ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދު ކުރަން ސަރުކާރުން އަދި ނުވިސްނާ

ބެލެނިވެރިއަކު ދަރިވަރަކު ގޮވައިގެން ސްކޫލަށް ދަނީ: އެޑިއުކޭޝަނުން ބުނީ ސްކޫލްތައް ހުޅުވާނީ ނިއު ނޯމަލްގައި އަމަލުކުރާ އުސޫލުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބެލެނިވެރިއަކު ދަރިވަރަކު ގޮވައިގެން ސްކޫލަށް ދަނީ: އެޑިއުކޭޝަނުން ބުނީ ސްކޫލްތައް ހުޅުވާނީ ނިއު ނޯމަލްގައި އަމަލުކުރާ އުސޫލުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ނިންމާފައިވީ ނަމަވެސް ސްކޫލުތަކުގެ ކިޔެވުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދެވަނަ ޓާމުގެ ކިޔެވުން އަންނަ ހަފްތާގައި ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކަކާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އަދި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށާއި ނިއު ނޯމަލްގެ ދަށުން ކިޔަވައިދެމުންދިޔަ ގޮތަށް، ސަލާމަތީ ފިޔަވަޅުތަކާ އެކު ސްކޫލުތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް މި ނޫހަށް މައުލޫމާތު ދިނެވެ.

ސްކޫލުތަކުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެޗްޕީއޭއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ބަލިމަޑުކަމުގެ ހާލަތާ ގުޅޭ ގޮތުން އެ އިދާރާއާއެކު އަބަދުވެސް މަޝްވަރާ ކުރަމުންދާނެ ކަމަށް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ބުންޏެވެ. އަދި އެޗްޕީއޭގެ ލަފާގެ މަތިން ކުރީގައި ވެސް ސްކޫލުތަކުން އަޅާފައިވާ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް މިހާރު އިރުޝާދު ދީފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސްކޫލުތަކުން އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ނުވަތަ މޮނިޓަރިން އަށް ލާފައިވާ ރަށަކުން ދަތުރުކޮށްފައި އަންނަ ޓީޗަރުންނާއި ދަރިވަރުން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުން ނޫނީ ސްކޫލަށް ހާޒިރު ނުވުމާއި ކޮވިޑްގެ ގައިޑްލައިންތަކަށް ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން ފުރިހަމައަށް ތަބާވޭތޯ ބެލުން ހިމެނެ އެވެ.

އެގޮތުން ސްކޫލުގެ އެތެރޭގައި ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގްރޫޕް ހަދައިގެން ނޫޅުން ފަދަ ކަންކަމަށް ސްކޫލުތަކުން ހާއްސަ ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި ސެނިޓައިޒްކޮށް އަތް ދޮވުމުގެ އިންތިޒާމް ކޮންމެ ސްކޫލުގައި ވެސް ގާއިމްކޮށްފައި ހުންނަންޖެހޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު ވެސް ސްކޫލުތަކުގެ ކިޔެވުން ގެންދިޔައީ އޮންލައިންކޮށެވެ. މި އަހަރު އެ ހާލަތަށް އަލުން ރުޖޫއަވާން ޖެހިއްޖެނަމަ އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށް ފަހު މެނުވީ ސްކޫލުތައް ބަންދު ނުކުރާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ރާއްޖެއިން އޮމިކްރޯން ވޭރިއެންޓު ފެނުމާ ގުޅިގެން އެޗްޕީއޭއިން މިހާރުވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ވެކްސިން ޖަހާފައިވާ ފަރާތްތަކުން ވެސް މާލެއިން އެހެން ސަރަހައްދަކަށް ދަތުރުކުރާ ނަމަ ޕީސީއާރް ޓެސްޓު ހެދުމަށް މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ މީހުން 10 ދުވަހު ކަރަންޓީނުވާންޖެހޭނެ ކަމަށް އެޗްޕީއޭން ވަނީ ނިންމާފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox