ހުއްދަ ނެތް މައްސަލައިގައި ސްޓާލިންކުން އިންޑިއާގައި ރީފަންޑުކޮށްދޭން ފަށައިފި

ޖެނުއަރީ މަސް ނިމުމުގެ ކުރިން ސްޓާލިންކުން އިންޑިއާގައި ލައިސެންސަށް އެދި ހުށަހަޅާނެ.

ޖެނުއަރީ މަސް ނިމުމުގެ ކުރިން ސްޓާލިންކުން އިންޑިއާގައި ލައިސެންސަށް އެދި ހުށަހަޅާނެ.

އިންޑިއާގައި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދޭން ލައިސެންސް ހޯދާފައި ނުވާ މައްސަލައިގައި އެލޮން މަސްކްގެ ސްޓާލިންކް އިން ޕްރީބުކިން ހެދި ކަސްޓަމަރުންނަށް ރީފަންޑުކޮށްދޭން ފަށައިފި އެވެ.

ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓުތަކުގެ އެހީގައި ހިދުމަތް ފޯރުކޮށްދޭން ސްޓާލިންކުން މަސައްކަތް ކުރަމުން ދާއިރު، އިންޑިއާގެ 7000 އެއްހާ މީހުން ޕްރީބުކިން ހަދާފައި ވެ އެވެ.

އެ ފަރާތްތަކުގެ އަތުން ޑިޕޮސިޓް ފައިސާ ނެގި ނަމަވެސް، އިންޑިއާގައި ހިދުމަތް ދިނުމުގެ ހުއްދަ ނުވަތަ ލައިސެންސެއް ސްޓާލިންކަށް ލިބިފައެއް ނުވެ އެވެ.

Advertisement

އެ މައްސަލަ ފާހަގަކޮށް، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުން ސްޓާލިންކަށް އަންގާފައި ވަނީ ރީފަންޑު ދިނުމަށާއި ހިދުމަތް ފޯރުކޮށްދޭން ބޭނުން ނަމަ ލައިސެންސް ހޯދުމަށެވެ.

ޕްރީބުކިން ހެދި ފަރާތްތަކަށް ފޮނުވި ލިޔުމެއްގައި ސްޓާލިންކުން ބުނީ ކަސްޓަމަރުންގެ އަތުން ޕްރީބުކިންގެ ގޮތުގައި ނެގި 99 ޑޮލަރު ރީފަންޑުކުރަމުން ދާ ކަމަށެވެ.

ސްޓާލިންކުން ބުނީ ވީ އެންމެ އަވަހަކަށް އިންޑިއާގައި ހިދުމަތް ދޭން ބޭނުންވި ނަމަވެސް ލައިސެންސް ލިބެން ނަގާނެ މުއްދަތެއް ނޭނގޭ ކަމަށެވެ.

ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުން އިކޮނޮމިކް ޓައިމްސް ނޫހަށް ބުނީ އެ ތަނުގެ އެންގުމަށް ރީފަންޑު ދޭން ފަށާފައި ވާއިރު، ލައިސެންސަށް އެދުމުގެ މަރުހަލާ ވެސް ސްޓާލިންކުން ފަށާފައިވާ ކަމަށެވެ.

ޕްރީބުކިން ހެދި ކަސްޓަމަރުންނަށް ރީފަންޑުކޮށްދޭން ފަށާފައި ވާއިރު، ސްޓާލިންކް އޮޕަރޭޝަންތަކުގައި އިންޑިއާގައި އިސްކޮށް އުޅޭ ސަންޖޭ ބަރްގަވާ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީފަ އެވެ.

އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ބުނި ބަރްގަވާ މީގެ ކުރިން އިއުލާނު ކުރީ ޖެނުއަރީ 31 ގެ ކުރިން ލައިސެންސަށް އެދި ހުށަހަޅާނެ ކަމަށެވެ.

ސްޓާލިންކްގެ އިންޑިއާ އޮޕަރޭޝަންތަކުގެ ވެރިޔާގެ މަގާމަށް އޭނާ އައީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ވަނީ އިލެކްޓްރޯނިކް ޕޭމަންޓް ކުންފުނި ޕޭޕަލް އުފެއްދި ޓީމުގައި އުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox