ކޭސްތައް އިތުރުވާތީ މާސްކު އެޅުން ހަރުކަށިކޮށް، ނާޅާ މީހުނަށް ފިޔަވަޅު އަޅަނީ

މާކެ މަގުމަތި: މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފެށުމަށް ވަނީ އަންގާފައި-- ފޯޓޯ: ހުސެން ޝަޔާހު/ އަދަދު

މާކެ މަގުމަތި: މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފެށުމަށް ވަނީ އަންގާފައި-- ފޯޓޯ: ހުސެން ޝަޔާހު/ އަދަދު

ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ، ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރުކޮށް، މާސްކު ނާޅާނަމަ ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފި އެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އޮމިކްރޮންގެ ރިސްކް އެސެސްމެންޓަށް ބެލުމަށްފަހު، އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަން ބޭއްވި ބައްދަލުވުމަށް ފަހު، ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައި ފުލުހުންނަށް ރައީސް އޮފީހުން ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި ދުވާލަކު 3،000 މީހުންނަށް ބޫސްޓަ ޑޯޒް ދިނުމަށްޓަކައި ފުލުހުންގެ އާއިލާތަކަށް ބޫސްޓަ ޑޯޒް ޖެހޭގޮތަށް ހަމަޖެއްސުމާއި ފުލުހުންގެ ލެބޯޓަރީގައި ކޮވިޑަށް ޓެސްޓު ހަދަން ފެށުން ހިމެނެ އެވެ.

މީގެ އިތުރުން ހުރިހާ ރަށްރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް މާސްކް އަޅައިތޯ ބެލުމަށްވެސް ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ގޯސްވަމުން ދާއިރު ޕޮޒިޓިވްވާ މީހުންގެ ނަންބަރު 200 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފަ އެވެ.

އެއާއެކު މަގުމަތީ ބާޒާރު ފަދަ ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،734 މީހުންނެވެ. މިހާތަނަށް 93،736 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox