޅުންތެރިން ކުރި މަސައްކަތް އޭނާ ބަލައިގަންނަ ކަމަށާއި ތައްޔާރުވާން އޭރު އެހާ ވަގުތު ނުލިބުނު ކަމަށެެވެ. ވަގުތު މަދުން ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ ފެންވަރަށް ބަލާއިރު، އެ އަށް ވުރެ ރަނގަޅު ނަތީޖާ އެ މުބާރާތުގައި ނެރެވޭނެ ކަމަށާއި އެކަމަކު، އޭރު އޮތީ އެއްކޮށް އޭނާގެ ބައިވެރިވުމާ އެކު ނެގިފައި އޮތް ޓީމަކަށް ނުވާތީ ބޭނުންވާ ލެވަލަށް ނުދެވުނީ ކަމަށެވެ.

"އެކަމަކު މިހާރު ޓީމު ނަގާ އިސް މީހެއްގެ ހައިސިއްޔަތުން އަހަރެން މި ދަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކާއި ޓްރެއިނިން ސެޝަންސްތައް ބަލަމުން. ޕްރެޒިޑެންޓްސް ކަޕަކީ އަހަރެމެންގެ ކޮޕަ އިޓާލިއާ ފެންވަރުގެ މުބާރާތެއް. އެއް މަހަށް ފައްތައިގެން އެ ބާއްވަނީ. ޓީމުތައް ކޮންމެ ތިން ދުވަހުން އެބަ ކުޅޭ އެހެންވެ، އަހަރެންގެ މަސައްކަތް ވަރަށް ރަނގަޅަށް މި ދަނީ. ގިނަ ކުޅުންތެރިންތަކެއް އަހަންނަށް އެބަ ފެނޭ،" މޮރިއޭރޯ ބުންޏެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި މޮރިއޭރޯ ފޮޓޯ އަކަށް ހުއްޓިގެން.

އިޓަލީގެ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅެފައިވާ މޮރިއޭރޯ ބުނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަންނަނީ ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ހުރި ލެވަލް މަތިކުރުމުގެ އިތުރުން ކުޅުންތެރިންގެ ވިސްނުން ފުޓްބޯޅައިގެ ތެރޭގައި ހަރުދަނާ ކުރެވޭނެ ބަދަލުތަކެއް ގެންނަމުން ކަމަށެވެ.

ރާއްޖޭގެ ލެވަލް އޮތީ އިޓަލީ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ދަށްކޮށް ކަމަށާއި އޭގެ ބައިވަރު ސަބަބުތަކެއް އެބަހުރިކަމަށް މޮރިއޭރޯ ވަނީ ފާހަގަކޮށްފަ އެވެ. މިސާލަކަށް ޖާގައިގެ ގޮތުން ތަނަވަސްނުވާތީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރަން ހުރި ގޮންޖެހުންތަކާއި ދެން ވެސް ބަދަލު ގެންނަން ޖެހޭ ކަންކަމަށް މޮރިއޭރޯ ވަނީ އަލިއަޅުވާލައިފަ އެވެ.

"މިހެން އެ ކަންކަން ހުރި ކަމުގައި ވިޔަސް ވަރަށް ހުނަރު މިތަނުގައި އެބައޮތް. ވަރަށް މޮޅެތި ޒުވާން ކުޅުންތެރިން އެބަތިބި. އަހަރެމެން ކުރަން ހުރި މަސައްކަތް ވެސް ވަރަށް ގިނަ. އެއީ ހާއްސަކޮށް އެތުލެޓިކް، ސްޓްރެންތު އަދި އިންޓެންސިޓީ ކަހަލަ ކަންކަމަށް މަސައްކަތް ކުރަން ޖެހޭ،" މޮރިއޭރޯ ބުންޏެވެ.

"މި ހުރިހާ ކަމަކަށް މަސައްކަތްކުރާއިރު، ދެން ވިސްނަން ޖެހޭ ކަމަކީ މި ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަަނަލުން. އެހެންވެ، ހަމައެކަނި ފުޓްބޯޅަ އަށް ހުސްވެގެނެއް ނޫން ތިބެން މި ޖެހެނީ. އަހަރެން ބޭނުންވަނީ މި ކުޅުންތެރިންނާ އެކު މަސައްކަތްކޮށް ފިޒިކަލީ އެ މީހުން ރަނގަޅުކުރަން. ފަހުގެ ފުޓްބޯޅައިގައި ޓީމުތަކާ ވާދަކުރަން ބޭނުމިއްޔާ އަހަރެމެން މަސައްކަތް ކުރަމުން އައި ގޮތް އެންމެ ރަނގަޅު ގޮތަކަށް ބަދަލުކުރަން ޖެހޭނެ،"

މޮރިއޭރޯގެ އެދުމާ އެއްގޮތަށް އެފްއޭއެމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގީސް ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފަ އެވެ. މޮރިއޭރޯ އާއި ސިމާއޯ އަންނަނީ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ބެލުމުގެ އިތުުރުން މެޗުތަކުގައި ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ މައުލޫމާތު އެއްކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މޮރިއޭރޯ އާއި ސިމާއޯ އެއްކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް މިހާރު އަންނަނީ މިހާތަނަށް ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކަށް ބަލައި، ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox