ރާއްޖެއަށް ހިލޭ ވެކްސިން ދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި

ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ: އެގައުމުން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ދިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ: އެގައުމުން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ދިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑްގެ ބަލިމަޑުކަމުން ދިފާއުވާން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ވެކްސިން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާން ޔީ ދެއްވައިފި އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަހާ ދެކޮޅަށް ބޭސް އުފެއްދުމުގެ މަސައްކަތް ވެސް އެ ގައުމުން ކުރަމުންދާކަން ފާހަގަކުރަމުން، ދެ ގައުމުގެ ފޮރިން މިނިސްޓަރު އެކުގައި ދިން ޖޮންއިންޓް ޕްރެސް ކޮންފަރެންސްގައި ވާން ޔީ ވަނީ މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭތީ، ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މަޝްވަރާ ކުރެއްވުމަށް ވާން ޔީ ކުރެއްވި މި ދަތުރުގައި އޭނާ ވަނީ ރާއްޖެއަށް އެ ގައުމުން އުފައްދާ ސިނޮފާމް ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަރާތުން ބޭނުންވާ ކަންކަމުގެ އިތުރުން، އެ ބަލިމަޑުކަމާއި ދެކޮޅަށް ބޭނުންވާ އެންމެހާ ސާމާނާއި، ވެކްސިން ދިނުމަށް ޗައިނާއިން މަސައްކަތް ކުރާނަން," ވާން ޔީ ވިދާޅުވި އެވެ.

ދެ ގައުމުގެ ހާރިޖީ ވަޒީރުން އެކުގައި ދިން ޕްރެސް ސްޓޭޓްމެންޓް ދެނިކޮށް -- ފޮޓޯ: ފޮރިން މިނިސްޓްރީ
ދެ ގައުމުގެ ހާރިޖީ ވަޒީރުން އެކުގައި ދިން ޕްރެސް ސްޓޭޓްމެންޓް ދެނިކޮށް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދެ ގައުމުގެ ހާރިޖީ ވަޒީރުން އެކުގައި ޕްރެސް ސްޓޭޓްމެންޓް ދެނިކޮށް -- ފޮޓޯ: ފޮރިން މިނިސްޓްރީ

މީގެ ކުރިންވެސް ޗައިނާއިން ދެ ލައްކަ ވެކްސިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުގައި ދެއްވި ދައުވަތަކަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ކުރެއްވި މި ދަތުރުގައި އޭނާ ވަނީ ޗައިނާއިން ރާއްޖެއަށް ކޮށްދިން ގިނަ ކަންކަން ފާހަގަކުރެއްވުމަށްފަހު، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފަސް ދާއިރާއެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އޭގެ ތެރޭގައި ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލާ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ އެއްބަސްވުމަކާއި، ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް ހިންގުމުގެ އެއްބަސްވުމަކާއި، އެގައުމުން އެޅި ސިނަމާލެ ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމެއްގެ އިތުރުން ސާފު ބޯފެން ލިބޭނެ ނިޒާމެއް ރާއްޖޭގެ ފަސް ރަށެއްގައި ގާއިމް ކޮށްދިނުމަށް އެއްބަސްވި އެވެ. އަދި ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭންވެސް ނިންމި އެވެ.

ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ގުޅުމަށް 50 އަހަރު ފުރޭތީ، ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް މި ދަތުރުގައި ވަނީ ހާއްސަ ލޯގޯއެއް ވެސް އިފްތިތާހްކޮށްފަ އެވެ. ވާން ޔީ ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ނަމޫނާ ހާރިޖީ ގުޅުމެއް ކަމަށެވެ.

"އުންމީދާއި، ފާގަތިކަމާއި، އުފާވެރިކަމުގެ އެއް މިސްރާބަކަށް އަޅުގަނޑުމެން މިސްރާބު ޖަހަން މި ފަށަނީ." ޗައިނާ-ރާއްޖެ ގުޅުމަށް ބައިގަރުނު ފުރޭތީ، އެކަމުގެ އުފަލުގައި ވާން ޔީ ވިދާޅުވި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުގެ ތެރޭ އިއްޔެ އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހާއި ބައްދަލު ކުރައްވަނިކޮށް --ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހާއި ބައްދަލު ކުރައްވަނިކޮށް --ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހާއި ބައްދަލު ކުރައްވަނިކޮށް --ފޮޓޯ: ރައީސް އޮފީސް

އެންމެ ފަހުން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައި ގަތީ އޮގަސްޓް 2016 އަހަރު އެވެ. އެއީ ކެންޔާއަށް ވަޑައިގަތް މަގުމަތީގައި ރާއްޖޭގައި ޓްރާންސިޓް ކުރައްވަމުންނެވެ. އެއީ ނުރަސްމީ ދަތުރެއް ކަމުގައި ވީނަމަވެސް އޭރުގެ ސަރުކާރުގެ އިސްވެރިން އޭނާއާ ބައްދަލުކުރެއްވި އެވެ.

ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ރައީސް ޔާމީން ބައްޓަން ކުރެއްވީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެ އޮވެ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގީ އެގައުމުގެ އެހީތެރިކަމާއެކު އެވެ. އޭގެ ތެރޭގައި ހިޔާ މަޝްރޫއާއި ސިނަމާލެ ބްރިޖް މަޝްރޫއު ފާހަގަކޮށްލެވެ އެވެ. އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން މިކަން ސިފަކުރީ ޗައިނާގެ މަގްސަދަކީ ރާއްޖެ "ދަރަނީގެ ދަންތުރައެއް"ގައި ޖެއްސުން ކަމަށެވެ.

ކުރީގެ ރައީީސް އަބްދުﷲ ޔާމީން، ޗައިނާގެ ރައީސްއާ ސަލާންކުރައްވަނިކޮށް: ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެ އޮވެ -- ފޮޓޯ: ދައުލަތުގެ މީޑިޔާ
ކުރީގެ ރައީީސް އަބްދުﷲ ޔާމީން، ޗައިނާގެ ރައީސްއާ ސަލާންކުރައްވަނިކޮށް: ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެ އޮވެ -- ފޮޓޯ: ދައުލަތުގެ މީޑިޔާ

ކުރީގެ ރައީީސް އަބްދުﷲ ޔާމީން، ޗައިނާގެ ރައީސްއާ ސަލާންކުރައްވަނިކޮށް: ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެ އޮވެ -- ފޮޓޯ: ދައުލަތުގެ މީޑިޔާ

ޗައިނާއަށް މި ސަރުކާރުގެ އިސްވެރިންގެ ފާޑުކިޔުން އޭރު އަމާޒުވެފައިވާއިރު، އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރު ވެރިކަމަށް އައުމާއެކު ފެނިގެން ދިޔައީ އުމްރާނީ ތައްގީގެ ގިނަ މަަޝްރޫއުތައް ޗައިނާއާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ އިންޑިއާ ހަވާލުކޮށް، އެ ގައުމާއެކު ގާތް ގުޅުމެއް ބާއްވަމުންދާ މަންޒަރެކެވެ.

ކުރީ ސަރުކާރުން އިންޑިއާއެކު ހާރިޖީ ގުޅުން މާބޮޑަށް ބަދަހުކުރަން މަސައްކަތް ނުކުރި ގޮތަށް މި ސަރުކާރުން ފެންނަނީ ޗައިނާއާއެކު މާ ބޮޑު ގާތް ގުޅުމެއް ނުބާއްވާ ތަނެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox