އިންޑިއާއަށްދާ މީހުން ހަތް ދުވަހު ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސައިފި

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރިން މީހަކު ހިނގާފައި ދަނީ: އޮމިކްރޯންއާ ގުޅިގެން އިންޑިއާއަށް އެތެރެވާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތައް އެ ގައުމުން ވަނީ އިތުރަށް ހަރުކަށިކޮށްފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރިން މީހަކު ހިނގާފައި ދަނީ: އޮމިކްރޯންއާ ގުޅިގެން އިންޑިއާއަށް އެތެރެވާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތައް އެ ގައުމުން ވަނީ އިތުރަށް ހަރުކަށިކޮށްފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އަވަށްޓެރި އިންޑިއާއަށް އަންނަ އަންގާރަ ދުވަހުން ފެށިގެން އެތެރެވާ މީހުން ހަތް ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

ރާއްޖެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއަންޓުގެ ގޮތުގައި ސިފަކޮށްފައިވާ އޮމިކްރޯން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ.

މިގޮތުން، އަންގާރަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް ހަތް ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، އިންޑިއާއަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު، އެކަމަށް ތައްޔާރުކޮށްފައިވާ "އެއާ ސުވިދާ" ޕޯޓަލަށް ހުށަހަޅަންޖެހެ އެވެ.

"ހަތް ދުވަހުގެ ކަރަންޓީނަށްފަހު އަށް ވަނަ ދުވަހު ހައްދާ ކޮވިޑް ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން ގެއިން ނުކުމެވުނަސް، އިތުރު ހަތް ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލައަށް މޮނިޓާ ކުރަމުން ދާންޖެހޭނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ދެ ޕަސަންޓް މީހުން ރެންޑަމްކޮށް އެއާޕޯޓުގައި ޓެސްޓްކުރާ ގޮތަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އިންޑިއާއަށް ދަތުރުކުރާ ފަސް އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު އަށް ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެ އެވެ. އެކަމަކު ކުޑަކުދިން ވެސް އިންޑިއާއަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން، މި ފިޔަޅުތަކާ ގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދަތުރުކުރަން ގަސްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެ އެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެ އޮފީހުން އެދެ އެވެ.

"މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާރު ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓް އިންޑިއާ އިން ފެނުނީ މީގެ ފަސް ހަފުތާ ކުރިންނެވެ. ސިއްހީ ތަޖުރިބާކާރުން ބުނީ މީހުން ގިނައިން ދިރިއުޅޭ ބޮޑެތި ސިޓީތަކުގައި އެ ވޭރިއެންޓާ ގުޅިގެން ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށެވެ.

ބުރާސްފަތި ދުވަހު އިންޑިއާ އިން 90،000 އަށް ވުރެ ގިނަ ކޮވިޑްގެ ކޭސް ރިޕޯޓު ކުރި އެވެ. އެގޮތުން މުމްބާއީ އިން ވަނީ ރިކޯޑް އަދަދެއްގެ ކޭސް ރިޕޯޓުކޮށްފަ އެވެ. އަދި ވެރިރަށް ނިއު ދިއްލީގައި މި ހަފުތާ ބަންދުގައި ލޮކްޑައުން ތަންފީޒު ކުރަން ނިންމާފައި ވާއިރު، ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ގެތަކުން ނުކުތުން މަނާވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox