މަގުމަތީ ބާޒާރު ބޭއްވުމަށް އަލުން ހުއްދަ ދިނުމުން އެޗްޕީއޭއަށް ފާޑުކިޔުން އަމާޒުވެއްޖެ

މާލޭގައި ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރުގެ ތެރެއިން: އެ ހަރަކާތްތައް ކުރިއަށްގެންދިޔައީ މާސްކު އެޅުމާއި ގައި ދުރުކުރުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރުގެ ތެރެއިން: އެ ހަރަކާތްތައް ކުރިއަށްގެންދިޔައީ މާސްކު އެޅުމާއި ގައި ދުރުކުރުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެގެން މަގުމަތީ ބާޒާތު ހުއްޓުވައި، އެފަދަ އެހެން ހަރަކާތްތައް ވެސް ނުބާއްވަން އެންގިތާ 24 ގަޑި އިރު ވެސް ނުވަނީ އެ ނިންމުން ބަދަލުކުރުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރަސްފަންނު ސަރަހައްދުގައި މިދިޔަ ޑިސެމްބަރު 26، އިން ފެށިގެން ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، "މިއަދުން ފެށިގެން ނޯންނާނެ" ކަމަށް މާލޭ ސިޓީ ކައުންސިލުން ބުދަ ދުވަހުގެ ރޭގެ 11:37 ގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އެމަކު ބުދަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބުނީ މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން އެ ކައުންސިލަށް އަލުން ދީފައިވާ ކަމަށެވެ. މަގުމަތީ ބާޒާރު އަލުން ފަށަން ނިންމި ސަބަބެއް ކަމަށް ކައުންސިލުން ބުނީ ގިނަ ބަޔަކު އެކަމަށް އެދުމެވެ.

މަގުމަތީ ބާޒާރުތައް ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އޮތީ ކުރިން ވެސް ލަފާ ދީފަ އެވެ. ބާޒާރު ބޭއްވުން މަނާ ކުރީ މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ އަމަލު ކުރަންޖެހޭ ލާޒިމު އުސޫލުތަކަށް ނުބަލައި އެ ހަރަކާތް ކުރިއަށްގެންދާތީ އެވެ.

އަލުން ފަށާއިރު ބާޒާރުގައި ވިޔަފާރި ކުރެވޭނީ އާންމު ފިހާރަތަކުން ވެސް ވިޔަފާރި ކުރެވޭ އުސޫލުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް މަގުމަތީ ބާޒާރެއްގައި އެފަދަ އުސޫލުތަކެއް ހިފަހައްޓާނީ ކިހިނެއްތޯ ސިޓީ ކައުންސިލުން ބުނެފައެއް ނުވެ އެވެ. އަދި އެތަނަށްދާ އާންމުން އަމަލު ކުރަންޖެހޭ އުސޫލެއް އާންމުކޮށްފައެއް ވެސް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކީ ބައެއް މީހުން ބުނީ، އެ ނިންމުމުގެ ސަބަބުން އެޗްޕީއޭ "ޖޯކަކަށް ވެއްޖެ" ކަަމަށެވެ. "އުގުޅޭ ބާޒާރު ގައިދުރުކުރާނީ ކިހިނެތްތޯ" ވެސް ބައެއް މީހުން ސުވާލުކުރި އެވެ.

ނައިޓް މާކެޓަކީ ވަރަށް ބޮޑަށް ތޮއްޖެހި، އެކަކު އަނެކެއްގެ ގައިގާ ޖެހޭ ގޮތަށް މީހުން ހަރަކާތްތެރިވާ ބާޒާރަކަށް ވާތީ ޒަމާނުއް ސުރެ، އެ ހަރަކާތް މަޝްހޫރުވެފައި އޮންނަނީ އުނގުޅޭ ބާޒާރުގެ ނަމުންނެވެ.

"އުނގުޅޭ ބާޒާރު ކިޔަނީ ކަމެއް ވީމާ" ނައިޓްމާކެޓް ބާއްވަން އަލުން ހުއްދަ ދޭން ނިންމި ނިންމުމަށް ފާޑުކިޔަމުން އެހެން ޒުވާނަކު ބުންޏެވެ.

ނައިޓް މާކެޓް ބާއްވަން އަނެއްކާވެސް ހުއްދަ ދީފައިވާއިރު، މި މަސް ފެށުނު ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. މި ވަގުތު ކޭސްތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، މި މަހުގެ ތެރޭގައި 1300 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އިއްޔެ ވެސް 300 އިން މައްޗަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވާއިރު، މާލެ ސަރަހައްދުން 136 ކޭސް ރިޕޯޓް ކުރި އެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ މާސްކް އެޅުން މަޖުބޫރުކޮށް، މާސްކް ނާޅާ އާންމުން ނުކުމެ އުޅޭ ތަންތަނަށް ނުކުންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox