ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ޗައީނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދުއާއި އެކު: މިއީ ދެ ގައުމުގެ ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް މަޝްވަރާ ކުރަން ކުރާ ދަތުރުފުޅެއް -- ފޮޓޯ: ޗައިނާ އެމްބަސީ

ޗައީނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދުއާއި އެކު: މިއީ ދެ ގައުމުގެ ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް މަޝްވަރާ ކުރަން ކުރާ ދަތުރުފުޅެއް -- ފޮޓޯ: ޗައިނާ އެމްބަސީ

ޗައިނާއާ ހާރިޖީ ގޮތުން ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވިފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ މިނިސްޓަރެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައިގަންނަވާނީ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.

މި ދަތުރުފުޅަކީ ޗައިނާއާއި ރާއްޖެ އާއި ދެމެދުވާ ހާރިޖީ ގުޅުމަށް އަންނަ އަހަރު ބައި ގަރުނުވާތީ، އެކަން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މަޝްވަރާ ކުރުމަށް ކުރާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ޗައިނާ އެމްބަސީއިން ބުނާ ގޮތުގައި މިއީ ދެ ގައުމުގެ ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރެކެވެ.

އެންމެ ފަހުން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައި ގަތީ އޮގަސްޓް 2016 އަހަރު އެވެ. އެއީ ކެންޔާއަށް ވަޑައިގަތް މަގުމަތީގައި ރާއްޖޭގައި ޓްރާންސިޓް ކުރައްވަމުންނެވެ. އެއީ ނުރަސްމީ ދަތުރުފުޅެއް ކަމުގައި ވީނަމަވެސް އޭރުގެ ސަރުކާރުގެ އިސްވެރިން އޭނާއާ ބައްދަލުކުރެއްވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަނެފަ އެވެ. އެހެންނަމަވެސް އެމަނިކުފާނު ވަޑައިގަތީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ރައީސް ޔާމީން ބައްޓަން ކުރެއްވީ ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެ އޮވެ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގީ އެގައުމުގެ އެހީތެރިކަމާއި އެކު އެވެ. އޭގެ ތެރޭގައި ހިޔާ މަޝްރޫއާއި ސިނަމާލެ ބްރިޖް މަޝްރޫއު ފާހަގަކޮށްލެވެ އެވެ. އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީއިން މިކަން ސިފަކުރީ ޗައިނާގެ މަގްސަދަކީ ރާއްޖެ "ދަރަނީގެ ދަންތުރައެއް"ގައި ޖެއްސުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ޗައިނާއިން ކުރީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި، ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 3.1 ބިލިއަނަށް އަރާ ކަމަށާއި އެކަމަކު ލިޔެކިޔުމުން ފެންނަން އޮތީ 1.1 ބިލިއަން ޑޮލަރުގެ ލޯނު ކަމަށެވެ. ނަމަވެސް ނަޝީދުގެ މި ވާހަކައަށް ބާރު ދޭ ލިޔެކިޔުމެއް ދައްކަވާފައި ނުވާކަން ބީބީސީން ފާހަގަކޮށްފައިވެ އެވެ.

ޗައިނާއަށް މި ސަރުކާރުގެ އިސްވެރިންގެ ފާޑުކިޔުން އޭރު އަމާޒުވެފައިވާއިރު، އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރު ވެރިކަމަށް އައުމާއެކު ފެނިގެން ދިޔައީ އުމްރާނީ ތައްގީގެ ގިނަ މަަޝްރޫއުތައް ޗައިނާއާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ އިންޑިއާ ހަވާލުކޮށް، އެގައުމާއެކު ގާތް ގުޅުމެއް ބާއްވަމުންދާ މަންޒަރެކެވެ.

ކުރީ ސަރުކާރުން އިންޑިއާއެކު ހާރިޖީ ގުޅުން މާބޮޑަށް ބަދަހުކުރަން މަސައްކަތް ނުކުރި ގޮތަށް މި ސަރުކާރުން ފެންނަނީ ޗައިނާއާ އެކު މާ ބޮޑު ގާތް ގުޅުމެއް ނުބާއްވާ ތަނެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox