ކުޅުންތެރިން ހަމަނުވެދާނެތީ އާސެނަލުން ޓޮޓެންހަމް މެޗު ފަސްކުރަން ހުށަހަޅައިފި

Jan 15, 2022, 4:07 AM
ކުޅުންތެރިން ހަމަނުވެދާނެތީ އާސެނަލުން ޓޮޓެންހަމް މެޗު ފަސްކުރަން ހުށަހަޅައިފި

ލަންޑަން (ޖެނުއަރީ 15) - އާސެނަލްގައި ކޮވިޑް-19ގެ ކޭސްތަކެއް އުޅޭތީ އާއި އެހެނިހެން އުނދަގޫތަކެއް ވެސް ހުރުމުން އެ ޓީމުގައި މެޗު ކުޅޭ ވަރަށް ކުޅުންތެރިން ހަމަނުވެދާނެ ކަމުގެ ބިރު އޮތުމާ އެކީގައި އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޓޮޓެންހަމާ ދެކޮޅަށް އާސެނަލުން ކުޅެން އޮތް މެޗު ފަސްކުރަން އެ ޓީމުން ރަސްމީކޮށް ހުށަހަޅައިފި އެވެ.

އާސެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބްގެ ބައެއް ކުޅުންތެރިން މި ވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ކެމަރޫންގައި ތިބިއިރު، ޓީމުގެ ކޭމްޕްގައި ކޮވިޑްގެ ކޭސްތަކެއް އޮތުމާއި އަނިޔާގެ މައްސަލަތައް ވެސް ޓީމަށް ކުރިމަތިވެފައިވުމާ އެކީގައި މެޗު ފަސްކުރަން ހުށަހަޅަން ޖެހުނީ "އެ ނޫން ގޮތެއް" މި ހާލަތަށް ބަލާއިރު، ނެތުމުން ކަމަށެވެ.

މިހާތަނަށް ޕްރިމިއާ ލީގުގެ 20 މެޗެއް ކޮވިޑާ ހެދި ފަސްކުރަން ޖެހިފައިވެ އެވެ. ވިހި ވަނަ މެޗަކީ މި ހަފްތާގައި ލެސްޓާ ސިޓީ އާއި ބާންލީ ކުޅެން އޮތް މެޗެވެ.

އާސެނަލުން ޓޮޓެންހަމް މެޗު ފަސްކުރަން ހުށަހެޅި ޕްރޮޕޯސަލާ ބެހޭގޮތުން ޕްރިމިއާ ލީގުން މިއަދު ގޮތެއް ނިންމާނެ އެވެ.

ކޮވިޑާ ހެދި ޕްރިމިއާ ލީގުން މެޗު ކުޅެން އަމަލުކުރަން ނިންމާފައިވާ ގަވާއިދު ބުނާގޮތުން 13 ކުޅުންތެރިންނާއި އެއް ކީޕަރު މެޗު ކުޅެވޭ ހާލަތުގައި ހުރެފިނަމަ މެޗު ކުޅެން ޖެހޭނެ އެވެ.

އާސެނަލުން އެންމެ ފަހުން ކުޅުނީ އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި މެެޗެވެ. ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލް ދަނޑުގައި ކުޅުނު އެ މެޗުގައި އާސެނަލްގެ ސެޑްރިކް ސޮއާރޭސް، ބުކާޔޯ ސަކާ އަދި ކަލުމް ޗެމްބާސް އަށް އަނިޔާވިިއިރު، އެ މެޗުގައި އާސެނަލްގެ ގްރޭނިޓް ޝަކާ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ އަށް ސަސްޕެންޝަނެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox