ލޭޒާ ކިއު؛ މާލޭގައި ގޭމިން ގެ ފޯރި ގަދަ މި ކުރަނީ ކޮން ބައެއް؟

ލޭޒާ ކިޔުގައި މީހަކު ގޭމް ކުޅެނީ

ލޭޒާ ކިޔުގައި މީހަކު ގޭމް ކުޅެނީ

ރައްޓެއްސަކު، "މާލޭގައި އަލަށް 'ބެޓްލް ގްރައުންޑް' ކޮންސެޕްޓުގެ ގޭމް ކުޅޭ ތަނެއް ހުޅުވައިގެން އެބަ އުޅެއޭ، ލިޔެލަންވީ ނޫންހޭ،" ބުނުމުން މާފަންނު އިއްޒުއްދީން މަގުގައި ހުރި "ލޭޒާ ކިއޫ" އަށް މީގެ ހަފްތާ އެއް ކުރިން އަހަރެން ވަދެލީމެވެ. ވައިގައި ހިފައިގެން މި އުޅެނީ ކިހާ ވަރެއްގެ ކަމެއްތޯ ބަލާހިތުން، ޕަބްޖީ އަށް ގޮސް ހަފުސް ވެފައިވާ އަހަރެންގެ ހިތަށް ކެތް ކުޅަދާނަވީ އެއް ނޫނެވެ. ދޮގެއް ބުނާ ކަށް ނޫނެވެ - އޮފީހުގެ ތިން ރައްޓެހިންނާ އެކު އެތަނަށް ގޮސް ކުޅުނު ފުރަތަމަ ދިހަ މިނިޓުގެ މެޗުގައި، ފޯރީގައި ލޭ ކައްކުވާލައި ހިތް ތަޅުވައިލި ވަރަށް މިއިން ޒަމާނެއް ގައި ވެސް އަހަރެންގެ ހިތެއް ނުތެޅެ އެވެ.

އަހަރެން މި ހުރީ މާލޭގައި އަލަށް ހުޅުވި "ރިއަލް ބެޓްލް ފީލްޑް" ކޮންސެޕްޓްގެ ހަމަ އެކަނި ގޭމް ހައުސް، "ލޭޒާ ކިއު" ގެ ތެރޭގަ އެވެ. މިއީ ކޮމްބެޓް/ބެޓްލް ގޭމް ކުޅޭ ހިތްވާ މީހަކަށް، އަސްލު ދިރިއުޅުމުގައި ހަމަ އެ ފީލް ގައި ގޭމް ކުޅެން ބޭނުން ނަމަ، މާލެއިން ވަދެވޭނެ އެންމެ ކޫލް ތަނެވެ.

މިތަނަށް ވަންނައިރު ރިސެޕްޝަންގައި ތިބޭ "ރައްޓެހި" ހޮސްޓުންގެ މަރުހަބާ އަށްފަހު އެންމެ ފުރަތަމަ ވެސް ސަމާލުކަން ހުއްޓޭނީ ލޮބީގެ ކަނާތު ކޯނަރުގައި ތަރުތީބުން ހަރުކޮށްފައިވާ ކޮމްބެޓް ހެލްމެޓް ތަކާއި ރައިފަލް ތަކަށެވެ. ދެން ހުރީ ސްކޯ އަރުވާ ސްކްރީނެވެ. އޭގައި އަދިވެސް އެންމެ ފަހު މެޗުގައި ކުޅުނު ހަތަރު މައިންގެ ސްކޯ އަރުވާފައި އެބަ ހުއްޓެވެ. އަހަރެމެން މިތަނަށް ވަތް އިރުވެސް އެ ހަތަރު މައިން މެޗުގެ ފޯރީގައި ސްކޯ އާ ހިފަނީ އެވެ - ނިކުމެގެން ދިޔައީ އަދި އަންނާނެ ކަމަށް ބުނެފަ އެވެ -

Advertisement

ގޭމް ގައި ކުޅުންތެރިން ގެންގުޅޭ ބަޑިތައް: ކޮންމެ ކުޅުންތެރިއެއްގެ އަތުގައި ބަޑި އެއް އޮންނާނެ

ދިހަ މިނިޓްގެ މެޗަކަށް ނަން ރަޖިސްޓްރީ ކުރުމަށްފަހު ހެލްމެޓް އަޅައި އަތަށް ރައިފަލް ހެޔޮވަރު ކޮށްލުމާ އެކު އެ ޖެހުނީ "ހަނގުރާމަ"އިގެ މައިދާނަށް އަހަރެމެން އަރަންވީ ވަގުތެވެ. ފުރަގަހުގައި ހުރި "ދަބަރު" ކުލައިގެ ދޮރުން އެތެރެއަށް ވަދެ އެ ދޮރު ލައްޕައިލުމާ އެކު އާދެވުނީ އެހެން ދުނިޔެ އަކަށެވެ.

މިތަން އަނދިރި އެވެ. އެކަމަކު އަނދިރީގައި ދިއްލޭ ކުލަތަކުން ކުރެހުން އަޅައި ސައިން ހަރުކޮށްފައިވާ އެ ބޮޑު ހޯލު ހީވަނީ ފިލްމެއްގެ ސެޓެއް ހެންނެވެ. ހިތްގައިމެވެ. ސަޅި އެވެ.

މެޗުގެ ވަގުތަކީ 10 މިނުޓެވެ. އަހަރެމެންގެ މިޝަން އަކީ އެ ދިހަ މިނިޓު ތެރޭގައި އޮޕޮނަންޓް ޓީމުގައި ތިބި ދެ ކުޅުންތެރިންގެ ގަޔަށް ވީހާވެސް ގިނައިން ބަޑި ޖަހައި މަރާލުމެވެ.

ގޭމް ފަށާ ވަގުތު ބުނެދިނީ ރައިފަލް ގެ މަތީގައި އިންނަ ކުޑަ ސްކްރީނަށް އަރަން ފެށި ކައުންޓްޑައުން އާ އެކު އަޅައިގެން ހުރި ހެލްމެޓްގެ ސްޕީކަރުން އިރުޝާދު ދިނުމުންނެވެ.

ލޭޒާ ކިއޫގެ ޕްލޭ އަރީނާ
ލޭޒާ ކިއޫގެ ޕްލޭ އަރީނާ

ލޭޒާ ކިއޫގެ ޕްލޭ އަރީނާ

ގޭމްގެ ރޫލް ބުނާ ގޮތުން، މެޗުގެ ވަގުތުގައި އަހަރެމެންނަށް ބަޑިން އަތް ދޫކޮށް ނުލެވޭނެ އެވެ. ބަޑީގެ ގަޔާވީ ކޮޅުގެ މަތީގައި އިން ކުޑަ ސްކްރީނުން ކިލް ރޭޝިއޯ އަބަދުވެސް އެނގެން ހުންނާނެ އެވެ. އަދި އޮޕޮނަންޓް ގެ ގަޔަށް ވަޒަން އަރައިފި ނަމަ އެކަން ވެސް ބުނެދޭނެ އެވެ. އޭގެ އަރިމަތީގައި އިންނަ ބަޓަން އަކަށް ފިއްތާލުމުން ވަގުތުން ސްނައިޕާ ރައިފަލް އަކަށް ބަދަލުވެ އެވެ. ޖެހިގެން އިންނަ ބަޓަން އިން ބަޑި ރީލޯޑް ކޮށްލެވެ އެވެ. ބޭނުމިއްޔާ ޓާގެޓް ކުރަން ފަސޭހަކުރުމަށް ލޭޒާ ވެސް އަޅުވައިލެވެ އެވެ.

މެޗު ފެށުނު އިރު އަހަރެންނަށް ހުރެވުނީ ތަނުގެ ފުރިހަމަކަމަށް ގެއްލި އާސޯހުވެފަ އެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ޖެހި ވަޒަނުން އަހަރެން މަރުވިކަން އަންގައިދިނީ ބަޑީގެ ސްކްރީނުނަށް އެރި މެސެޖުންނެވެ. އެހެންވީމާ ކުރިއަށް އޮތް ފަސް ސިކުންތަށް އަހަރެން މަރުވީ އެވެ. ފަސް ސިކުންތު ހަމަވުމުން "ރީ-ސްޕޯން" ވާނެ އެވެ. އަހަރެންގެ ބަޑިން ވަޒަން ޖެހޭނީ ވެސް އެ ފަސް ސިކުންތު ހަމަވުމުންނެވެ.

އޭރު އަހަރެންނާއެކު ކުޅެން އެރި ދެވަނަ ކުޅުންތެރިޔާ ޓީމު މޮޅު ކުރުމުގެ މަސައްކަތް ދޫކޮށްލާފައި ސްޓޯރީއަށް "ސްނެޕް" ވީޑިއޯތައް ހަމަ ކުރަނީ އެވެ. އެކަމަކު މިތަނުން ހިތް ފުރޭ ވަރަށް ދުވަހަކު ވީޑިއޯ އެއް ނުނެގޭނެ އެވެ. އެހެންވީމަ، މި މެޗުން މޮޅުވާން ދެން ލައްކަ ހިތްވަރެއް ކުރަން ޖެހެ އެވެ. ހިތްވަރެއް ލާފައި "ސްނައިޕާ މޯޑް" އޮން ކޮށް ބާކީ އޮތް ވަގުތުކޮޅު ވީ ވަރެއް ކުރާނީ އެވެ.

ދިހަ މިނިޓް ހަމަވި އިރު އަހަރެމެން އެންމެން ތިބީ ކަކޫ ހުޅުން ވަރުދޫވެ ހަށިން ނޭވާ ހުސްވާ ވަރު ވެފަ އެވެ. އެންމެ ގިނަ މީހުން މަރާލީ އިދިކޮޅު ޓީމުން ނާޒިމެވެ. މޭން އޮފް ދަ މެޗަކީ ވެސް އެއީ އެވެ. އަހަރެމެންނަށް ވީ އެންމެ ބޮޑު ވަރަކީ 32 "ކިލް" އެވެ. އެއީ ވެސް އަހަރެން ކުރި ހިއްވަރެކެވެ.

ގޭމް އަރީނާއިން ނިކުމެގެން ގޮސް ވެފައި ތިބި ވަރުބައްޔަށް ރިސެޕްޝަންގައި ހުރި ފްރިޖުން ދަޅު ގަނެގެން އައިސް ވަރުބަލި ފިލުވާލަން ލޮބީގެ ބެންޗެއްގައި ޖައްސާލި އިރި އެކަކު ކިޔާތީ އިވެ އެވެ. މިއިން ޒަމާނަކު މިހާ ފޯރީގައި މަޖާކޮށް ނުލެވެ އެވެ. ދެން އަންނަންވާނީ އަށް ކުޅުންތެރިންގެ ޓީމެއް ހަމަކޮށްގެންނެވެ.

'ލޭޒާ ކިއޫ' އަށް ދާން ޕްލޭން ކުރާނަމަ އެނގެންވީ ކަންތައް

  • އެންމެ މަޖާ ވާނީ ވީހާ ވެސް ގްރޫޕް ބޮޑުވި ވަރަކަށް
  • އެންމެ ޕްލޭޔާ އަކާއި އޮޕޮނަންޓް އެއްގެ ކުޑަ ޓީމަކުން ފެށިގެން، ދެ ޕްލޭޔާ ދެ އޮޕޮނަންޓް، ތިން ޕްލޭޔާ ތިން އޮޕޮނަންޓް އަދި ހަތަރު ޕްލޭޔާ ހަތަރު އޮޕޮނަންޓް ގެ ޓީމް ވެސް ހެދޭނެ
  • މެޗެއްގެ ދިގުމިނަކީ 10 މިނިޓް. ބޭނުން ވަރަކަށް މެޗް ގަނެވޭނެ
  • އެއް ފަހަރާ ގަންނަ މެޗް ގިނަވި ވަރަކަށް މެޗަކަށް ބޮލަކަށް ޖެހޭ އަގު ކުޑަ ވާނެ
  • އުމުރުން ހަތަރު އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ކުޅެވޭނެ

އެހެންވީމަ، އާ އަހަރު މާލޭގައި ހުސް ވަގުތު މަޖާ ޕްލޭން އެއް ނެހެދިގެން އުޅޭކަށް ދެން ނުޖެހޭނެ ނޫން ހެއްޔެވެ؟

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox