އާ އަހަރުގެ ފުރަތަމަ މެޗުން ރެއާލަށް ނާކާމިޔާބު

Jan 2, 2022, 3:56 PM
އާ އަހަރުގެ ފުރަތަމަ މެޗުން ރެއާލަށް ނާކާމިޔާބު

މެޑްރިޑް (ޖެނުއަރީ 2) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން އާ އަހަރުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ގެޓަފޭ އަތުން ބަލިވެއްޖެ އެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ގެޓަފޭ އިން ރެއާލް ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އޮކްޓޫބަރު މަހަށް ފަހު ކުޅުނު 11 މެޗުގެ ތެރެއިން ރެއާލް ބަލިވި ފުރަތަމަ މެޗެވެ.

ސްޕެނިޝް ލީގު ތާވަލަށް ބަލާއިރު، ރެއާލް އެއް ވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ކަޑިޒް އަތުން ސެވިއްޔާ މޮޅުވެއްޖެނަމަ ރެއާލްގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އަދިވެސް ރެއާލް ކުޅުންތެރިން ތިބީ ޗުއްޓީ މޫޑުގައި ކަމަށެވެ. އަދި މިއީ ރެއާލަށް ކޮންމެވެސް އެއްޗެއް ހާސިލްކުރެވޭނެ މެޗެއް ކަމަށާއި ބަލިވުމުން މިއީ ލިބުނު "ވޭކަޕް ކޯލެއް"ގެ ގޮތުގައި ނަގަން ޖެހޭ ކަމަށް އަންޗެލޮޓީ ބުންޏެވެ.

"ހީވީ އިތުރު ދުވަހަކަށް އަހަރެމެންގެ ޗުއްޓީ ދިގުވެފައި އޮތްހެން. މިއަދު މި ފެނުނު ކުޅުމަކީ ކްރިސްމަސްގެ ކުރިން ފެނުނު ރެއާލްގެ ކުޅުމެއް ނޫން. ކޮންސަންޓްރޭޝަނެއް، ކޮމިޓްމަންޓެއް ނުފެނުނު. އަހަރެމެން ބަލިވުން ހައްގު މެޗެކޭ ނުބުނާނަން. އެކަމަކު، ބަލިވުމުން މިއީ އަލުން ރަނގަޅަށް ސަމާލުވެގެން ކުޅެން ޖެހޭކަން އެނގެން ލިބުނު ވޭކަޕް ކޯލެއް،" އަންޗެލޮޓީ ބުންޏެވެ.

ގެޓަފޭ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ވަނީ ނުވަ ވަނަ މިނިޓްގައި މެޗުގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ. ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ހެދި ގޯހެއްގެ ފައިދާނަގައި ގެޓަފޭގެ މި ގޯލު ޖެހީ އެނެސް އުނާލް އެވެ. އޭރިއާތެރެއިން އުނާލް ޖެހި ބޯޅަ ހުއްޓުވަން ރެއާލް ކީޕަރު ތިބައު ކޯޓުއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެކަމަކު، އޭގެ އިރުކޮޅެއް ފަހުން ގެޓަފޭގެ ނިކޯލަ މެކްސިމޯވިޗް ޖެހި ބޯޅަ ރެއާލް ކީޕަރު ކޯޓުއާ ވަނީ އަތަށް ނަގައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ރެއާލްގެ ކަރީމް ބެންޒެމާ އާއި ރޮޑްރީގޯ ގުޅިގެން އުފެއްދި އެޓޭކެއްގައި ލޫކަ މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ރެއާލުން ގިނަ އެޓޭކްތަކެއް ކުރެވޭތޯ ބެލި ނަމަވެސް ގެޓަފޭގެ ޑިފެންޑަރުން ދިޔައީ ރެއާލްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ. ނަތީޖާ އަކަށްވީ 10 އަހަރު ތެރޭ ފުރަަތަމަ ފަހަރަށް ރެއާލް އަތުން މޮޅެއް ލިބުމެެވެ.

ގެޓަފޭ އިން 2012 ވަނަ އަހަރު ރެއާލް ބަލިކުރި ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން މޮޅުވީ ރެއާލް އެވެ. އެކަމަކު، މި މެޗުގައި ގެޓަފޭ އިން މި ވަނީ ލީގުގެ ކުރީގައި އޮތް ރެއާލްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox