42 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވުލްވްސް އިން ޔުނައިޓެޑް ދަނޑުގައި މޮޅުވެއްޖެ

Jan 3, 2022, 7:57 PM
މިރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ފޯވާޑް ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގެ ތެރެއިން ޔުނައިޓެޑްގެ ފޯވާޑް ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ވުލްވްސް އިން 42 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުނައިޓެޑް ދަނޑުގައި މޮޅެއް ހޯދައިފި އެވެ.

އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި ވުލްވްސް އަށް ލީގުގައި މޮޅެއް ހޯދުނީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން ލީގުގައި ވުލްވްސް އިން ޔުނައިޓެޑް ދަނޑުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ޔުނައިޓެެޑް މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް ބުނީ ކުރި މަސައްކަތަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް މި މެޗުން މޮޅެއް ހައްގީ ވުލްވްސް އަށް ކަމަށެވެ.

"މިއީ ހުރިހާ ގޮތަކުން ވެސް އަހަރެމެންނަށް މޮޅެއް ލިބެންޖެހޭ މެޗެއް. އަހަރެމެންގެ ޕްލޭން މަސައްކަތްކުރި. ކްރެޑިޓް ދޭންވީ ކުޅުންތެރިންނަށް. މިއީ އެ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ،" ލާޖް ބުންޏެވެ.

މިރޭގެ ނަތީޖާއާ އެކު ލީގުގެ ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވީ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑަށް ވުރެ ކުރީގައި އޮތީ 20 މެޗުން 34 ޕޮއިންޓް ހޯދައިގެން ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި 18 މެޗުން 33 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް ޓޮޓެންހަމް އެވެ.

ޔުނައިޓެޑުން މިރޭގެ މެޗު ފެށީ ޑިފެންސަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ވިކްޓަ ލިންޑެލޯފް އަދި އެރިކް ބައީ ނުލައި ކުޅެން ޖެހުނު މި މެޗުގައި ރަފައެލް ވަރާންއާ އެކު ޔުނައިޓެޑް ފަހަތް ބެލެހެއްޓީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހު އަލަށް ކުޅުނު އިނގިރޭސި ޑިފެންޑަރު ފިލް ޖޯންސް އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ޔުނައިޓެޑުން ކުޅެމުންދިޔައިރު، ފުރަތަމަ ހާފުގައި ފެނުނީ ވުލްވްސްގެ ގިނަ އެޓޭކްތަކެކެވެ. އެކަމަކު، އެންމެ ފަހު ޕާސް ގޯސްވެ، ވުލްވްސް އަށް ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ލަނޑު ޖެހުމަށް ފަހު ވުލްވްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި ފެނާންޑޭސް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑީއަށެވެ. އޭގެ ފަހުން ފެނާންޑޭސް ނެގި ހިލޭ ޖެހުމަކުން ރޮނާލްޑޯ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ގޯލު ބަަލައިނުގަންނަން ނިންމީ ރޮނާލްޑޯ ގޯލު ޖެހީ އޮފްސަައިޑްގައި ހުރެ ކަމަށްވާތީ އެވެ.

ވުލްވްސް އިން ވަނީ ދެ ވަނަ ހާފުގައި އެޑަމާ ޓްރައޯރޭ ކުޅެން އަރުވައިފަ އެވެ. ޓްރައޯރޭ އަށް ކުރި ފައުލަކަށް ދިން ހިލޭ ޖެހުމަކުން ވުލްވްސްގެ ރަމޯން ސައީސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު 81 ވަނަ މިނިޓްގައި ޖެހީ ވުލްވްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އެވެ. ޔުނައިޓެޑްގެ ޖޯންސް ބޮލުން ޖައްސާލި ބޯޅަ އޭރިއާ ރޮނގުކައިރިން މުޓީނިއޯ އަށް ލިބުމުން އޭނާ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަަހަމަކުރަން ކުރި މަސައްކަތުގައި އިތުރު ވަގުތުގެ ފަހު ސިކުންތުގައި އޭރިއާރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ފެނާންޑޭސް ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ މަތަކޮށްފަ އެވެ.

މިއީ ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވި ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗެއްގައި ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗާ ބެހޭގޮތުން ރަންގްނިކް ބުނީ ހަގީގަތަށް ވާހަކަ ދައްކާނަމަ ޔުނައިޓެޑްގެ ފަރާތުން މެޗުން މޮޅުވެވޭ ވަރުގެ ކުޅުމެއް ނުފެންނަ ކަމަށާއި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނީ ވުލްވްސް ކަމަށެވެ. އަދި މެޗުން މޮޅުވުން ހައްގީ ވެސް ވުލްވްސް ކަމަށް ރަންްގްނިކް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox