އާންމު ތަންތަނުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރަން އެޗްއާރްސީއެމުން ގޮވާލައިފި

އިދިކޮޅު "އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން: އެޗްއާރްސީއެމުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ގާނޫނީ އިމުގެ ތެރެއިން ހިފުމަށް ގޮވާލާފަ. -- ފޮޓޯ: މުހައްމަދު ޝާބިން/އަަދަދު

އިދިކޮޅު "އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން: އެޗްއާރްސީއެމުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ގާނޫނީ އިމުގެ ތެރެއިން ހިފުމަށް ގޮވާލާފަ. -- ފޮޓޯ: މުހައްމަދު ޝާބިން/އަަދަދު

ހޮސްޕިޓަލު ފަދަ އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުވާ އެޗްއާރްސީއެމުން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ހައްގުތަކުގެ ބޭނުން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ހައްގުތައް ބޭނުން ކުރުުމުގައި އަނެކާގެ ހައްގަށް އިހުތިރާމުކުރުމަށް ގޮވާލި އެވެ.

އާންމު ހިދުމަތްދޭ ތަންތަނުގައި ހަމަނުޖެހުން ނުހިންގުމަށް އެޗްއާރްސީއެމުން ގޮވާލީ، ހުކުރު ދުވަހުގެ ރޭ އައިޖީއެމް ހޮސްޕިޓަލުގެ ތެރޭގައި އިދިކޮޅު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ދުވަހު ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ފުލުހުންގެ ސަބަބުން އަނިޔާވި ކަމަށް ބުނާ މީހަކަށް ފަރުވާދޭން އެ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުންނެވެ. އެތަން ކަވަރު ކުރަން ދިޔަ ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ގޮވާލުމުގެ އިތުރުން، އެޗްއާރްސީއެމްއިން ވަނީ އެއްވެ އުޅޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވެސް ގޮވާލައިފަ އެވެ.

އެ ކޮމިޝަނުން މިހެން ގޮވާލިއިރު، އެޗްޕީއޭއިން ވަނީ މާލެ ސަަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް އިތުރުވާތީ ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް މަނާކޮށްފަ އެވެ. އަދި، 50 މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭގޮތަށް ހަފުލާތަކާއި އިވެންޓުތައް ބޭއްވުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފަ އެވެ.

ގިނަ މީހުން އެއްވެ އުޅުން މަނާކުރި އިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކޮށް، މަގުމަތީގައި ސިލްސިލާކޮށް އެއްވުންތަކެއް ބާއްވަން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox