ސަލާހަށް އޮތް ޕްރެޝަރަކީ އެފްރިކަން ކަޕް ކާމިޔާބު ކުރުން

Jan 11, 2022, 7:03 AM
އެފްރިކަން ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން ސަލާހު.-- ފޮޓޯ: އޭއެފްޕީ

އެފްރިކަން ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން ސަލާހު.-- ފޮޓޯ: އޭއެފްޕީ

ގަރުއާ، ކެމަރޫން (ޖެނުއަރީ 11) - އޭނާ އާއި މިސްރު ފުޓްބޯޅަ ޓީމަށް ވެސް މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ކާމިޔާބު ކުރުމުގެ ޕްރެޝަރު އެބައޮތް ކަމަށް މިސްރު ޓީމުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.

ސަލާހު، 29، މި ވަގުތު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ. އެހެންވެ، ގިނަ ތަޖުރިބާކާރުން ދެކޭގޮތުގައި ސަލާހުގެ ބޭނުންހިފައި މިސްރަށް އެފްކޮން ކާމިޔާބު ކުރެވިދާނެ އެވެ.

އެފްރިކަން ކަޕްގެ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނައިޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާހު ބުނީ މުބާރާތް ކާމިޔާބު ކުރުމުގެ "ޕްރެޝަރު" އެބައޮތް ކަމަށެވެ.

"އެފްކޮން މުބާރާތް ކާމިޔާބު ކުރުމުގެ ޕްރެޝަރު އެބައޮތް. އެއީ އަހަރެމެންގެ ޓީމަކީ ފޭވަރިޓެއްގެ ގޮތުގައި އެބަ ނަގާ، ދެން އަހަރެން އަމިއްލަ އަށް ވެސް ނަގާ ޕްރެޝަރެއް މިއީ. އެއީ މިސްރާ އެކު މި މުބާރާތް ކާމިޔާބު ކުރަން އަހަރެން ބޭނުން،" ކްލަބް ލެވަލްގައި ލިވަޕޫލާ އެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު ބުންޏެވެ.

އެފްރިކަން ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ މިސްރެވެ. މިސްރުން އެ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލީ 2010 ވަނަ އަހަރު އެވެ. މިސްރު ގޮވައިގެން ވޯލްޑް ކަޕެއްގައި ކުޅުނު ނަމަވެސް ސަލާހަށް އަދި އެ ޓީމާ އެކު ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވެ އެވެ.

ފީފާ ބެސްޓް އެވޯޑްސްގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަލާހު ބުނީ އަބަދުވެސް ވިސްނަނީ ޓީމު ކާމިޔާބަށް ކަމަށާއި އޭނާ އަށް ލިބޭ އިންޑިވިޖުއަލް ޓްރޮފީތައް ގުނަނީ ފަހުން ކަމަށެވެ.

"އަހަރެމެންގެ އެބައޮތް ރަނގަޅު ޓީމެއް. ރަނގަޅު ކޯޗެއް މި ޓީމުގައި ހުރީ. މިސްރުގެ މީހުން ފަހުރުވެރިވާ ކާމިޔާބެއް ހޯދަން ބޭނުން،" ސަލާހު ބުންޏެވެ.

ސަލާހު ބުނީ ފުރަތަމަ މެޗުގައި ނައިޖީރިއާ އަތުން މިސްރަށް މޮޅުވެވޭނީ އެންމެ ރަނގަޅަށް ކުޅެގެން ކަމަށާއި މިއީ މިސްރަށް ރަނގަޅު ޓެސްޓެއް ކަމަށެެވެ.

ނައިޖީރިއާގެ ކެޕްޓަން އަހުމަދު މޫސާ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ސަލާހަށް ވުރެ ނައިޖީރިއާގެ ފޯވާޑް ސެމިއުލް ޗުކުވޭޒީ ނުރައްކާކުރާނެ ކަމަށް ބުނެފަ އެވެ. ސަލާހު ބުނީ ނައިޖީރިއާ ކެޕްޓަން މޫސާ އަށް އިހުތިރާމްކުރާ ކަމަށާއި އޭނާ އަމިއްލަ ވިސްނުމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެެވެ.

މިސްރުގެ ކޯޗަކީ ކުރިން ޕޯޗުގަލާއި ކޮލަމްބިއާ އަދި އީރާން ގައުމީ ޓީމަށް ކޯޗުކޮށްދިން ކާލޯސް ކުއެރޯޒް އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ކޯޗުކަންކޮށްފައިވާ ކުއެރޯޒް ބުނީ މިސްރުގެ އަމާޒަކީ މި ފަހަރުގެ އެފްރިކަން ކަޕްގައި މިސްރު ކުޅޭ ހުރިހާ މެޗަކުން މޮޅުވެ، މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

"ފުރަތަމަ މެޗުގައި ނައިޖީރިއާއާ ކުޅެން ޖެހުމަކީ ރަނގަޅެއް. އެއީ އަހަރެމެން ބޭނުންވާ ޓާގެޓަށް ދެވެން އޮތީ ވެސް މޮޅެތި ޓީމުތައް ބަލިކޮށްގެން. ނައިޖީރިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެންނަށް މޮޅުވެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ރަނގަޅަށް ކުޅެގެން،" ކުއެރޯޒް ބުންޏެވެ.

ނައިޖީރިއާ އާއި މިސްރު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox