ފުރަތަމަ ލެގުގައި ޓޮޓެންހަމް ބަލިކޮށް ޗެލްސީން ކޮންޓްރޯލް ނަގައިފި

Jan 6, 2022, 2:52 AM
ޓޮޓެންހަމްގެ ކޭން (ކ) ކައިރިން ޗެލްސީގެ ލުކާކޫ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ކޭން (ކ) ކައިރިން ޗެލްސީގެ ލުކާކޫ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޗެލްސީން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.

ލީގު ކަޕް ފައިނަލުން ޖާގަ ހޯދަން އަންނަ ހަފްތާގައި ޓޮޓެންހަމް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފަރުޖައްސައިލެވޭނެ އެވެ. އެހެންކަމުން މި ވަގުތަށް ބަލާއިރު، މި މެޗުގެ ކޮންޓްރޯލްް އޮތީ ޗެލްސީ އަތުގަ އެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ ރޮމެލޫ ލުކާކޫ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޗެލްސީގައި ހުރީ ހިތްހަަމަޖެހޭ ހާލަތެއްގަައި ނޫން ކަމަށް ބުނެ، ދާދި ފަހުން އިންޓަވިއު ދިން މައްސަލައިގައި ލުކާކޫ ވަނީ އެންމެ ފަހުން ޗެލްސީން ލިވަޕޫލާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ސްކޮޑުން ބާކީކޮށްފަ އެވެ. އެކަަމަކު، ލުކާކޫ މާފަށް އެދުމުން އޭނާ އަށް އަލުން ޗެލްސީ ޓީމުން ފުރުސަތު ދިނީ އެވެ.

މިދިޔަ ސީޒަނުގައި ލުކާކޫ އަށް އިންޓަ މިލާނުގައި ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭ މި ވަގުތު ޓޮޓެންހަމް ކޯޗުކަމާ ހަވާލުވެހުރިއިރު، ރޭގެ މެޗު އޭނާ އަށް ވެސް ހާއްސަ އެވެ. ރޭގެ މެޗަކީ 2018 ވަނަ އަހަރު ޗެލްސީ ދޫކޮށްލި ފަހުން ކޮންޓޭ، ޗެލްސީ ދަނޑަށް ޓީމެއް ގޮވައިގެން އެނބުރި އައި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޗެލްސީން ވަނީ ލީޑުނަގައިފަ އެވެ. މާކޯސް އަލޮންސޯ ދިން ބޯޅައެއް ކައި ހަވާޓްޒް ގޯލުގެ ތެެރެއަށް ފޮނުވާލިއިރު، އެ ބޯޅަ ހުއްޓުވަން ޓޮޓެންހަމްގެ ޑިފެންޑަރު ޑަވިންސަން ސަންޗޭޒަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ ޓޮޓެންހަމްގެ ބެން ޑޭވިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ސަލާމަތްކުރަން ޓޮޓެންހަމްގެ ޑިފެންޑަރު ޖަޕެޓް ޓަންގާންގާ ބޮލުން ޖައްސާލި ބޯޅަ ޑޭވިސް ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

ޓޮޓެންހަމަށް މާ ނުރައްކާތެރި އެޓޭކްތަކެއް މުޅި މެޗަށް ބެލިޔަސް ކުރެވިފައިނުވެ އެވެ. ހެރީ ކޭން ޖެހި ހިލޭ ޖެހުމެއް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަަތަކޮށްފަ އެވެ. ދެ ވަަނަ ހާފުގައި ޗެލްސީން އިތުރު ގޯލު ޖަހަން ކުރި މަސައްކަތް ހުއްޓުވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް އެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ މި ވަގުތަށް ބަލާއިރު، ޗެލްސީ އާއި ޓޮޓެންހަމްގެ މެދުގައި ބޮޑު ފަރަގެއް އެބައޮތް ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ތަފާތަކީ ޗެލްސީ އަކީ މިދިޔަ ސީޒަނުގައި ޔޫރަޕްގެ ޗެމްޕިއަން ކަމަށާއި ޓޮޓެންހަމްގެ ކާމިޔާބީގެ ވާހަަކަ ދެއްކެން އޮތީ މިހާރު އޮތް ޓީމު އަމިއްލަ އަށް ކަމެއް ހާސިލްކޮށްގެން ކަމަށް ކޮންޓޭ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox