ރާޝިދުގެ ކެމްޕޭނަށް ރައީސް ކޮމަންޑޫގައި، ފޯރިގަދަ ކެމްޕޭނެއް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް ކޮމަންޑުއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ ބަޔަކު ރައީސް މަރުހަބާ ކިޔަނީ. ފޮޓޯ: ހުސައިން އަރުބާން/އަދަދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް ކޮމަންޑުއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ ބަޔަކު ރައީސް މަރުހަބާ ކިޔަނީ. ފޮޓޯ: ހުސައިން އަރުބާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑުއަށް މިއަދު ވަޑައިގެންފި އެވެ.

ކޮމަންޑުއަށް ރައީސް މިއަދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެމްޑީއަށް ތާއީދުކުރާ އެރަށުގެ ގިނަ ބަޔަކު ބަނދަރަށް ނުކުތެވެ. އެކަމަކު ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ވަގުތަކަަށް ވާތީ ސަޕޯޓަރުންނާ އެމަނިކުފާނު އަތްޕުޅު ޖޯޑްކުރައްވައި ސަލާމެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ކުރެއްވީ އިޝާރާތެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ވަޑައިގެން ހުންނެވީ އެރަށުގައި
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ވަޑައިގެން ހުންނެވީ އެރަށުގައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ވަޑައިގެން ހުންނެވީ އެރަށުގައި

ރައީސް އަރިހުގައި ކޮމަންޑުއަށް ވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރާއްޖެ ޓީވީގެ ލައިވްކަވަރޭޖްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރައްވާނެކަން، މިރޭ އެރަށުގައި ބާއްވާ ޖަލްސާއިން ފެންނާނެ ކަމަށެވެ. ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީއަށް އަބަދުވެސް ބޮޑު ތާއީދެއް އޮންނަ ދާއިރާއެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރޭ އިރާދަކުރެއްވިއްޔާ ޖަލްސާއިން ފެނިގެންދާނެ، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބަށް ވާދަކުރައްވާ އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް މިއީ، އެ ބޭބޭފުޅުން އަޅުގަނޑުމެންނަށް މިކަން މިހާރު ހަވާލުކޮށް މިދާއިރާގެ ރައްޔިތުން ނިންމާފައި އޮތް ކަމެއްކަން،" ޝިފާޒް ވިދާޅުވި އެވެ.

އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިހާބުގައި ރާޝިދަށް ލިބުނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ދެވަނަ ނަމްބަރު ލިބުނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު، މޫސާ ފަތުހީއަށެވެ. ތިންވަނަ ކެންޑިޑޭޓަކީ މިދިޔަ އަހަރު ތެރޭގައި އުފެއްދި އެމްއެންޕީގެ އަބްދުލް ހަންނާނު އިދުރީސް އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރު ވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox