މިލާނުން ފަރަގުކުޑަކޮށްފި، ނަޕޯލީ އާއި ޔުވެންޓަސް އެއްވަރު

Jan 7, 2022, 4:02 AM
ޔުވެންޓަސްގެ ކިއޭސާ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކިއޭސާ ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (ޖެނުއަރީ 7) - އިޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 3-1 އިން މޮޅުވެ، އޭސީ މިލާނުން ލީގުގެ އެއް ވަަނައިގައި އޮތް އިންޓަ މިލާނާ ދެމެދު ޕޮއިންޓުގެ ފަރަގުކުޑަކުރިއިރު، ޔުވެންޓަސް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 1-1 އިން ނަޕޯލީއާ އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުތަކަށް ފަހު އެއް ވަނައިގައި އޮތް އިންޓަ މިލާނާއި ދެ ވަނައިގައި އޮތް އޭސީ މިލާންގެ ދެމެދުގައި އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. އިންޓަ އަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، މިލާނުން ވަނީ 20 މެޗު ކުޅެގެން 45 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަަނައިގައި ނަޕޯލީ އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 19 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި ޔުވެންޓަސް އޮތީ 20 މެޗުން 35 ޕޮއިންޓާ އެކު އެވެ.

އިންޓަ އިން ރޭ މިރޭ ބޮލޯނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލްކޮށްލީ، ބޮލޯނިއާ ޓީމު ތެރޭގައި ކޮވިޑް ހާލަތު ގޯސްވެފައިވާތީ އެވެ. އެ މެޗު ހިމެނޭގޮތަށް އިތުރު ތިން މެޗެއް ރޭ ވަނީ ފަހު ވަގުތު ކޮވިޑްގެ ހާލަތާ ހެދި ފަސްކޮށްފަ އެވެ. އެއީ ފިއޮރެންޓީނާ އާއި އުދިނޭޒީގެ މެޗާއި ސަލެނިޓާނާ އާއި ވެނެޒިއާގެ މެޗުގެ އިތުރުން އެޓަލަންޓާ އާއި ޓޮރީނޯގެ މެޗެވެ.

މިލާން ދަނޑުގައި ހޯސޭ މޮރީނިއޯގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި މިލާނަށް އަށް ވަނަ މިނިޓްގައި ލީޑުނަަގައިިދިނީ ޕެނަލްޓީ އަކުން އޮލިވިއޭ ޖިރޫ އެވެ. މިއީ މިލާންގެ ތިއޯ ހެނާންޑޭޒް ޖެހި ޝޮޓެއް ރޯމާގެ ޓެމީ އަބްރަހަމް އަތުގައި ޖެހުނު ކަަމަށް ނިންމައި، ދިން ޕެނަލްޓީ އަކުން ޖިރޫ ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ލަނޑު ޖެހުމަށް ފަހު މިލާންގެ ލެއާއޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޗުގެ 17 ވަނަ މިނިޓްގައި މިލާންގެ ދެ ވަނަ ގޯލު ޖެހީ ޖޫނިއާ މެސިއަސް އެވެ. ޖިރޫ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މެސިއަސް ވަނީ އޭރިއާތެެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނިޓްގައި ރޯމާގެ ލޮރެންޒޯ ޕެލެގްރީނީ ތަނަވަސްކުރި ފުރުސަތެއްގައި ޓެމީ އަބްރަހަމް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ނަތީޖާ ހަަމަހަމަކުރަން އަބްރަހަމް ޖެހި ބޯޅަ މިލާން ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފަ އެވެ.

ރޯމާގެ ރިކް ކާސްޑޯޕަށް މެޗުގެ 74 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. ރޯމާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 81 ވަނަ މިނިޓްގައި މިލާންގެ ޕޯޗުގީސް ކުޅުންތެރިޔާ ރަފައެލް ލެއާއޯ ވަނީ އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. ރޯމާ އިން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޖިއަންލޫކާ މަންޗިނީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ 23 ވަނަ މިނިޓްގައި މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުން ނަޕޯލީ އަށް ލީޑުނަގައިދިނީ ޑްރީސް މާޓެންސް އެވެ. ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާ ޖެހި ބޯޅަ ނަޕޯލީގެ ޑިފެންޑަރަކު ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

މެޗުން މޮޅުވާން ނަޕޯލީގެ މާޓެންސް ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި އޭރިއާބޭރުން ޖެހި ބޯޅަ ހުއްޓުވީ ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތު ހަމަވެ، ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޑިބާލާ ޖެހި ހިލޭ ޖެހުން ކޯނަރަކަށް ބޭރުވިއިރު، އެ ކޯނަރު ނަގަން ފުރުސަތު ނުދީ ރެފްރީ ސިމޯން ސޯޒާ ނިންމީ މެޗު ނިންމާލާށެެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހި ޔުވެންޓަސް ކުޅުންތެރިން އެޕީލްކުރި ވަގުތު ރެފްރީ ސޯޒާ ވަނީ ޑިބާލާ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox