ގަލޮޅު ދަނޑު މަރާމާތުކުރާއިރު ބޭނުންކުރާނީ ހުޅުމާލޭ ޓްރެކް ދަނޑު

ހުޅުމާލޭ ސިންތެޓިކް ޓްރެކް ދަނޑު: ގަލޮޅު ދަނޑު މަރާމާތުކުރާއިރު ބޭނުންކުރަން ހަމަޖެހިފައިވަނީ މި ދަނޑު.--ފޮޓ

ހުޅުމާލޭ ސިންތެޓިކް ޓްރެކް ދަނޑު: ގަލޮޅު ދަނޑު މަރާމާތުކުރާއިރު ބޭނުންކުރަން ހަމަޖެހިފައިވަނީ މި ދަނޑު.--ފޮޓ

ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތް މި އަހަރު ކުރިއަށް ގެންދާއިރު، ފުޓްބޯޅައިގެ ކަންކަމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސްޓޭޑިއަމް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 45،494،505 ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

Advertisement

ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިހާރު އޮތް ވިސްނުމަކީ ގަލޮޅު ދަނޑު އެއްކޮށް ތަޅާލުން ކަމަށެވެ.

"ހުޅުމާލޭ ދަނޑުގައި ކުޅުން އޮތީ ގަލޮޅު ދަނޑުގައި ކުޅެވެންދެން. ގަލޮޅު ދަނޑު އެއްކޮށް ތަޅާލަން ޖެހޭނީ އިނގޭތޯ. އެ މަސައްކަތަކީ މި ދެންނެެވި 40 މިލިއަން ޑޮލަރުގެ ތެރެއިން ހިނގާނެ ކަމެކޭ. އޭގެ ތެރެއިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދާނެއޭ ގަލޮޅު ދަނޑުގެ މަސައްކަތަށް. ދެން ހުރި މަސައްކަތްތައް އޭގެ ހިމަނައިގެން ޖުމްލަ 40 މިލިއަން ޑޮލަރު މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ މަސައްކަތް ސީދާ ފެށޭނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ގަލޮޅު ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަހުމަދު އިހުސާން/ އަދަދު

ޒަމާނުއްސުރެ ރާއްޖޭގެ ލޯކަލް އާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހުރިހާ ކަމެއް މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ގަލޮޅު ދަނޑަށެވެ. ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު ތިން ފަހަރެއްގެ މަތިން މަރާމާތު ކޮށްފައި ވަނީ މުބާރާތެއް ބޯމަތިވެފައި އޮއްވަ އެވެ.

އެ ގޮތުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕަށް ކޮންމެ ވެސް ވަރެއްގެ މަރާމާތެއް ކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަަޕަށް 70 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ގަލޮޅު ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު އެ މުބާރާތަށް ދަނޑުގެ މަސައްކަތްތައް ބޮޑަށް ކުރީ ދެ ފަރާތުގެ ސިޑި ބަރީގެ މަރާމަތް ކުރުމަށެވެ. އެއީ ސަޕޯޓަރުން ދަނޑަށް ވައްދަން ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހުނު މަސައްކަތެވެ. އަދި އޭގެ އިތުރުން ޗޭންޖިން ރޫމް ޒަމާނީ ފެންވަރަށް ގެންނަން މަސައްކަތްތަކެއް ކުރެވިފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކުރިއިރު، ދެ ވަނަ ވެނިއު އަކަށް ހިމެނީ ހުޅުމާލޭ ދަނޑެވެ. އަދި އޭރު އެ ދަނޑު ހަދާނެ ޕްލޭނެއް ވެސް ގެންގުޅުނެވެ. އެކަމަކު، ވަގުތު ކުޑަތަންވެފައި އޮތުމުން އެ ދަނޑުގެ މަސައްކަތްތައް ނުކުރެވި އެންމެ ފަހުން ޖެހުނީ ގަލޮޅު ދަނޑުގައި އެކަނި މެޗުތައް ކުޅޭށެވެ. ހުޅުމާލޭ ޓްރެކް ދަނޑުގައި މެޗުތައް ކުޅޭނަމަ އެތަން މެޗު ކުޅެވޭ ހާލަތަށް ގެންނަން މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox