އެހީއަށް ބޭނުންވާ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ސަމާލުކަމެއް

އުމުރުން ދުވަސްވީ މީހުން ސައްލާއެއް ކުރަނިކޮށް: އެމީހުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް -- ފޮޓޯ: އަދަދު ފައިލް

އުމުރުން ދުވަސްވީ މީހުން ސައްލާއެއް ކުރަނިކޮށް: އެމީހުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް -- ފޮޓޯ: އަދަދު ފައިލް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެހީއަށް ބޭނުންވާ ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

އެހީއަށް ބޭނުންވާ ދޮށީ އުމުރުގެ މީހުން ދައުލަތުގެ ފަރާތުން މިހާރު ބަހައްޓަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ގެންގުޅޭ ކ. ގުރައިދޫ މަރުކަޒުގަ އެވެ. އެތަނުގައި މިވަގުތު ވެސް ދޮށީ އުމުރުގެ 25 މީހުން ތިބިއިރު އެމީހުން ބައިތިއްބަނީ ނަފްސާނީ އަދި ސިކުނޑީގެ މައްސަލަތަކާ ގުޅިގެން މަރުކަޒަށް ލާފައި ތިބި މީހުންނާއެކު އެވެ.

އެ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން ވަނީ އޭޖްޑް ކެއާ މޯލްޑްވިސް ކިޔާ ޖަމިއްޔާއަކާ އެކު އިއްޔެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ދޮށީ އުމުރުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެ ޖަމިއްޔާއާއެކު ދައުލަތުން އެއްބަސްވީ ގުރައިދޫ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއި ކުރީ ޖެންޑާ މިނިސްޓަރު، އައިޝަތު މުހައްމަދު ދީދީ އެވެ.

ނަމަވެސް ގުރައިދޫ މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައި ވެއެވެ. އެހެންވެ "ދޮށީ އުމުރުގެ މީހުންނަށް ހާއްސަ އިޖްތިމާއީ މަރުކަޒުތައް" ގާއިމްކޮށްދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.

އެގޮތުން މަންފާ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް އޭޕްރީލް 20، 2019 ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް ބޭނުންވަނީ "ވަސީލަތްތައް ތަނަވަސް" މަރުކަޒެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން، ގުރައިދޫގައި ހުންނަ މަރުކަޒަކީ، ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން. އެއަށްވުރެ ފެންވަރު ރަނގަޅު، އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވޭ. އެފަދަ މަރުކަޒަކުން، އެ އުމުރުގެ މީހުންގެ ހެލްތު ސްކްރީން ހަދައި، ސިއްހީ ހާލަތު ވަޒަން ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ދޮށީ އުމުރުގެ މީހުން ދިރިއުޅޭނެ ހާއްސަ ތަންތަން އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

މިކަމަށް ބޭނުންވާ ފަންޑު އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލޯނުގެ ގޮތުގައި މިހާރު ހަމަޖެހިފައިވާއިރު އެ މަރުކަޒު އަޅާނީ މާލެ އާއި އައްޑޫ ގައެވެ.

ޖެންޑާއިން ބުނާ ގޮތުގައި މި އަހަރުގެ މެދު ތެރޭގައި އެ މަރުކަޒުތަކުގެ ބިންގާ އެޅިގެން ދާނެ އެވެ.

އުމުރުން ދޮށީ މީހުންނަށް އަޅާލުން ނުލިބެގެން 57 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox