އެޗްޕީއޭގެ ދާއިމީ އޮފީހެއް ނެތުމުން ހިދުމަތްތަކަށް ބުރޫއަރައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރިން ހިންގަމުންދިޔަ އިމާރާތް: އެތަނަށް މިހާރު ދާއިމީ އޮފީހެއް ކަނޑައެޅިފައެއް ނުވޭ -- ފޮޓޯ: ކިޔުންތެރިއެއް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރިން ހިންގަމުންދިޔަ އިމާރާތް: އެތަނަށް މިހާރު ދާއިމީ އޮފީހެއް ކަނޑައެޅިފައެއް ނުވޭ -- ފޮޓޯ: ކިޔުންތެރިއެއް

އާންމުންނާ ގުޅޭ ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދާއިމީ އޮފީހެއް ނެތި ދިގުލައިގެންދާތީ އެ އެޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރަމުންދާކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެކި މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި އެޗްޕީއޭއިން އެންމެ ފަހުން މަސައްކަތްކުރަމުންދިޔަ ހުޅުމާލެ އޮރެންޖު ހިޔާއިން އެ އެޖެންސީގެ މުވައްޒަފުން ނުކުތީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ. އެއަށްފަހު މިހާރު އަށް މަސް ވަނީ ފާއިތުވެފަ އެވެ. 

މިކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ 100 އެއްހާ މުވައްޒަފުން އުޅޭ އެޗްޕީއޭގެ ދާއިމީ އޮފީހެއް ނެތުމުގެ ސަބަބުން އެތަނުން ފޯރުކޮށްދޭ ވޯކް ޕާމިޓް މެޑިކަލް އަދި ވެކްސިންއާ ގުޅޭ ހިދުމަތްތައް ލިބެނީ ކޮންތަނަކުންކަން ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. 

އޭނާ ބުނީ އެޗްޕީއޭގެ ހިދުމަތްތައް ހެލްތު މިނިސްޓްރީން މިވަގުތު ލިބޭނެ ކަމަށް ބުނި ނަމަވެސް، ހެލްތު މިނިސްޓްރީގައި އެޗްޕީއޭއަށް ހާއްސަކޮށްފައި ވަކި ފްލޯއެއް ވެސް ކަނޑައަޅާފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. 

"ރާއްޖޭގައި ފެތުރެމުންދާ ގިނަ ރޯގާތަކާ އަދި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ފެތުރެމުންދާ އެކި ބަލިތަކަށް ބަލާއިރު، ރާއްޖޭގައި ބަލި ކޮންޓްރޯލްކޮށް އާންމުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ އޮފީހުގެ ހިދުމަތްތައް ދެމުންގެންދާ ތަނަށް ދާއިމީ އޮފީހެއް ނުލިބި ދިގުލައިގެންދިޔުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތަށް ބުރޫ އަރާނެ ކަމެއް،" އޭނާ ބުންޏެވެ. 

މީގެއިތުރުން އިތުރު މީހާކު އަދަދު އަށް ބުނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ފެތުރެމުންދާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް ދާއިމީ އޮފީހެއް ނުލިބުމުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބަލި ފެތުރުން ކޮންތްރޯލްކުރުމުގެ ކަންކަން ރަނގަޅަށް މެނޭޖު ނުކުރެވޭ ކަމުގެ ޝަކުވާ ވެސް ވަނީ އިތުރުވެފަ އެވެ. 

އޮރެންޖު ހިޔާއިން އެޗްޕީއޭގެ މުވައްޒަފުން ނުކުންނަން ޖެހުނީ އެތަނުގައި ފަންގަސް ޖަހައި ދެ މުވައްޒަފަކަށް އޭގެ އަސަރުކުރުމުގެ ސަބަބުންނެވެ. މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން މުވައްޒަފުން ނުރައްކަލަށް  ހުށަހެޅޭ ތަންތަނުގައި އެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމަކީ މަނާ ކަމެކެވެ. 

އޮރެންޖް ހިޔާއިން ނުކުތް ފަހުން އެޗްޕީއޭގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ސޯސަން މަގުގައި ހުންނަ ލޫލޫ ބިލްޑިންގް އާއި ސޯސަން މަގުގައި ހުންނަ މައިޒާން ދޮށުގޭގެ އިތުރުން ހެލްތު މިނިސްޓްރީގެ އެކި ޑިޕާޓްމަންޓް ނުވަތަ ޑިވިޝަންތަކުގަ އެވެ. 

އާންމު ސިއްހަތާ ގުޅުންހުރި ގިނަ މަސައްކަތްތައް ކުރާ އެޗްޕީއޭއަކީ ރާއްޖޭގައި ހުލުއިކަމާއެކު ފެތުރޭ ބަލިތަކާ ގުޅުންހުރި އެންމެހާ ކަންކަން ކުރަުން އަންނަ އޮފީސް ކަމަށްވާއިރު، އެތަނުގެ ވެބްސައިޓު އެެތައް މަހެއްވަންދެން ޑައުންވެފައި ހުރުމަށްފަހު އަޕްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ވެބްސައިޓު އަޕްޑޭޓެއް ނުކުރާއިރު، ގިނަ މައުލޫމާތު ނެތްކަންވެސް ފާހަގަކުރެވެ އެވެ. 

އެޗްޕީއޭގެ އައު އޮފީސް ހަދަމުންދާ ކަމަށް މައުލޫމާތު ލިބެނީ ހުޅުމާލެ ފޭސް 1 ގައި މީގެ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ހެދި އިމާރާތުގަ އެވެ. ނަމަވެސް އެތަނަށް މުވައްޒަފުން ބަދަލުނުކޮށް ދިގުލައިގެންދަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox