މެސީ އާއި ނޭމާ ނެތި އެމްބާޕޭ ޕީއެސްޖީގައި ތަފާތު ދައްކަނީ

Jan 16, 2022, 3:44 AM
ލަނޑު ޖެހުމަށް ފަހު އެމްބާޕޭ (ކ) ޕީއެސްޖީގެ ޓަވާރޭސް މެންޑޭޒާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އެމްބާޕޭ (ކ) ޕީއެސްޖީގެ ޓަވާރޭސް މެންޑޭޒާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖެނުއަރީ 16) - ލިއޮނަލް މެސީ އާއި ނޭމާ ނެތި ކީލިއަން އެމްބާޕޭގެ މޮޅު ކުޅުމާ އެކު، ފްރެންޗް ލީގުގައި ރޭ ޕީއެސްޖީން 2-0 އިން ބްރެސްޓް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ފްރެންޗް ލީގުގެ އެއް ވަަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 21 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނީސް އަށް 21 މެޗުން 39 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ނޮވެމްބަރު 30 ވަނަ ދުވަހު ސެއިން އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ. އާ އަހަރުގެ ޗުއްޓީގައި އާޖެންޓީނާގައި ހުއްޓައި މެސީ ކޮވިޑަށް ޕޮޒިޓިވްވިިއިރު، އޭނާ ވަނީ ބަލިން ފަސޭހަވެ، އެނބުރި ފްރާންސަށް އައިސްފަ އެވެ. އެކަމަކު، މި އަހަރު މިހާތަނަށް ޕީއެސްޖީ ކުޅުނު ތިން މެޗުގައި ވެސް މެސީ ނުފެެނެ އެވެ. މެސީ، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ކޮވިޑް ރިކަވަރީ ދަނީ ވަރަށް ލަހުން ކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް މެޗު ފިޓްނަސް ރަނގަޅުކޮށް، ކުޅުމަށް އެނބުރި އައުމަށް ކަމަށް ބުނެފަ އެވެ.

Advertisement

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ، އާ އަހަރު ފެށީ ފްރެންޗް ކަޕްގައި ވަނޭ ކޮޅަށް ހެދި ހެޓްރިކުންނެވެ. އޭގެ ފަހުން ޕީއެސްޖީ ވަނީ ލީގުގައި ލިޔޯނާ 1-1 އިން އެއްވަރުވެފަ އެވެ. ރޭ ބްރެސްޓް އަތުން ޕީއެސްޖީ މޮޅުވިއިރު، އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން 32 ވަނަ މިނިޓްގައި ޖިއޮޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ. ވައިނަލްޑަމް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ރޮނގުކައިރިން އެމްބާޕޭ ގޯލުގެ ކައިރީ ކަނަށް ފޮނުވާލި ބޯޅަ ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ޖެހި 19 ވަނަ ގޯލެވެ. އޭގެ ތެރެއިން 10 ގޯލު ޖެހީ ލީގުގަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ ޓަވަރޭސް މެންޑޭޒް އޭރިއާތެރެއިން ހުރަސްކޮށްލި ބޯޅަ އަކުން ތިލޯ ކެރާ އެވެ. މިއީ ޖެހިޖެހިގެން ލީގުގެ ދެ މެޗުގައި ކެރާ ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox