ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ: ވަޑައިގެންނެވީ ޗައިނާ ސަރުކާރުގެ އިސް ވަފުދަކާއެކު -- ފޮޓޯ: އޭޝިޔަން ޓެރެގްރާފް

ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ: ވަޑައިގެންނެވީ ޗައިނާ ސަރުކާރުގެ އިސް ވަފުދަކާއެކު -- ފޮޓޯ: އޭޝިޔަން ޓެރެގްރާފް

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ވާން ޔީ މީގެ ކުޑަ އިރުކޮޅެއް ކުރިން ރާއްޖެއަށް ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން އެމެރިކާގައި ހުންނެވުމަށް ފަހު ޝާހިދުވެސް އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ މިއަދު އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންޔީ ރާއްޖެއަށް ވަޑައިގެންވުމުން ފޮރިން  މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ވިދާޅުވަނީ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންޔީ ރާއްޖެއަށް ވަޑައިގެންވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ވިދާޅުވަނީ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންޔީ ރާއްޖެއަށް ވަޑައިގެންވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ވިދާޅުވަނީ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާން ޔީ އަށް ރަސްމީކޮށް މަރުހަބާ ވިދާޅުވުން އޮންނާނީ ފޮރިން މިނިސްޓްރީގައި މާދަމާ އެވެ. އޭގެ ފަހުން ދެގައުމުގެ ރަސްމީ ވާހަކަތައް ވެސް އޮންނާނެ އެވެ.

ވާން ޔީގެ ދަތުރުފުޅުގައި އޭނާއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ގުޅިފައިވާ ބަޔާނެއް ވެސް މާދަމާ ދެއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ދެގައުމުން ސޮއިކުރަން ހަމަޖެހިފައިވާ އެމްއޯޔޫތަކުގައި ސޮއިކުރުން އޮންނާނީ އޭގެ ފަހުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އަދި އެގައުމަކީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް ހިލޭ އެހީއާއި ލޯނު ދެމުން އަންނަ ގައުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox