މާޗް މަހު ލަންކާގައި އިތުރު ބައިނަލްއަގުވާމީ މުބާރާތެއް، ރާއްޖެ ފެނިދާނެ!

މިދިޔަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު (ކ) ލަންކާގެ ވަސީމް ރަޒީކް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަދަދު

މިދިޔަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު (ކ) ލަންކާގެ ވަސީމް ރަޒީކް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަދަދު

އަންނަ މާޗް މަހުގެ ފީފާ ކަލަންޑަރު ތާރީހުގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތެއް ރާވަން ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެ މުބާރާތުން ރާއްޖެ އަށް ވެސް ދައުވަތު ދިނުމުގެ ވިސްނުމެއް ލަންކާ އިން ގެންގުޅޭ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީ އަށް ކުޅުނު ފޯ ނޭޝަންސް ކަޕްގައި ވެސް ރާއްޖެ ވާދަކުރި އެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ދެން އެ މުބާރާތުން ފެނުނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސީޝެލްސް އެވެ.

ލަންކާގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ޖޭސްވާރު އުމަރު ކުރައްވާ މަސައްކަތުގެ ތެރެއިން އިންޓަނޭޝަނަލް ކަލަންޑަރުގައި ލަންކާ އަށް މެޗުތަކެއް ހޯދައިދިނުން އެއީ އޭނާގެ ވައުދެކެވެ. އެ ގޮތުން އެންމެ ބޮޑަށް އިސްކަން ދޭނީ ލަންކާގައި ފުޓްބޯޅަ ފޯރި އަލުން އާލާ ކުރެވޭނެ ގޮތަކަށް ލަންކާގެ ގައުމީ ޓީމު މެޗުތައް ކުޅެވޭ ގޮތް ހެދުން ކަމަށް ޖޭސްވާރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މާޗް މަހު ކުޅޭ މުބާރާތް ރޭވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި ފަހަރެއްގައި މި ފަހަރުގެ މުބާރާތުގައި ފަސް ޓީމު ނޫނީ ހަ ޓީމު ކުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި ރާއްޖެ ވެސް މި މުބާރާތުން ފެނިދާނެ ކަމަށް ލަންކާ ފެޑެރޭޝަނުގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފަ އެވެ.

ރޭ ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ މާޗް މަހު ލަންކާގައި ކުޅެން ރާވާ އިންޓަނޭޝަނަލް މުބާރާތުން ރާއްޖެ ފެނިދާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"ލަންކާ ކޮޅުން މައުލޫމާތު ލިބިއްޖެ، މާޗް މަހަށް ސުޕަ ކަޕް ކަންނޭނގެ ކިޔާފައި، ބޮޑުކޮށް މުބާރާތެއް ބާއްވަން ކިޔާފައި މަސައްކަތް ކުރަމުން އަންނަ ކަމަށް. އޭގެތެރެއިން ޔޫރަޕްގެ ބައެއް ޓީމުތަކާއި ރާއްޖެ އަށް ވެސް ދައުވަތު ދޭނެކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނޮވެމްބަރު މަހު ބޭއްވި ފޯ ނޭޝަންސް ކަޕަކީ ގައުމީ ޓީމުގެ ކޯޗުކަމާ މިހާރު އެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޅުނު މުބާރާތެކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ހަތަރު ގޯލުން ކުރީގައި އޮއްވައި ލަންކާ ވަނީ 4-4 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 1-0 އިން ރާއްޖެ ބަލިވިއިރު، މިއީ 2003 ވަނަ އަހަރަށް ފަހު ބަންގްލަދޭޝް އަތުން ސީނިއާ ފުޓްބޯޅައިގައި ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ފަހު މެޗުގައި ސީޝެލްސްއާ 0-0 އިން އެއްވަރުވެ، ރާއްޖޭން ފޯ ނޭޝަންސް ކަޕް ނިންމާލީ މޮޅެއް ނުލިބި ލީގު ބުރުގެ ފުލުގައި އޮވެގެންނެވެ.

ފޯ ނޭޝަންސް ކަޕްގެ ފައިނަލު ޝަރަފްވެރި ކޮށްދެއްވަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ލަންކާ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ލަންކާގެ ފުޓްބޯޅަ ތަރައްގީ ކުރަން ފީފާ އިސް ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ވަނީ ދެއްވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ އިން ބަލަމުން އަންނަނީ ފޯ ނޭޝަންސް ކަޕް ކުޅުނު ރޭސް ކޯސް ސްޓޭޑިއަމްގެ ބަދަލުގައި ސުގަތަދާސާ ސްޓޭޑިއަމްގައި މާޗް މަހުގެ މުބާރާތް ކުޅުމަށެެވެ. އެކަމަކު، އެކަން ކުރަން ބަލާއިރު އޮތް ގޮންޖެހުމަކީ ސުގަތަދާސާ ސްޓޭޑިއަމް މަރާމާތު ކުރަން ޖެހިފައި އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox