ބާސެލޯނާ އަށް މޮޅެއް ނުވެވުނު، ރެއާލުން އެއް ވަނައިގައި ލީޑުފުޅާކޮށްފި

Jan 9, 2022, 3:46 AM
ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖެނުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އާއި ބާސެލޯނާ 1-1 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން 4-1 އިން ވެލެންސިއާ ބަލިކޮށް ލީގު އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ރެއާލް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 21 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 19 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ރޭ ވަނީ ސެލްޓަ ވިގޯ 1-0 އިން ބަލިކޮށް 20 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ފަސް ވަނައިގައި އޮތީ 19 މެޗުން 32 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި ބާސެލޯނާ އޮތީ 20 މެޗުން 32 ޕޮއިންޓާ އެކު އެވެ.

ގްރަނާޑާ ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަަނަ މިނިޓްގައި ބާސެލޯނާގެ ލޫކް ޑި ޔޯން ގޯލެއް ޖަހައި އެ ޓީމަށް ކުރިހޯދައިދިން ނަމަވެސް އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެެވެ. ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގަ އެެވެ. މި ފަހަރު ޑި ޔޯން ބޮލުން ޖެހި ގޯލު ބަލައިގަތެވެ.

ޑި ޔޯން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އަށް މައްސަލަ ދިމާވީ މެޗުގެ 79 ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު ގަވީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ބާސެލޯނާގެ ކުޅުންތެރިއަކު މަދުވިތާ 10 މިނިޓް ފަހުން، މެޗުގެ ފަހު މިނިޓްގައި ގްރަނާޑާގެ އެންޓޯނިއޯ ޕުއެޓާސް ވަނީ އެ ޓީމަށް ނަތީޖާ ހަމަަހަމަކޮށްދީފަ އެވެ. އިތުރު ވަގުތުގައި ގްރަނާޑާގެ އެންހެލް މޮންޓޯރޯ އެ ޓީމު މޮޅުކޮށްދޭން ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް ލީޑުނަގަައިދޭން މެޗުގެ 39 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން ކަސެމީރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކަރިމް ބެންޒެމާ ރެއާލަށް ލީޑުނަގައިިދިނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ބެންޒެމާ ބައިވެރިވި އެޓޭކެއްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ރެއާލްގެ ތިން ވަަނަ ގޯލު ޖެހީ ވެސް ވިނީޝިއުސް އެވެ. އޭނާ މި ގޯލު ޖެހީ ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ޝޮޓެއް ދިފާއުކުރަން ވެލެންސިއާ ކީޕަރު ޔެސްޕާ ސިލިސަން އަތުން ޖެއްސި ބޯޅަ ރީބައުންސް ވެގެން އައި ވަގުތު އެވެ.

ވެލެންސިއާ އަށް ގޯލެއް ޖަހައިދޭން، ދެ ވަނަ ހާފުގައި، ޑެނިއަލް ވާސް ޖެހި ބާރު ޝޮޓް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެެވެ. ވެލެންސިއާ އިން ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. ގޮންކާލޯ ގުއޭޑޭޝް ޖެހި ޕެނަލްޓީ ކީޕަރު ކޯޓުއާ މަތަކުރި ނަމަވެސް ރީބައުންސް ވެގެން އައި ބޯޅަ ގުއޭޑޭޝް ވަނީ ބޮލުން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި އޭރިއާތެރެއިން ބެންޒެމާ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި، މެޗުން މޮޅުކޮށްދީފަ އެވެ. މި މެޗުގެ ގޯލުތަކާ އެކު ބެންޒެމާ ވަނީ ރެއާލަށް ކުޅެދިން 584 މެޗުން 301 ގޯލު ޖަހައިފަ އެވެ. ރެއާލަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ 450 ގޯލާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. ދެން ބެންޒެމާ އަށް ވުރެ ގިނައިން ރެއާލަށް ގޯލު ޖަހައިދިނީ 308 ގޯލު ޖެހި އަލްފްރެޑޯ ޑި ސްޓެފާނޯ އާއި 323 ގޯލު ޖެހި ރައުލް ގޮންޒާލޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox