ރޭ ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރައިފި

ރޭ ފޮނަދުއަށް އުދަ އެރުމުގެ ސަބަބުން ލޮނުގަނޑު ރަށު ތެރޭގައި: ކައުންސިލުން ދަނީ ލިބުނު ގެއްލުންތައް ބަލަމުން -- ފޮޓޯ: އިބްރާހިމް އަހުމަދު ފުޅު

ރޭ ފޮނަދުއަށް އުދަ އެރުމުގެ ސަބަބުން ލޮނުގަނޑު ރަށު ތެރޭގައި: ކައުންސިލުން ދަނީ ލިބުނު ގެއްލުންތައް ބަލަމުން -- ފޮޓޯ: އިބްރާހިމް އަހުމަދު ފުޅު

ދިވެހިރާއްޖޭގެ ބައެއް ރަށްރަށަށް ރޭ ވަރަށް ބޮޑަށް އުދަ އަރައި، އެކިވަރުގެ ގެއްލުންވެއްޖެ އެވެ.

އުދަ އަރާފައި ވަނީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށަކީ ށ. ފުނަދޫ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަހުމަދު ފުޅު ވިދާޅުވީ ރޭ ދަންވަރު އެ ރަށުގެ އުތުރު ފަރާތުން ވަރަށް ބޮޑަށް އުދަ އަރައި، ރަށުގެ ވަރަށް ބޮޑު ބަޔަކަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ ލިބިފަ ހުރި ގެއްލުންތައް ވަޒަން ކުރަން. ނަރުދަމާ ސްޓޭޝަނާ ދިމާލުން ވަރަށް ބޮޑަށް އުދަ އެރި. ހީވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ ހުންނާނެހެން،" ފޯނުން ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވި އެވެ.

ފުނަދޫއަށް ރޭ އުދަ އަރަމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް: ރަށުގެ ބޮޑު ބަޔަކަށް ލޮނުގެ އަސަރު ކުރި -- ފޮޓޯ: އިބްރާހިމް އަހުމަދު ފުޅު
ފުނަދޫއަށް ރޭ އުދަ އަރަމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް: ރަށުގެ ބޮޑު ބަޔަކަށް ލޮނުގެ އަސަރު ކުރި -- ފޮޓޯ: އިބްރާހިމް އަހުމަދު ފުޅު

ފުނަދޫއަށް ރޭ އުދަ އަރަމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް: ރަށުގެ ބޮޑު ބަޔަކަށް ލޮނުގެ އަސަރު ކުރި -- ފޮޓޯ: އިބްރާހިމް އަހުމަދު ފުޅު

މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސްގެ އޮފިޝަލަކު ބުނީ ރޭ ރާއްޖެއަށް އުދަ އެރީ ދިޔަވަރާއި ވައި ހުރި ގޮތުގެ ސަބަބުން ކަމަށެވެ.

"ދިޔަވަރު ބޮޑުވެގެން އުދަ އަރާފައި ވަނީ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ދުވަސްވަރު ދިޔަވަރު ބޮޑު. އަދި މިރޭ ވެސް ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

މެޓު އޮފީހުން ބުނީ އުދަ އެރުމުގައި އެކި ރަށްރަށަށް ތަފާތުވާނެ ކަމަށާއި އުދަ އެރުން ގުޅޭނީ އެރަށެއްގެ ގޮނޑުދޮށާއި އޮޔަ ހުންނަ ގޮތަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox