ހުޅުމާލެ ރުށްގަނޑު 1 ސަރަހައްދުގައި ސާމްޕަލް ސެންޓަރެއް

ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ހަދާފައިވާ ޕީސީއާރު ހަދާ ސެންޓަރު: ހާއްސަކޮށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުތު ވާތީ އެޗްޕީއޭން އަންނަނީ ސާމްޕަލް ނަގާ ސެންޓަރުތައް އިތުރު ކުރަމުން---  / ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ހަދާފައިވާ ޕީސީއާރު ހަދާ ސެންޓަރު: ހާއްސަކޮށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުތު ވާތީ އެޗްޕީއޭން އަންނަނީ ސާމްޕަލް ނަގާ ސެންޓަރުތައް އިތުރު ކުރަމުން--- / ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ރުށްގަނޑު އެކެއް ސަރަހައްދުގައި ޕީސީއާރު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެތަނުގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ހުޅުމާލެ ހޮސްޕިޓަލާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.

ހުޅުމާލޭގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ހުޅުމާލޭގައި ވެސް ޕީސީއާރު ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ގިނަ ބަޔަކު އެދެމުންދާ ދަނޑިވަޅެއްގަ އެވެ.

އެޗްޑީސީން ބުނީ އިއްޔެ އެ ސެންޓަރު ގާއިމް ކުރީ އެޗްޑީސީގެ އެދުމުގެ މަތިން ކަމަށެވެ.

ރުށްގަނޑު ސަރަހައްދުގައި ޕީސީއާރު ނަގަން ޖަހާފައި ވަނީ ޓެންޓެކެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ސޯޝަލް ސެންޓަރުގައި ގާއިމް ކޮށްފައިވާ ސާމްޕަލް ނަގާ ސެންޓަރު ބަންދުކޮށް މާލޭގެ ތާޖުއްދީން ސްކޫލުގައި ކޮވިޑަށް ޓެސްޓް ކުރުމަށް ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.

އަދި އެފްއޭއެމްގެ ކުރީގެ އިމާރާތުގައި ކޮވިޑް ސާމްޕަލް ނެގުމަށް ވެސް ވަނީ ސެންޓަރެއް ގާއިމުކޮށްފަ އެވެ.

އެޗްޕީއޭޭއިން މިހާރު ވަނީ ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

  • މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދުން މަޖުބޫރު
  • މާލެ ސަރަހއްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުން
  • ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭ
  • ކަރަންޓީން ވުމަށް އެހެން ރަށަކަށް ދަތުރު ކުރާނަމަ "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދަން ޖެހޭ

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުން ދާއިރު ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 5513 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 536 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4656 އަށް އަރާފަ އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 99635 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް 21 މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 675 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 264 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox