ޗައިނާގެ ހޮސްޕިޓަލަކަށް ނުވެއްދުމުން މަގުމަތީގައި ހުރެ ވިހެއި ދަރިފުޅު މަރުވެއްޖެ

ޒިއާން ސިޓީގައި ހުންނަ ގައޯޒިން ހޮސްޕިޓަލް. -- ފޮޓޯ: ވެއިބޯ

ޒިއާން ސިޓީގައި ހުންނަ ގައޯޒިން ހޮސްޕިޓަލް. -- ފޮޓޯ: ވެއިބޯ

ބެއިޖިން، ޗައިނާ (ޖެނުއަރީ 6) - ޗައިނާގައި ލޮކްޑައުންކޮށްފައިވާ ޒިއާން ސިޓީގެ ހޮސްޕިޓަލަކަށް ނުވެއްދި އަންހެނަކު މަގުމަތީގައި ހުރެ ވިހެއި ދަރިފުޅު މަރުވި މައްސަލައިގައި އޮފިޝަލުންނާ މެދު ފިޔަވަޅު އަޅައިފި އެވެ.

ހޮސްޕިޓަލުން އަންހެން މީހާ ވަންނަން ހުއްދަ ނުދިނީ ކޮވިޑް ޓެސްޓު ނުހަދާ ހުރި ކަމަށް ބުނެ އެވެ. ބަނޑަށް އަށް މަހުގައި ހޮސްޕިޓަލުގެ ބޭރުގައި ހުރެ އޭނާ ވިހެއި ދަރިފުޅު މަރުވި މަންޒަރު ފެންނަ ވީޑިއޯ ވަނީ ވައިރަލްވެފަ އެވެ.

ގާތްގަނޑަކަށް 13 މިލިއަން މީހުން ދިރިއުޅޭ ޒިއާން ސިޓީ ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު ދެ ހަފުތާ ވެއްޖެ އެވެ. ޗައިނާ އިން ގެންގުޅެނީ "ޒީރޯ ކޮވިޑް"ގެ ހަރުކަށި ސިޔާސަތެކެވެ.

Advertisement

މާބަނޑު އަންހެން މީހާ އަށް ދިމާވި ގޮތުގެ ވާހަކަ އާއި ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރީ އޭނާ އަށް ބޮޑުދައިތަ ކިޔާ އަންހެނެކެވެ. ފޮޓޯ އާއި ވީޑިއޯ އިން ފެންނަނީ ހޮސްޕިޓަލުގެ ބޭރުގައި އަންހެން މީހާ ޕްލާސްޓިކް ގޮނޑިއެއްގައި އިންނަ އިރު، ބިންމަތީގައި ވަރަށް ބައިވަރު ލޭ ހުރި މަންޒަރެވެ.

ޖެނުއަރީ އެއް ވަނަ ދުވަހު ޖެހި ޕޯސްޓު، ފަހުން ރިމޫވް ކުރި ނަމަވެސް، އެތައް މިލިއަން ބަޔަކަށް އެ ޕޯސްޓު އޭރު އޮތީ ފެނިފަ އެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފެށި އެވެ.

ޒިއާން ސިޓީގެ ސަރުކާރުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސީ ހިނގީ ޒިއާން ގައޯޒިން ހޮސްޕިޓަލްގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރު ސަސްޕެންޑުކޮށްފައި ވާއިރު، އައުޓްޕޭޝަންޓް ޑިޕާޓްމަންޓުގައި ތިބި ބައެއް އޮފިޝަލުން ވެސް ދަނީ މަގާމުތަކުން ވަކިކުރަމުންނެވެ.

ޒިއާން ސިޓީގެ ހެލްތު ކޮމިޝަނުން ހޮސްޕިޓަލަށް އަންގާފައި ވަނީ އާއްމުންގެ ކިބައިން މައާފަށް އެދުމަށެވެ. އޭގެ އިތުރުން ޒިއާންގެ އެމެޖެންސީ ރެސްޕޯންސް ޓީމުގެ ވެރިޔާ އާއި ހެލްތު ކޮމިޝަނުގެ ޑިރެކްޓަރަށް ވެސް އެ ސިޓީގެ ސަރުކާރުން ވަނީ އިންޒާރު ދީފަ އެވެ.

ޖެނުއަރީ އެއް ވަނަ ދުވަހު އާއްމުވި ޕޯސްޓުގައިވާ ގޮތުން މާބަނޑު އަންހެން މީހާ ހޮސްޕިޓަލަށް ވަންނަން ހުއްދަ ނުދިނީ 48 ގަޑިއިރު ހަމަނުވާ ކޮވިޑަށް ނެގެޓިވް ނަތީޖާއެއް އޭނާގެ އަތުގައި ނެތުމުންނެވެ. އެ އަންހެން މީހާ ހޮސްޕިޓަލްގެ ބޭރުގައި ދެ ގަޑިއިރު ހޭދަކުރި އެވެ.

ޕޯސްޓުގައިވާ ގޮތުން އަންހެން މީހާގެ އަތުގައި ނެގެޓިވް ނަތީޖާއެއް އޮތް ނަމަވެސް، އޭރު އޭގެ މުއްދަތު ހަމަވިތާ ދެ ތިން ގަޑިއިރު ވެދާނެ އެވެ.

އެހެން ގައުމުތަކާ އަޅާ ބަލާއިރު، ޗައިނާގެ ކޮވިޑް ކޭސްތައް އުޅެނީ ވަރަށް މަދުންނެވެ. ނަމަވެސް މިހާރު ފެންނަ ކޭސްތަކުގެ އަދަދު ވަނީ މާޗް 2020 ވަނަ އަހަރަށް ފަހު މަތިނުވާ ވަރަށް މަތިވެފަ އެވެ.

ބުރާސްފަތި ދުވަހު މުޅި ޗައިނާ އިން 189 ކޭސް ފެނުނު އިރު، އޭގެ ތެރެއިން 63 ކޭސް ރިޕޯޓު ކުރީ ޒިއާން ސިޓީ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox