މި އަހަރު ރިލީޒްކުރާ ބޮލީވުޑްގެ ބޮޑެތި ފިލްމުތައް

Jan 14, 2022, 2:07 AM
މި އަހަރު ރިލީޒްކުރާ ބޮލީވުޑްގެ ބޮޑެތި ފިލްމުތައް

ސޫރްޔަވަންޝީގެ ބޮޑު ކާމިޔާބަށް ފަހު ބޮލީވުޑް އޮތީ މިއަހަރުވެސް ހިތްގައިމު ރީތި ފިލްމުތަކަށް މަރުހަބާ ކިޔުމަށް ތައްޔާރުގަ އެވެ. މިއަހަރު ލިބޭ އެންމެ އުފާވެރި ހަބަރަކީ މި ފާއިތުވި ދުވަސްތަކުގައި ފިލްމީ މަސައްކަތާއި ތަންކޮޅެއް ދުރުގައި ތިބި ހުނަރުވެރިންގެ އާ މަސައްކަތްތަކެއް ފެނިގެންދާނެ ކަމެވެ. އަދި ދިގު އިންތިޒާރެއް ކުރެވެމުން އައި ގިނަ ފިލްމުތަކެއް ވެސް މި އަހަރު ރިލީޒްކުރެވިގެންދާނެ ކަމަށްވެސް ބެލެވެ އެވެ. ލިސްޓައިގެން ކުރިއަށް ދަމާ ހެއްޔެވެ.

ރާދޭ ޝާމްގެ ޕޯސްޓަރެއް--
ރާދޭ ޝާމްގެ ޕޯސްޓަރެއް--

ރާދޭ ޝާމްގެ ޕޯސްޓަރެއް

ރާދޭ ޝާމް

މިއީ 1970 ގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ފިލްމެކެވެ. ޕްރަބާސް އާއި ޕޫޖާ ހެޖް ލީޑް ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ޕްލޮޓް ބިނާވެފައި އޮންނަނީ އެ ދުވަސްވަރުގެ ޔޫރަޕަށެވެ. ފިލްމުގެ ލަވަތަކަށް މިހާރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ޖުމްލަ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން ތައްޔާރު ކުރި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 14ގަ އެވެ.

ޕްރިތްވީރާޖް

ހިންދޫ ރަސްކަލެއް ކަމުގައިވާ ޕްރިތްވިރާޖް ޗޯހަންގެ ދިރިއުޅުމުގެ މައްޗަށް ބިނާކުރާ މި ފިލްމަކީ ޖެނުއަރީ 21 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ހިސްޓޯރިކަލް އެކްޝަނެއް ކަމުގައިވާ މި ފިލްމުގެ ލީޑުން ފެނިގެންދަނީ އަކްޝޭ ކުމާރު އެވެ. ސަންޖޭ ޑަޓްއާއި, ސޯނު ސޫދްގެ އިތުރުން މަނޫޝީ ޗިލާވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

ގެހެރާއިޔާންގެ ޕޯސްޓަރެއް--
ގެހެރާއިޔާންގެ ޕޯސްޓަރެއް--

ގެހެރާއިޔާންގެ ޕޯސްޓަރެއް

ގެހެރާއިޔާން

އެމޭޒަން ޕްރައިމްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ގެހެރާއިޔާން" އަކީ އެންމެ ގިނަބަޔަކު މިހާރު އިންތިޒާރުކުރާ އެއް ފިލްމެވެ. ޑީޕިކާ ޕަޑުކޯންއާއި, ސިދާންތް ޗަތުރުވެޑީ އަދި އަނަންންޔާ ޕާންޑޭ ލީޑުން ފެނިގެންދާ މި ފިލްމުގެ ޓީޒާ ފެނި ގިނަބައެއްގެ ސަމާލުކަން ވަނީ ފިލްމަށް ލިބިގެން ގޮސްފަ އެވެ. ފެބްރުއަރީ 11 ގައި ފިލްމް ރިލީޒްކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ގަންގޫބާއީ ކަތިއާވާޑީ

ދޭވްދާސް އިން ފެށިގެން, ރާމްލީލާ, ބަޖިރާއޯ މަސްތާނީ އަދި ރާމްލީލާ ފަދަ ކާމިޔާބު އެތައް ފިލްމެއް އުފެއްދި ކުޅަދާނަ ޑައިރެކްޓަރު, ސަންޖޭ ލީލާ ބަންސާލީ ވެސް އަންނަނީ މި އަހަރު މުޅިން އާ ފިލްމެއް ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ. އިންޑިއާގައި މިވަގުތުހުރި އެންމެ ކުޅަދާނަ އެއް އެކްޓްރެސް ކަމުގައިވާ އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ރިޕޯޓުތައް ބުނާގޮތުން ބަންސާލީ އެންމެ ފުރަތަމަ މަސައްކަތްކުރީ ސަލްމާން ހާން އާއި އާލިއާ ބަޓް އާއިއެކު ލޯބީގެ ފިލްމެއް ތައްޔާރުކުރުމަށެވެ. ނަމަވެސް ސަލްމާންއާ ހުރި ހިޔާލުތަފާތުވުންތަކަކާ ހެދި އެ މަސައްކަތް ހުއްޓި މި ފިލްމުގެ މަސައްކަތް ފެށީ އެވެ. ގަންގޫބާއީ ކަތިއާވާޑީ ރިލީސްކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 18 ގަ އެވެ.

ޝަމްޝޭރާ

މީގެ ހަތަރު އަހަރު ކުރިން ނެރުނު ކާމިޔާބު ބައޯޕިކް "ސަންޖޫ" އަށްފަހު ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާނެ ފުރަތަމަ ފިލްމަކީ މާޗް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޝަމްޝޭރާ" އެވެ. ކަރަން މަލޯޓްރާ ޑައިރެކްޓްކުރާ މި ފިލްމަކީ އިނގިރޭސިންގެ އަތުން މިނިވަންވުމަށް އިންޑިއާގެ ގަބީލާއަކުން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ވާނީ ކަޕޫރާއި ސަންޖޭ ޑަޓް ވެސް ފެނިގެންދާނެ އެވެ. ފިލްމުގެ ޝޫޓިން 2018 ގައި ފެށުނުއިރު ހުރިހާ މަންޒަރެއް ނަގާ ނިމުމަށް ގާތްގަނޑަކަށް ދެ އަހަރު ނެގި އެވެ.

ބޫލް ބުލައްޔާ 2

އަކްޝޭ ކުމާރާއި ވިދްޔާ ބާލަން ނުފެނުނަސް, 2007 ގައި ނެރުނު ބޫލް ބުލައްޔާގެ މި ސީކުއެލްއަކީވެސް ބަލާނުލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ. ކާރްތިކް އާރްޔަންއާ, ޓާބޫ އަދި ކިއާރާ އަދްވާނީ ފެނިގެންދާ މި ފިލްމަކީވެސް ބިރުވެރި ކޮމެޑީތަކަށް ލޯބިކުރާ ފަރާތްތަކަށް ހަމަގައިމުވެސް ކަމުދާނޭ ފިލްމަކަށްވާނެ އެވެ.

ލާލް ސިންގް ޗައްދާ

ތަގްސް އޮފް ހިންދުސްތާން އަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އާމިރު ހާން ފާއިތުވި ތިން އަހަރު ދުވަހު އެންމެ ބުރަކޮށް މަސައްކަތްކުރަމުން އައީ މި އަހަރު ނެރުމަށް މިހާރު ހަމަޖެހިފައިވާ އޭނާގެ ލާލް ސިންގް ޗައްދާ އަށެވެ. ކަރީނާ ކަޕޫރާއި އާމިރު ހާން ގެ ޖޯޑު ފެނިގެންދާ މި ފިލްމަކީ ފޮރެސްޓް ގަމްޕްގެ ރީމޭކް އެކެވެ.

ބްރަހަމަސްޓްރާގެ ފޮޓޯއެއް
ބްރަހަމަސްޓްރާގެ ފޮޓޯއެއް

ބްރަހަމަސްޓްރާގެ ފޮޓޯއެއް

ބްރަހަމަސްޓްރާ

ކަރަންޖޯހަރު ޑައިރެކްޓްކުރާ ބްރަހަމަސްޓްރާއަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެއްކޮށްކުރި ފުރަތަމަ މަސައްކަތެވެ. މި ފިލްމުގެ މަސައްކަތް ފެށިތާ މިހާރު ފަސް އަހަރު ވެފައިވާއިރު އުންމީދުކުރެވެނީ މި އަހަރުގެ ތެރޭ ފިލްމް ބަލާލެވޭ ވަރުވާނެ ކަމަށެވެ. ފިލްމުގައި އަމީތާބް ބައްޗަންވެސް ފެނިގެންދާނެ އެވެ. ސައިންސް ފިކްޝަން ފެންޓަސީ ފިލްމެއްގެ ގޮތުގައި ބެލެވޭ މި ފިލްމް ޑައިރެކްޓް ކުރަނީ ޔޭ ޖަވާނީ ހޭ ދިވާނީގެ ކުޅަދާނަ ޑައިރެކްޓަރު އަޔާން މުކަރްޖީ އެވެ. ފިލްމް ރިލީޒުކުރުމަށް ތާވަލުކުރެވިފައިވަނީ ސެޕްޓެމްބަރު 9 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox