ކޯޓުން ދިން މުއްދަތުގައި ޔާފިސް ރިމާންޑް ޖަލަށް ބަދަލެއް ނުކުރެވުނު!

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް: އޭނާ ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ކުރި އަމުރު ތަންފީޒު ނުވުމަކީ ދޫވާނެ ސަބަބެއް ނޫން -- ޕޯސްޓަރު: މުހައްމަދު އިސާމް/އަދަދު

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް: އޭނާ ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ކުރި އަމުރު ތަންފީޒު ނުވުމަކީ ދޫވާނެ ސަބަބެއް ނޫން -- ޕޯސްޓަރު: މުހައްމަދު އިސާމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ފޭސްބުކްގައި ލިޔުނު، އިސްމާއިލް ޔާފިސް ރިމާންޑް ޖަލަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކަނޑައަޅައި އަމުރުކުރި މުއްދަތުގެ ތެރޭގައި ފުލުހުންނަށް އެކަން ތަންފީޒު ނުކުރެވުނުކަން ހާމަވެއްޖެ އެވެ.

ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ކޯޓުތެރޭގައި ވެސް ބުނި ޔާފިސް ރިމާންޑް ޖަލަކަށް ބަދަލުކޮށްދިނުމަށް ކޯޓުގައި އެދުނީ ފުލުހުންގެ ފަރާތުން އޭނާ އަށްޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާތައް ލިބޭ ކަމަށާއި، ގަދަކަމުން ކަންކަމަށް މަޖުބޫރު ކުރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައިވާ ޔާފިސް ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ކަސްޓޯޑިލް ޖަލެއްގައި ބަންދުކޮށްފައި ވާއިރު، ހަފުތާއެއްގެ ތެރޭގައި އޭނާ ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ، ދީބަނާޒް ފަހުމީ އަމުރު ކުރެއްވީ މި މަހުގެ 12 ގަ އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެ އަމުރު ދައުލަތުގެ މައްޗަށް ނެރުނީ ޔާފިސްގެ ހައްގުތައް ކަށަވަރުކޮށް، ރައްކާތެރި ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް، މި މައްސަލާގައި މިމަހުގެ 21 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމަކާއި ހަމައަށް ވެސް އޭނާ ރިމާންޑް ޖަލަކަށް ބަދަލުކުރެވިފައި ނުވެ އެވެ. އެހެންވެ އެ އަޑުއެހުމުގައި ގާޒީ ދީބަނާޒް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

އަޅުގަނޑަށް ލިބިފައިވާ ބާރުގެ ދަށުން އަޅުގަނޑަށް އަމުރު ކުރެވޭނީ. އެ އަމުރު ތަންފީޒު ނުކުރާ ކަމަށް ވާނަމަ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް." އެ މައްސަލާގައި ޔާފިސް ޝަކުވާ ކުރުމުން ގާޒީ ދީބަނާޒް ވިދާޅުވި އެވެ.

އެދުވަހު ގާޒީ ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް އެއްވެސް މީހަކު ރިމާންޑް ޖަލަށް ބަދަލު ކޮށްފައިވޭތޯ ބެލުމަށް ދައުލަތަށް އަންގާފަ އެވެ.

އެ މައްސަލާގައި ދައުލަތް ތަމްސީލު ކުރާ ޕަބްލިކް ޕްރޮސެކިއުޓަރު، އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ރިމާން ޖަލު ފުރިފައިވާ ކަމަށެވެ. އަދި ގާޒީ އެދުނު ކަންތައް ބެލުމަށް ފުލުހަށް ފޮނުވި ސިޓީއަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"ޝަރީއަތް ނިމެންދެން އެގޮތަށް ބަންދުކުރާ އެންމެން ބޭނުންވަނީ ކަސްޓޯޑިއަލް ޖަލަށް ބަދަލުވަން، އެހެންވެ ވަކި ތަރުތީބަކުން އެބައިވެސް ކުރިއަށްދާ އެބަދޭ،" ޝަފީއު ވިދާޅުވި އެވެ.

ކަސްޓޯޑިއަލް ޖަލުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކަރެކްޝަންގެ ތަރުޖަމާން، އައިމިނަތު ޔުސްރީން އަހްމަދު ވަނީ ޔާފިސް، އެ އިދާރާގެ ބެލުމުގެ ދަށަށް ޓްރާސްފާ ކޮށްފައި ނުވާކަން ކަށަވަރު ކޮށްދީފަ އެވެ.

އަމުރު ތަންފީޒު ނުވެގެން ޔާފިސް މިނިވަން ވާނެތަ؟

ދައުލަތުގެ ވަކީލް ޝަފީއު ވިދާޅުވި ގޮތުގައި އަމުރު ތަންފީޒު ނުވުމަކީ ޔާފިސް މިނިވަންވުމަށް ހުޅުވޭނެ ދޮރެއް ނޫނެވެ. ހައިކޯޓުގެ އަމުރަކަށް ހަވާލާ ދެއްވައި ޝަފީއު ވިދާޅުވީ ހާއްސަ ގާނޫނެއްގެ ދަށުން ބަންދު ކުރެވޭ މީހެއް އެގޮތަށް މިނިވަން ނުކުރެވޭނެ ކަމަށެވެ. އެއީ ޔާފިސް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނީ ޓެރެރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ކަމަށް ވާތީ އެވެ.

ކުޑަ ކުއްޖަކާއެކު ބަދުއަހްލާގީ އަމަލު ހިންގި ކަމަަށް ބުނާ މައްސަލައެއްގައި ހައިކޯޓުން ނިންމާފައި ވަނީ ޖަލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓު އަމުރުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ތަން ނޫން އެހެން ތަނެއްގައި ބަންދު ކުރުމަކީ އެ އަމުރުގައި ނިންމާފައިވާ ނިންމުން ގާނޫނާއި ހިލާފު ކަމަށް ބަލައި ބާތިލް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އެފަދައިން ނިންމާފައިވާ އެހެން ދެ މައްސަލައަކަށްވެސް ރިޔާއަތް ކުރަމުން ޝަފީއު ވިދާޅުވީ ޔާފިސް ދޫވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އެންމެ ފަހު އަޑުއެހުމުގައި ޔާފިސްގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް އިއްވާފައިވާއިރު، އެ ހުރިހާ ދައުވާއަކަށް ވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

މި މައްސަލާގައި އަންނަ މަހު އަޑުއެހުމެއް ބާއްވާން ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އަދި ވަކި ދުވަހެއް ނުނިންމަ ވައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox