ޔުވެންޓަސް ބަލިކޮށް އިންޓަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

Jan 12, 2022, 11:06 PM
ޔުވެންޓަސް ބަލިކޮށް އިންޓަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

މިލާން (ޖެނުއަރީ 13) - އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޔުވެންޓަސް ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕްގެ ތަށި މިރޭ އުފުލާލައިފި އެވެ.

މިއީ 2010 ވަނަ އަހަރަށް ފަހު އިންޓަ އިން ސުޕަ ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއީ އިންޓަ އިން ސުޕަ ކަޕްގެ ތަށި އުފުލާލި ހަ ވަނަ ފަހަރެވެ. އިންޓަ އަށް ވުރެ ގިނައިން މި މުބާރާތް ކާމިޔާބުކުރީ ހަތް ފަހަރު ހޯދި އޭސީ މިލާނާއި ނުވަ ފަަހަރު ތަށި ކާމިޔާބުކުރި ޔުވެންޓަސް އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޔުވެންޓަސް އަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގެ ތަރި ފެޑެރީކޯ ކިއޭސާ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބި ކުޅުމާ ދުރަށްދާން ޖެހުމެވެ. އަނިޔާގެ ސަބަބުން ކިއޭސާ އަށް އިޓަލީގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގައި ވެސް ނުކުޅެވޭނެ އެވެ.

މިރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ޔުވެންޓަސް އިން ލީޑުނެގި އެވެ. މެޗުގެ 25 ވަަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ނެގި ހުރަހަކުން އެމެރިކާގެ މިޑްފީލްޑަރު ވެސްޓަން މެކްކެނީ ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ.

އެކަމަކު، ޔުވެންޓަސް އަށް ލީޑު ހިފަހައްޓައިލެވުނީ 10 މިނިޓް އެވެ. މެޗުގެ 35 ވަނަ މިނިޓްގައި އިންޓަގެ ލަޓާރޯ މާޓީނޭޒް ވަނީ އެ ޓީމަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދީފަ އެވެ. މިއީ އިންޓަގެ ބޮސްނިއާ ފޯވާޑް އެޑިން ޒެކޯ އަށް ޔުވެންޓަސްގެ އޭރިއާތެރެެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ފުރިހަަމަ ވަގުތު ކަމަށްވާ 90 މިނިޓް ހަމަވުމުގެ ކުރިން ދެ ޓީމުން ވެސް ލަނޑެއް ޖަހައި މެޗުން މޮޅުވެވޭތޯ ބެލި އެވެ. އެކަމަކު، އެއްވެސް ޓީމަކަށް އެކަން ކާމިޔާބުނުވެ، 2016 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސުޕަ ކަޕް މެޗެއްގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނީ އެވެ.

އިންޓަ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަަނަ ހާފްގެ ވެސް ފަހު މިނިޓްގަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން މަޓެއޯ ޑާމިއާން ދިން ބޯޅައަކުން އަލެކްސިސް ސަންޗޭޒް އެވެ. ސަންޗޭޒް ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލީ 121 ވަނަ މިނިޓްގަ އެވެ.

ސަންޗޭޒްގެ މި ގޯލު މިއީ ސުޕަ ކަޕް މެޗުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ލަހުން ޖެހި ގޯލެވެ. މީގެ ކުރިން އެންމެ ފަހުން ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 2014 ވަަނަ އަހަރުގެ ސުޕަ ކަޕް މެޗުގައި ޔުވެންޓަސް އަތުން ނަޕޯލީ މޮޅުކޮށްދޭން ގޮންޒާލޯ ހިގައިން ޖެހި ގޯލެވެ. އޭނާ ގޯލު ޖެހީ 118 ވަަނަ މިނިޓްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox