ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ބޮޑު ޕެކޭޖެއް، ޖުމްލަ 968.4 މިލިއަން ރުފިޔާ

ޗައިނާ އާއި ރާއްޖެއާ ދެމެދު އިއްޔެ ބައެއް އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއި ކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާ އާއި ރާއްޖެއާ ދެމެދު އިއްޔެ ބައެއް އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއި ކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާއިން ރާއްޖެއަށް ބިލިޔަނެއްހާ ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 62.8 މިލިޔަން ޑޮލަރު (968.4 މިލިޔަން ރުފިޔާ) ދޭނެ އެވެ. ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެއަަށް ދޭ އެ އެހީއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހަރަދުކުރަން ދޭ އެހީއެއް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށްކުރައްވާ ރަސްމީ ދަތުރުފުޅުގައި އެހެން ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރި އެވެ.

Advertisement

އިއްޔެ ސޮއިކުރި އެއްބަސްވުންތައް

  1. ރާއްޖެ/ޗައިނާގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ވިސާއަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް ހެދުމުގެ އެއްބަސްވުން. ޗައިނާއަށް ދާ ދިވެހިންނަށް އެ އެއްބަސްވުމުގެ ދަށުން 30 ދުވަހުގެ ހިލޭ ވިސާ ލިބޭނެ. މި އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން.
  2. އިގްތިސާދީ ގޮތުން އަދި ޓެކްނިކަލީ ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ސޮއި ކުރި އެއްބަސްވުން. ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އެ އެއްބަސްވުން ސަޕޯޓަކަށްވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
  3. މާލެ/ހުޅުމާލެ ބްރިޖުގެ މެއިންޓެނަންސް ކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ ލެޓާ އޮފް އެކްސްޗޭންޖް
  4. ފެން އުފައްދާ ޕްލާންޓުތަކެއް ބެހެއްޓުމަށް މީގެ ކުރިން ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ސަޕްލިމަންޓްރީ އެއްބަސްވުން.
  5. ހޮސްޕިޓަލް އެސިސްޓެންސް ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމުގެ އެއްބަސްވުން.

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވާން ޔީ އާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިިއްޔެ ވިދާޅުވީ މިދިޔަ ފަންސާހަަކަށް އަހަރުގެ ތެރޭގައި ވެސް ޗައިނާއަކީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުުން ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓޫރިޒަމާއި މީހުން ބިނާކުުރުމުގެ ދާއިރާއިން އެގައުމުން ރާއްޖެއަށް ގިނަ އެހީތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޝީޖިންޕިންގެ ލީޑަޝިޕްގެ ދަށުން ރާއްޖެއާއި ޗައިނާގެ ގުޅުން އާ އުސްމިންތަކަށް ދާނެ ކަމާ މެދު އަަޅުގަނޑު ޝައްކެއް ނުކުރަން،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox