ރިހާކުރު އައިލެންޑުގެ އަގާއި ނަން ހިފަހައްޓައިދޭ ދެ އާއިލާ

މ. ދިއްގަރުގައި މަސް ކެއްކުމަށްޓަކައި މީހަކު ބޮޑު ތެއްޔަކަށް ދާގަނޑު ލަނީ: ރިހާކުރު ކެއްކުމުގެ މަސައްކަތް ފެށެނީ މި ހިސާބުން. -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

މ. ދިއްގަރުގައި މަސް ކެއްކުމަށްޓަކައި މީހަކު ބޮޑު ތެއްޔަކަށް ދާގަނޑު ލަނީ: ރިހާކުރު ކެއްކުމުގެ މަސައްކަތް ފެށެނީ މި ހިސާބުން. -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

މުޅި ރާއްޖެއިން ރިހާކުރު ކެއްކުމަށް އެންމެ މަޝްހޫރު ރަށަކީ މ. އަތޮޅު ދިއްގަރެވެ. އެންމެ ފުރަތަމަ ހޯމްސްޓޭ ތައާރަފު ކުރި ދިއްގަރު، އެކަމަށް ބްރޭންޑު ކޮށްފައި ވަނީ ވެސް "ރިހާކުރު އައިލެންޑު" ގެ ނަމުން ނެވެ. ދޮޅު ހާހަށްވުރެ ކުޑަ އާބާދީ އެއް އޮންނަ ދިއްގަރުގައި ރިހާކުރު ކައްކަނީ މިހާރު އެންމެ ދެ އާއިލާ އަކުންނެވެ.

މަސް ކެއްކުމާއި ހިއްކުމަށް ހާއްސަކޮށް، ރަށުގެ އެއްފަރާތު އަތިރިމަތީގައި ހަދާފައިވާ ދެ ކާރުހާނާ ހިންގަނީ ދިއްގަރު، އަންބަރީގެ، މުހައްމަދު ނަސީރު އާއި ބީޗުވިލާ ހަސަން އިދުރީސް (ހަސަންބެ) އެވެ. އެ ކާރުހާނާގައި މަސް ކައްްކައިގެން ލިބޭ ދިޔައިން ރިހާކުރު އުދެއްފުމުގެ ބުރަ މަސައްކަތް ގޭގެ ބަދިގޭގައި ކުރަނީ ނަސީރުގެ އަންހެނުން ގުރައިޝާ މޫސާ އާއި ހަސަންބެގެ އަންހެނުން އާރިފާ ހުސައިން އެވެ.

ގޮޅިއަށް ދިއުން، މުޅި ރަށަށް ވަންނަ އާމްދަނީ އެއް

ހަސަންބެ އާއި ނަސީރު ހިންގާ ކާރުހާނާގެ މަސައްކަތަށް ދިއުމަށް ރަށުގެ މީހުން ކިޔަނީ ގޮޅިއަށް ދިއުމެވެ. ރަށުގައި އޮންނަ ހަތަރު މަސް ދޯނިން ބާނާ މަސް ގަންނަނީ އެ ދެ ގޮޅި އަށެެވެ. ރަށުގެ ފިރިހެން ވެރިންގެ އިތުރުން އަންހެނުން ވެސް ދުވަހު އުޖޫރަ އަށް ގޮޅީގެ މަސައްކަތް ކުރެ އެވެ.

ހެނދުނުގެ އިރާއެކު ގޮޅީގެ މަސައްކަތްތައް ފެށެ އެވެ. ގޮޅި އަކީ ވަރަށް ގިނަ މަސައްކަތްތައް އޮންނަ ތަނެކެވެ. މަސް ކެނޑުމާއި މަސް ކެއްކުމެވެ. މަސް ހިއްކުމާއި ކަށި ނަގާ މަސް ސާފުކުރުމެވެ. ދަރު ފެޅުމާއި ދަރުޖެއްސުމެވެ.

ހަނަ
ހަނަ

މ. ދިއްގަރު ބީޗުވިލާ ހަސަން އިދުރީސް ގެ ގޮޅީފައި ހިއްކާފައިވާ މަސްތަކެއް ކައިރީ އޭނާ މަޑުކޮށްލައިގެން-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ހަސަންބެގެ ގޮޅިއަށް ދުވާލަކު ދެ ޓަނުގެ މަސް އަދި ނަސީރުގެ ގޮޅި އަށް ދުވާލަކު ތިން ޓަނަށްވުރެ ގިނަ މަސް ގަނެ އެވެ. ދަރުން ކައްކާއިރު، ދަރާއި އުނބު ހޯދަނީ މުޅިން ވެސް އެހެން ރަށް ރަށުން ގަނެގެންނެވެ.

އާންމުކޮށް ގަންނަނީ ދެ ޓަނު މަސް، ކޮޅިޓީ ހިފަހައްޓަން ބޭނުންވާތީ އެއަށްވުރެ ގިނައިން މަސް ނުގަންނަނީ،" ހަސަންބެ ބުނެޏެވެ. "މިރަށުގަ ހަދާ ފެންވަރަށް މަސް ތައްޔާރުކުރާ ރަށެއް މަދުވާނެ."

ހަސަންބެ ގޮޅިގައި ދުވާލަކު 250ރ. ގެ އުޖޫރަ އަކަށް އަށް މީހުންނާއި 12 މީހުންނާ ދެމެދުގެ އަދަދަކަށް ކޮންމެ ދުވަހަކު ވެސް މީހުން މަސައްކަތް ކުރެ އެވެ. ނަސީރުގެ ގޮޅީގައި 350ރ. ގެ އުޖޫރަ އަކަށް 15 ވަރަކަށް މީހުން ހަރަކާތްތެރިވެ އެވެ.

"އަޅުގަނޑު ނޫނީ އިތުރު މުވައްޒަފަކު ނުހުންނާނެ، މަސައްކަތް އޮންނަ ވަރުން މީހުން ނަގަނީ، ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ މުސާރަ އެމީހަކަށް ލިބޭނެ،" ގޮޅީގައި އޮންނަ އުސޫލު ނަސީރު ކިޔައިދިނެވެ.

ގޮޅި ތަކުގައި މަސް ކަނޑާ ތަންތަނާއި ދަރުން މަސް ކައްކާ ބޮޑެތި އުނދުންތަކާއި މަސް އަވީލާނެ އަށިތަކާއި ދިލަ ޖައްސާނެ ދުމަށިތައް ހަދާފައި ހުރެ އެވެ. ހިކި މަހާއި ދިލަ ޖެއްސި މަހާއި މުގުރި މަހާއި ފަރު މަހުގެ އުފެއްދުންތައް ތައްޔާރުކޮށް ބަންދުކޮށް މާލެ އަށް ވިއްކަން ފޮނުވަ އެެވެ. މާލޭގެ ވަރަށް ގިނަ ފިހާރަ ތަކުގައި ހުންނަ، ވެކިޔުމް ޕެކްޑް ދިލަ ޖެއްސި މަސް އުދައްދަނީ ދިއްގަރުގަ އެވެ.

ފ
ފ

މ. ދިއްގަރުގައި މަސް ކައްކާ ގޮޅިއެއްގައި މީހަކު ދަރު ބަރޯ އެއް ގެންދަނީ: ގޮޅީގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅު އުޖޫރައެއް ދޭ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"އުނބު ވެސް ދަރު ވެސް ރަށް ރަށުން ގަންނަނީ، ޕިކަޕެއްގެ ދަރު އެރަށެއްގެ އަތިރި މައްޗާ ހަމައަށް، ގަންނަނީ 1،500ރ. އަށް،" ނަސީރު ބުންޏެވެ.

ހަސަންބެ ބުނި ގޮތުގައި 15،000ރ. އަށް ދޯންޏެއްގެ ދަރު ގަންނައިރު، އެ ދަރުން ކެއްކޭނީ މަހެއްހާ ދުވަހެވެ.

"މިރަށުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ގޮޅިއަށް ދިއުން، އެ ދުވަހުން ދުވަހަށް ފައިސާ ލިބޭ، ވަރަށް ބޮޑު އާމްދަނީ އެއް ރަށަށް ލިބޭ ތަނެއް ގޮޅި އަކީ،" ގޮޅިއެއްގައި މަސައްކަތްކުރާ މެދު އުމުރުގެ މީހަކު ބުންޏެވެ.

ގޮޅީގައި އަންހެނުން ކުރަނީ ކައްކާ މަހާއި ހިއްކާފަ ހުންނަ މަހުގެ ކަށި ނަގާ ސާރުކުރުން ފަދަ ލުއި މަސައްކަތެވެ. ދަރިން ސްކޫލަށް ފޮނުވާފައި ގޭތެރޭގެ ކަންކަން ހަމަޖައްސާފައި ބޭނުން ގަޑިއަކު ގޮޅިއަށް އައިސް މަސައްކަތް ކުރުމުގެ ލުއި ގޮތް އަންހެނުންނަށް ހަމަޖައްސައި ދީފަ އޮވެ އެވެ. މަސް ސާފުކޮށް ބާސް ކެޓެއްގެ މަހުގެ ފޫ ކެނޑުމުން 70ރ. އާ 100ރ. ގެ އަގެއް އަންހެން ވެރިންނަށް ލިބެ އެވެ.

ގޮޅީގައި ހިނގާ މަސައްކަތުގެ އިތުރުން ވަރަށް ގިނަ މަސައްކަތައް ހަސަންބެ އާއި ނަސީރުގެ ގޭގައި ވެސް ކުރެ އެވެ. ރޯ މަހާއި ދިލަ ޖެއްސި މަސް ބަންދު ކުރަނީ ގޭގައި އެކަމަށް ހާއްސަ ކޮށްފައި ހުންނަ ތަނެއްގަ އެވެ. މަސައްކަތަށް ބޭނުންވާ އައިސް ހޯދުމަށް ނަސީރުގެ ގޭގައި އައިސް ޕްލާންޓެއް ވެސް ބަހައްޓާފައި ހުރެ އެވެ.

ރިހާކުރު ކައްކަނީ އިހުގެ ގޮތަށް ގޭގައި

މަސް ކެއްކުމަށްފަހު ދިޔަ ގަނޑު ފުރޭނުމަށްފަހު ކޮންމެ ވެސް ވަރަކަށް އޮލަ ކުރަނީ ގޮޅީގަ އެވެ. އެ އަށްފަހު ރިހާކުރު ތައްޔާރު ކުރުމަށް ގެންދަނީ ގެއަށެވެ. ރިހާކުރު ތައްޔާރު ކުރާ ގޮތާ ބެހޭ ގޮތުން ގުރައިޝާގެ ބެހެއް ލިބޭ ގޮތް ނުވި ނަމަވެސް، އުމުރުން 65 އަހަރު ވެފައިވާ އާރިފާ ދައްތަ، އެކަން ކުރާ ގޮތް ކިޔައިދިނެވެ.

މ. ދިއްގަރު ބީޗުވިލާ އާރިފާ ހުސައިން ރިހާކުރު ތާސް ހާކާލަނީ: ރިހާކުރު ކަންކަނީ ދަރު އުނދުނުން-- އަދަދު ފޮޓޯ އަހުމަދު ސައީދު

އުމުރުން ފަނަރަ ވަރަކަށް އަހަރުން ފެށިގެން ރިހާކުރު ތާސް ކައިރީ އުމުރުގެ ބޮޑު ބައި ހޭދަ ކޮށްފައިވާ ދައްތަ ބުނި ގޮތުގައި މިއަދާ ހަމައަށް އައިއިރު ވެސް ރިހާކުރު ކެއްކުމުގެ އަސްލަށް ބަދަލެއް އައިސްފަ އެއް ނުވެ އެވެ.

"ވަރަށް ގިނަ އިރުން އޮލަވާނީ، ހެނދުނު ދިހައެއް ޖަހާއިރު އުދާ ގޮތަށް ރޭނގަޑު ހަތެއް ޖަހަންދެން ވެސް ކައްކަން، އާއިލާ އާއި ރަށްޓެހިންނާއި އަވަށްޓެރިންގެ އެހީތެެރިކަމާ އެކު މިކަން ވަނީ،" ހޫނާއި ދުމުގެ ތެރޭގައި މުޅި ދުވަސް ހޭދަ ކުރާ ދައްތަ ބުންޏެވެ

ދައްތަ ބުނި ގޮތުގައި ރިހާކުރު ކެއްކުމުގެ މަސައްކަތަށް ހަމަ އެކަނި ތަފާތެއް އައިސްފައި ވަނީ ބޮޑި ތައްޔާރު ކުރުމަށެވެެ. ކަށިފޮތިން މަސް ކެހުމުގެ ބަދަލުގައި ބޮޑި ތައްޔާރުކުރަނީ އެކަމަށް ވަކިން މަސް ނަގާފައި މިކްސަރަށް އަޅައި ހިމުން ކޮށްގެންނެވެ.

އެންމެ މުހިންމު ކަމަކީ ގަރު، ފިއްލެޔޮ ނެގުން، ފިއްލެޔޮ ނުނަގަންޏާ ރިހާކުރު މީރެއް ނުވާނެ،" ދިއްގަރު ރިހާކުރުގެ މީރުކަން ދެމިއޮތުމުގެ ސިއްރަކީ ދައްތަ ބުނި ގޮތުގައި ފަރުވާތެރި ކަމާއެކު ރިހާކުރު ތާސް އޮލަވަން ދެން ބެލެހެއްޓުމެވެ.

އަރީފާ ދައްތަ އާއި ގުރައިޝާ ތައްޔާރުކުރާ ކޮޅިޓީ ރިހާކުރަށް ރާއްޖޭގެ އެކި ހިސާބު ތަކުން، ޑިމާންޑާއި އެއްވަރަށް ފޯރުކޮށް ނުދެވޭހާ ގިނަ އޯޑަރުތައް ލިބެ އެވެ. ފޯސްޓަ ކްލާކް ޖޫސް ފުޅިއެއްގެ ރިހާކުރު ވިއްކަނީ 300ރ. އަށެވެ.

އެ ދުވަހަކު ބާނާ މަސް ކައްކަނީ އޭގެ ތާޒާ ކަމާއެކު އެވެ. މަސައްކަތުގައި ސާފު ތާހިރު ކަމާއި ކޮޅިޓީ ހިފެހެއްޓުމަކީ ދެ އާއިލާ އިން ވެސް އެންމެ އިސްކަން ދޭ ކަންތަކެވެ. ދިއްގަރުގެ ރިހާކުރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ގޮތުގައި ދެމި އޮތުމުގެ ސިއްރަކީ އެ ދެ އާއިލާގެ ބުރަ މަސައްތަކާއި ހިތްވަރެވެ. "ރިހާކުރު އައިލެންޑް" ބްރޭންޑު ނަމަކީ ޖީލު ތަކެއްގެ ބުރަ މިންނެއް މަސައްކަތުގެ ފޮނި މޭވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox