ނަރުދަމާ މަޝްރޫއު ހުއްޓުވުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނުދިން

ހައިކޯޓު: ނަރުދަމާ މަޝްރޫއުއާ ގުޅޭ ވަގުތީ އަމުރު ނެރެނުދިން --

ހައިކޯޓު: ނަރުދަމާ މަޝްރޫއުއާ ގުޅޭ ވަގުތީ އަމުރު ނެރެނުދިން --

މި ސަރުކާރުން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ ބޮޑު މަޝްރޫއު ބަޔަކާ ހަވާލުކުރަނީ ދައުލަތަށް 150 މިލިއަން ރުފިޔާގެ ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނާ މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެނުދޭން ހައިކޯޓުން މިއަދު ނިންމައިފި އެވެ.

އެ މަޝްރޫއުއަކީ 10 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް އަދި ހަތަރު ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ޕްލޭނިން މިނިސްޓްރީން މަޝްރޫއުގެ ބީލަން ހުޅުވާލުމުން އަޒްރޯވާ މޯލްޑިވްސް ކުންފުނީގެ ފަރާތުން ވަނީ އަށް ރަށެއްގެ މަސައްކަތަށް އެންމެ ކުޑަ އަގު ހުށަހަޅާފަ އެވެ.

ނަމަވެސް, ޕްލޭނިން މިނިސްޓްރީން މަޝްރޫއު ހަވާލުކުރަން ނިންމީ އޭގެ ދެ ގުނަ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏަކަށްކަން ވަނީ އެނގިފަ އެވެ. އެހެންވެ, މަޝްރޫއުއާ ގުޅޭ މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, އެ ކޯޓުން ނިންމީ މައްސަލަ ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ, އަޒްރޯވާ މޯލްޑިވްސްއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުފާނުކޮށް މަޝްރޫއު ހަވާލުކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ނަމަވެސް, މިއަދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނީ ވަގުތީ އަމުރު ނުނެރުނަސް އަޒްރޯވާ މޯލްޑިވްސްއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ކޯޓުގެ ނިންމުމުގައި ބުނީ ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު "ފާޅުކަން ބޮޑު" ގޮތެއްގައި އޮތްކަމަށް މި މައްސަލާގައި ފެންނަން ނެތް ކަމަށެވެ.

ނިންމުމުގައި ބުނީ ބިޑު ހުށަހެޅުމަށް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދަކީ، އޭގެ މިންވަރު ދެނެގަނެވޭނެ ހަރަދެެއް ކަމާއި އަދި ބިޑު ނާކާމިޔާބުވުމުގެ ސަބަބުން ގެއްލުނު ފައިދާގެ މިންވަރު ވެސް ދެނެގަނެވޭނެ ކަމަށެވެ. އެހެންވީއިރު މި ހާލަތަކީ އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ބަދަލު ދެވިދާނެ ހާލަތެއްކަން އެނގޭ ކަމަށެވެ.

އެހެންވެ, ހައިކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މަޝްރޫއު ހުއްޓުވަން ވަގުތީ އަމުރެއް ދައުވާގެ ތެރެއިން ނެރެދޭނެ ހާލަތެއް ނެތް ކަމަށެވެ.

މި މަޝްރޫއު މިހާރު އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު, އަޒްރޯވާ މޯލްޑިވްސްއިން މިހާރު ވަނީ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ. އެ ކުންފުނީގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި, ދެ ކުންފުނިން ހުށަހެޅި އަގުތަކުގެ ފަރަގަށް ބަލާއިރު މިހާރު ނިންމާފައިވާ ގޮތަށް މަޝްރޫއު އެވޯޑްކޮށްފިނަމަ ދައުލަތަށް 150 މިލިއަން ރުފިޔާގެ ގެއްލުންވާނެ އެވެ. އެއީ ގާތްގަނޑަކަށް އިތުރު ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެވޭހާ ފައިސާ އެވެ.

އަޒްރޯވާ މޯލްޑިވްސް ކުންފުނިން ދަށް އަގެއް ހުށަހެޅި ނަމަވެސް, ބިޑު ކާމިޔާބުނުވި ސަބަބެއް ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ބަޔާންކޮށްފައިވަނީ މަސައްކަތުގެ ތަޖުރިބާ ނެތުމެވެ.

ނަމަވެސް, އެ ކުންފުނިން ބުނި ގޮތުގައި އެކަން ކަނޑައަޅާފައިވަނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގެ ބޭރުން މާލިއްޔަތު ގަވާއިދާ ހިލާފަށެވެ. އޭގެއިތުރުން އެ ފަރާތަށް ބިޑު ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ތަފާތުކޮށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ބިޑު އެވޯޑްކުރަން ނިންމާފައިވާ ކުންފުނީގެ މަސައްކަތުގެ ތަޖުރިބާ ވެރިފައި ކުރުމަށްޓަކައި މީރާ އަދި އެހެން އިދާރާއެއްގައި ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ކުންފުނިން ރިސޯޓެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރި ކަމަށް ބުނާއިރު އެ މަސައްކަތް ކޮށްފައިވޭތޯ ވެސް ބަލާފައިނުވާ ކަމަށެވެ.

"...އެހެންކަމުން މަސައްކަތަށް ޝަރުތު ހަމަވާ އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަކީ އަޅުގަނޑުމެން ކަމުގައި ވެފައި އަޅުގަނޑުމެން ޑިސްކޮލިފައި ކުރުމަށްޓަކައި މަގާމުގެ ބޭނުން ކޮށްގެން ހިފެން ހުރި ހުރިހާ ޓޫލެއްގައި ވަނީ ހިފާފައި," އޭސީސީއަށް ފޮނުވި ސިޓީގައިވެ އެވެ.

އެހެންވެ, މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބުތަކެއް ހުރުމުން އެކަން ތަހުގީގުކޮށްދޭން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox